އުތުރުތިލަފަޅުގައި އިންޑިއާއިން ހަދާ އަސްކަރީ ބަނދަރުގެ މަސައްކަތަށް ދިވެހި ސަރުކާރުން ފުރިހަމަ އެއްބާރުލުން ދޭން އެއްބަސްވެއްޖެ

އުތުރުތިލަފަޅުގައި އިންޑިއާއިން ހަދާ އަސްކަރީ ބަނދަރުގެ މަސައްކަތަށް ދިވެހި ސަރުކާރުން ފުރިހަމަ އެއްބާރުލުން ދޭން އެއްބަސްވެއްޖެ

އުތުރުތިލަފަޅުގައި އިންޑިއާ ސަރުކާރުން ދިވެހި ސިފައިންނަށް ހަދާ އަސްކަރީ ބަނދަރުގެ މަސައްކަތަށް ސަރުކާރުން ފުރިހަމަ އެއްބާރުލުން ދޭން އެއްބަސްވެއްޖެ އެވެ.

ޔޫޓީއެފްގައި އަޅާ ބަނދަރަކީ އެމްއެންޑީއެފް ގެ ގާބިލުކަން އިތުރުކޮށްދޭނެ ވަސީލަތަކަށްވާނެ ކަމަށް އެއްބަސްވެ، އެ މަސައްކަތަށް ސަރުކާރުން ފުރިހަމަ އެއްބާރުލުން ދޭން ނިންމީ ހޯމަ ދުވަހު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއެކު ބޭއްވި ބައްދަލުވުމަށްފަހު އެވެ.

ޔޫޓީއެފް ބަނދަރަށް އެއްބާރުލުން ދޭން ނިންމީ "އަ ވިޝަން ފޯ ކޮމްޕްރެހެންސިވް އިކޮނޮމިކް އެންޑް މެރިޓައިމް ސެކިއުރިޓީ ޕާޓްނާޝިޕް" ގެ ދަށުންނެވެ. އެއީ އިންޑިއާ އާއި ރާއްޖޭގެ ގުޅުން ކުރިއަށް ގެންދާނެ ގޮތުގެ ކަރުދާހެކެވެ.

Advertisement

އެ އެއްބަސްވުމުގެ ދަށުން، އިންޑިއާގެ އިތުރު އަސްކަރީ އުޅަނދުތަކެއް ރާއްޖެއަށް ހަދިޔާ ކުރުމަށް ވެސް ވަނީ ނިންމައިފަ އެވެ. މިހާރު ވެސް އިންޑިއާއިން ދީފައި އޮތް ޑޯނިއާ މަތިންދާބޯޓަކާއި ދެ ހެލިކޮޕްޓަރު ރާއްޖޭގައި އޮޕަރޭޓު ކުރެ އެވެ.

ދިވެހި ސިފައިންގެ ގާބިލުކަން އިތުރު ކުރަން އިންޑިއާއިން ދޭ މާލީ އެހީ ބަލައިގަތުމަށް ވެސް ސަރުކާރުން ވަނީ އިއްޔެ ނިންމައިފަ އެވެ. އަދި އިންޑިއާއިން މިހާރު ރާއްޖޭގައި ބަހައްޓާފައިވާ ރާޑަރުތަކުގެ އިތުރުން އިތުރު ރާޑަރުތަކެއް ބެހެއްޓުމަށް ވެސް ސަރުކާރުން ވަނީ އެއްބަސްވެފަ އެވެ.

ރާއްޖޭގެ ހައިޑްރޯގްރަފީ މަސައްކަތަށް އިންޑިއާއިން އެހީތެރިކަން ފޯރުކޮށްދިނުމަށް ވެސް އިއްޔެ ދެ ގައުމުގެ ސަރުކާރުން ވަނީ އެއްބަސްވެފަ އެވެ. އަދި ދިވެހި ސިފައިންނާއި ފުލުހުން ތަމުރީނުވުމަށް އެހީތެރިވުމަށް ވެސް އިންޑިއާ ސަރުކާރުން ވަނީ ނިންމައިފަ އެވެ.

އިންޑިއާގެ ސިފައިންނާއި މިލިޓަރީ ގައުމުން ބޭރު ކުރުމަކީ "އިންޑިއާ އައުޓް" ކެމްޕެއިނަކާއެކު ވެރިކަމަށް ވަޑައިގެންނެވި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެންމެ ބޮޑު އަދި މުހިންމު ވައުދެވެ. އެގޮތުން އުތުރުތިލަފަޅުގައި އިންޑިއާއިން ބަނދަރެއް އަޅައިދޭތީ އެއިރުގެ އިދިކޮޅު ފަރާތްތަކުން ވަނީ އެކަމަށް ވަރަށް ބޮޑަށް ފާޑުކިޔައިފަ އެވެ.

މި ސަރުކާރުން ވަނީ ޔޫޓީއެފްގައި އިންޑިއާއިން ބަނދަރެއް އަޅަމުންދަނިކޮށް އެ ރަށުގައި ދަނޑުވެރިކަން ތަރައްގީ ކުރަން ކަމަށް ބުނެ ޗައިނާއާއެކު އެއްބަސްވުމެއް ހަދައިފަ އެވެ. ނަމަވެސް އޭގެ އަމަލީ މަސައްކަތެއް އަދި ނުފަށަ އެވެ. އެއްބަސްވުން ހެދީ ޔޫޓީއެފް ނުވަތަ އެހެން ރަށެއް އެ މަސައްކަތަށް ދެވޭ ގޮތަށެވެ.

ޔޫޓީއެފްގައި އިންޑިއާއިން އަޅާ ބަނދަރަށް އެންމެ ބޮޑަށް ފާޑުވިދާޅުވި އެއް ބޭފުޅަކީ ރައީސް މުއިއްޒެވެ. އެގޮތުން އެމަނިކުފާނު ޔޫޓީއެފްގައި ބަނދަރު އެޅުމުގެ އެއްބަސްވުން ސިފަ ކުރީ ރާއްޖޭގެ މިނިވަންކަން ގެއްލޭ ގޮތަށް ހަދާފައި އޮތް އެއްބަސްވުމެއްގެ ގޮތުގަ އެވެ.

އެގޮތުން އެކި ފަހަރު މަތިން ރައީސް ވަނީ ޔޫޓީއެފް އެއްބަސްވުމަށް ފާޑުވިދާޅުވެފަ އެވެ. އެގްރިމެންޓު ރިވިއުކޮށް ބާތިލު ކުރަންޖެހިދާނެ ކަމަށް ވެސް ވިދާޅުވެފައި އެބަ އޮތެވެ.

"އެހެންވީމާ ފުރަތަމަ ކަމަކަށް އަޅުގަނޑުމެން ކުރާނެ ކަމަކީ [ޔޫޓީއެފް] އެގްރިމަންޓް ބަލާނީ. ބަލާފައި އެއީ ދިވެހި ގައުމަށް، މިނިވަންކަމަށ،ް ނުރައްކާވާ ކަމަށް ވެއްޖެއްޔާ، ހަމަ އެކަން ބާތިލުކޮށް، އެގްރިމަންޓް އަޅުގަނޑުމެން ބާތިލުކޮށ،ް އުތުރުތިލަފަޅު އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ސަލާމަތް ކުރާނަން،" ސެޕްޓެމްބަރު 2، 2023 ގައި ރައީސް ވިދާޅުވި އެވެ.

އޭގެ ފަހުން ރައީސް ވިދާޅުވީ ޔޫޓީއެފް އެގްރިމެންޓުންގެ ސަބަބުން މިނިވަންކަން ގެއްލޭ ނަމަ އެ އެގްރިމެންޓު ބާތިލު ކުރައްވާނެ ކަމަށެވެ.

"މި އިން މަޝްރޫއަށް ބަލާއިރުގައި މިސާލަކަށް އުތުރު ތިލަފަޅު މަޝްރޫއު ވިޔަސް އެހެން މަޝްރޫއެއް ވިޔަސް އެއީ ގައުމުގެ މިނިވަންކަމަށް ހުރަސް އެޅޭ ކަމަކަށް ވަންޏާ ހަމަ ޖީއެމްއާރު ބޭރު ކުރި ގޮތަށް އިރާދަކުރެއްވިއްޔާ ހަމަ އެ މަޝްރޫއުތައް ބާތިލުކުރާނަން،" ސެޕްޓެމްބަރު 4، 2023، ގައި ރައީސް ވިދާޅުވި އެވެ.

އުތުރުތިލަފަޅަށް ދިވެހި ސިފައިން އެއިރު ނޭރޭ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އަދި އެތަނުގައި އިންޑިއާގެ ސިފައިން ގާއިމުވެ ތިބި ކަމަށް ވެސް ވަނީ ތުހުމަތު ކުރައްވައިފަ އެވެ.

"އަޅުގަނޑުމެންގެ ހާރިޖީ ސިޔާސަތު މިހާރު ބައްޓަންކޮށްފައި އޮތް ގޮތުން ކައިރީގައި މިއޮތް އުތުރުތިލަފަޅު އެއީ ސިފައިންނަށް ހުއްދަ ހޯދައިގެން އެރޭ ތަނަކަށް ވެއްޖެ. ސިފައިންގެ ތަނެއް. އެކަމަކު ހުއްދަ ހޯދަން ޖެހެނީ. ދެން މި ބުނަނީ ކުލަ ހެދުމުގައި ތިބީމާ އެއީއެއް އަދި މިލިޓަރީ މީހުންނަކަށް ނުވެޔޭ. ކުލަ ހެދުމުގައި ތިއްބަސް ބޭރު ސިފައިން ވާނީ ބޭރު ސިފައިންނަށް ދެއްތޯ،" ސެޕްޓެމްބަރު 6، 2023، ގައި ރައީސް ވިދާޅުވި އެވެ.

އުތުރުތިލަފަޅުގައި ދިވެހި ސިފައިންގެ ބާރެއް ނުހިނގާ ކަމަށް ވެސް ރައީސް މުއިއްޒު ވިދާޅުވި އެވެ.

"އެހާވެސް ސީރިއަސް ހިސާބެއްގައި އަޅުގަނޑުމެންގެ ކަންކަން މިއޮތީ. ކައިރީގައި މިއޮތް އުތުރު ތިލަފަޅުގައި ސިފައިންގެ ބާރެއް ނުހިނގާ. ދެން އޮތް ތަނެއްގައި ވެސް ބާރެއް ނުހިނގާ. މި ހިސާބުގައި ކަންކަން މިހުރީ. މި ހިސާބުގައި ކަންކަން އޮތް ގައުމެއް އަޅުގަނޑުމެން ސަލާމަތް ކުރަންޏާ، އަޅުގަނޑުމެންގެ ފަރުދީ ޒިންމާ އަދާކުރަން ތެދުވަން އެބަ ޖެހޭ،" ސެޕްޓެމްބަރު 18، 2023، ގައި ރައީސް ވިދާޅުވެފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައުދުގެ މައްޗަށް ކުރާ ދައުވާތައް އަނބުރައި ގެންދަން ގޮވާލައިފި

އެ ޕާޓީން ބުނީ މިއީ ކައުންސިލްގެ ނިންމުމަކަށް ސައުދު ފަރުދީގޮތުން ޒިންމާކުރުވައި، އޭނާގެ މޭޔަރުކަމުގެ މަގާމު ގެއްލުވާލުމަށް ސިޔާސީ ބޭނުމެއްގައި ކުރާ ކަމެއް ކަމަށް. އަދި އެކަށީގެންވާ ހެކި ނެތް މި މައްސަލައިގެ ޝަރީއަތް އަވަސް އަރުވާލައިގެން ކުރިއަށް ގެންދިއުމަކީ ގާނޫނުއަސާސީއާ ހިލާފު ކަމެއް ކަމަށްވެސް އެމްޑީޕީން ފާހަގަކޮށްފައިވޭ.

ވެމްކޯގެ ބައެއް މުވައްޒަފުންނަށް އަދިވެސް މުސާރަ ނުދޭ

ވެމްކޯގެ ބައެއް މުވައްޒަފުންނަށް މިދިޔަ މަހުގެ މުސާރަ އަދިވެސް ނުލިބޭތީ، ބިލްތައް ނުދެއްކި ޖޫރިމަނާވުމާއި ކުލި ދެއްކުން ލަސްވުމުގެ ކަންބޮޑުވުން މުވައްޒަފުން ފާޅުކޮށްފިއެވެ. މުސާރަ ދިނުން ލަސްވާ މައްސަލަ މިދިޔަ އަހަރުން ފެށިގެން ކުރިމަތިވަމުންދާއިރު، މިހާރު ގިނަ މުވައްޒަފުންނަށް މުސާރަ ލިބެނީ ކޮންމެ މަހެއްގެވެސް 10 ވަނަ ދުވަހާ ގާތްވުމުންނެވެ.

ރަސްމާލެ ވިއްކުމާ ދެކޮޅު ހަރަކާތުން އަދާލަތަށް މަރުހަބާ ކިޔައިފި

އެ ހަރަކާތުން ބުނިގޮތުގައި، ގައުމުގެ ސަލާމަތާއި ދީނީ އެއްބައިވަންތަކަމަށް އުނިކަން ލިބޭ ގޮތަށް މި މަޝްރޫއު ކުރިއަށް ނުގެންދިއުމަށް އަދާލަތުން ގޮވާލި ގޮވާލުމަށް ފުރިހަމައަށް ތާއީދުކުރެއެވެ.

ރަސްމާލެ އެއްވުމުގައި ފައިސަލް ވެސް ބައިވެރިވަނީ

މި އެއްވުމުގައި ކުރީގެ ރައީސް ޔާމީން ވެސް ބައިވެރިވެވަޑައިގަންނަވާއިރު، މިއީ ރަސްމާލޭގެ ބޮޑު ސަރަހައްދެއް ބޭރު ކުންފުންޏަކަށް ވިއްކާލުމާ ދެކޮޅަށް ބާއްވާ ހަރަކާތެއް. ސަރުކާރުން މިހާރު ވަނީ މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ބޭނުންވާ ގާނޫނީ ބަދަލުތައް މަޖިލީހަށް ހުށަހަޅައިފަ.

ދައުލަތުގެ އިއްޒަތުގެ ޝަރަފުވެރިންގެ މަޖިލީހެއް އެކުލަވާލައިފި

ރައީސް މުއިއްޒު ރިޔާސަތު ބަލަހައްޓަވާ މި މަޖިލީހަކީ މިނިވަން ދުވަހުގެ ޖަލްސާގައި އެމަނިކުފާނު ވެވަޑައިގެންނެވި ވައުދާ އެއްގޮތަށް އުފެއްދެވި މަޖިލީހެކެވެ. މީގެ އިތުރުން އެކި ދާއިރާތަކުގެ ތަޖުރިބާކާރުން ހިމެނޭ 150 މީހުންގެ ގައުމީ މަޖިލީހެއް އެކުލަވާލުމަށް ވެސް ވަނީ ނިންމާފައެވެ.

ކަނދެއް ހަލާކުވެ ޓީއެމްއޭގެ ސީޕްލޭނެއް ދިޔަވެއްޖެ

ހުޅުލޭ ސީ-ޕްލޭން ޓާމިނަލުން ފުރަން އުޅުނު ބޯޓެއް އެކްސިޑެންޓުވެ، އޭގައި ތިބި މީހުން މޫދަށް ފުންމާލި ނަމަވެސް އެއްވެސް މީހަކަށް އަނިޔާ ލިބުނު ކަމެއް މިހާތަނަށް ނޭނގޭ. މި ހާދިސާ ހިނގާފައިވަނީ ބޯޓު ފުރަންވެގެން ޑޮކުން ނައްޓާލި ވަގުތު. އަދި ކަމާބެހޭ ފަރާތްތަކުން މިހާރު ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން.

ޒަޔަނިސްޓުންނަށް ރާއްޖޭގެ ވެލިފުކެއް ވެސް ދީގެންނުވާނެ: ހުސައިން

އޭނާ މިހެން ވިދާޅުވީ ރަސްމާލޭގެ ބޮޑު ބައެއް ބޭރު ކުންފުންޏަކަށް ދީ، އެތަނުގައި ބޭރު މީހުންނަށް ދާއިމީކޮށް ވަޒަންވެރިވެވޭ ގޮތަށް ރިއަލް އެސްޓޭޓް ބިލެއް ސަރުކާރުން ހުށަހަޅާފައިވާ ދަނޑިވަޅެއްގައެވެ.

Newsletter

Get the latest news delivered straight to your inbox