އިންޑިއާގެ އެހީގައި އިތުރު ރާޑަރުތަކެއް ބަހައްޓަން ވެސް ސަރުކާރުން އެއްބަސްވެއްޖެ

އާޓްވޯކް: އިސްމާއީލް އިމްދާދު

އާޓްވޯކް: އިސްމާއީލް އިމްދާދު

އިންޑިއާގެ އެހީގައި ރާއްޖޭގައި އިތުރު ރާޑަރުތަކެއް ބަހައްޓަން ދެގައުމުގެ ސަރުކާރުން އެއްބަސްވެއްޖެ އެވެ،

މިކަމަށް އެއްބަސްވިކަން ރައީސް އޮފީހުން ހާމަކުރީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން އިއްޔެ ރާއްޖެ އަދި އިންޑިއާއިން ސޮއިކުރި އިކޮނޮމިކް އެންޑް މެރިޓައިމް ސެކުއިރިޓީ ޕާޓްނަޝިމް އެއްބަސްވުމާ ގުޅޭގޮތުން ނެރުނު ބަޔާނެއްގަ އެވެ.

އެ ބަޔާނުގައިވާ ގޮތުން، އާ އެއްބަސްވުމުގެ ދަށުން ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމުގައި އެމްއެންޑީއެފް އަށް ރާޑަރު ސިސްޓަމުތަކާއި އެކަމަށް ބޭނުންވާ އިތުރު އާލާތްތައް އިންޑިއާއިން ފޯރުކޮށްދޭނެ ކަމަށެވެ. ނަމަވެސް ފޯރުކޮށްދޭ ރާޑަރު ސިސްޓަމުތަކުގެ އަދަދެއް ހާމައެއް ނުކުރެ އެވެ.

Advertisement

ނިމިދިޔަ އެމްޑީޕީ ސަރުކާރުން އިންޑިއާއާއެކު ސޮއިކުރި އެއްބަސްވުމެއްގެ ދަށުން އެ ގައުމުން ވަނީ ރާއްޖޭގެ 10 ސަރަހައްދެއްގައި ކޯސްޓަލް ރާޑަރު ސިސްޓަމުތަކެއް ވަނީ ހަރުކޮށްފަ އެވެ. އެ ސިސްޓަމުތައް ބަލަހައްޓަނީ ދިވެހި ސިފައިން ކަމަށް ސަރުކާރުން އޭރު ބުންޏެވެ.

ނަމަވެސް އޭރު އިދިކޮޅުގައި ތިބި މި ސަރުކާރުގެ އިސްވެރިން ވަނީ އެ ސިސްޓަމުތައް އޮޕަރޭޓުކުރަނީ އިންޑިއާގެ ސިފައިން ކަމަށާއި އެ ތަންތަނުން ލިބޭ މައުލޫމާތު އިންޑިއާއާ ހިއްސާކުރާ ކަމަށް ބުނެ އެމްޑީޕީ ސަރުކާރަށް ތަކުރާރުކޮށް ފާޑުކިޔާފަ އެވެ.

އަދި، ޕީއެންސީގެ ސަރުކާރެއްގައި ރާޑަރު އެއްބަސްވުން ހިމެނޭހެން އިންޑިއާއާއެކު ހަދާފައިވާ އެއްބަސްވުންތައް ބާތިލުކޮށް އިއުލާނުކުރާނެ ކަމަށް ރައީސް މުއިއްޒު ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ވައުދުވެވަޑައިގެންފައިވެސް ވެ އެވެ.

"އެހެންވީމާ ފުރަތަމަ ކަމަކަށް އަޅުގަނޑުމެން ކުރާނެ ކަމަކީ އެގްރިމަންޓް ބަލާނީ. ބަލާފައި އެއީ ދިވެހި ގައުމަށް، މިނިވަންކަމަށ،ް ނުރައްކާވާ ކަމަށް ވެއްޖެއްޔާ، ހަމަ އެކަން ބާތިލުކޮށް، އެގްރިމަންޓް އަޅުގަނޑުމެން ބާތިލުކޮށ،ް އުތުރުތިލަފަޅު އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ސަލާމަތް ކުރާނަން،" ސެޕްޓެމްބަރު 2، 2023 ގައި ރިޔާސީ ކެންޑިޑޭޓުގެ ގޮތުގައި ހުންނަވާ ރައީސް ވިދާޅުވި އެވެ.

ނަމަވެސް މި ސަރުކާރަށް 10 މަސް ވެގެންދާއިރު އެ ރާޑަރުތަކާ ގުޅޭ އެއްބަސްވުން ވައުދާ އެއްގޮތަށް ހާމަކޮށްފައެއް ނުވެ އެވެ. އަދި އެ ރާޑަރުތައް ކޮންޓްރޯލްކުރާ ފަރާތްތަކުގެ މައުލޫމާތުވެސް ސަރުކާރުން ހާމަކޮށްފައެއް ނުވެ އެވެ.

މީގެއިތުރުން، ދިވެހިންގެ ކަނޑުގެ ސަރަހައްދު އަމިއްލައަށް ބެލެހެއްޓުމަށް ކަމަށް ބުނެ މި ސަރުކާރުން ވަނީ ތުރުކީން އަސްކަރީ ޑްރޯންތަކެއްވެސް ގަނެފަ އެވެ. ދައުލަތުގެ ބަޖެޓުން 37 މިލިއަން ޑޮލަރު ހަރަދުކޮށްގެން ގަތް ޑްރޯންތައް ބޭނުންކޮށްގެން ރާއްޖޭގެ ކަނޑުގެ ސަރަހައްދު އެމްއެންޑީއެފް އަށް ބެލެހެއްޓޭނެ ކަމަށްވެސް ރައީސް މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox