ސޯޝަލް މީޑިއާގައި ސަރުކާރުގެ ވެރިން ލަދު ގަންނުވާލައިފި

ސޯޝަލް މީޑިއާގައި ސަރުކާރުގެ ވެރިން ލަދު ގަންނުވާލައިފި

ވެރިކަމަށް އައުމަށް ކުރި ކެމްޕޭނުގެ ތެރޭގައި މީގެކުރިން އިންޑިއާއާ މެދު މިހާރު ސަރުކާރުގެ ވެރިން ދައްކާފައިވާ ވާހަކަތައް ސޯޝަލް މީޑިއާގައި ތިލަކޮށް, ސަރުކާރުގެ ވެރިން ލަދު ގަންނުވާލައިފި އެވެ.

މި ސަރުކާރުން ވެރިކަމަށް އައުމުގެ ކުރިން އަދި ވެރިކަމަށް އައުމަށް ފަހު ވެސް ދިޔައީ އިންޑިއާއާ ބެހޭ ގޮތުން ތަފާތު ވާހަކަތައް ދައްކަމުންނެވެ. އެގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒު ހިމެނިވަޑައިގަންނަވާ ގޮތަށް ސަރުކާރުގެ ވެރިން ދިޔައީ ފާޅުގައި އިންޑިއާއަށް ފަޑުވިދާޅުވަމުންނެވެ.

ސަރުކާރުގެ ވެރިން ތުހުމަތުތައް ކުރަމުން ގެންދިޔައީ އިންޑިއާއިން ރާއްޖޭގެ މިނިވަންކަން ނަގާލުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އެ މިނިވަންކަން އިންޑިއާއިން ނަގާލަން މަސައްކަތް ކުރީ، ކުރީ ސަރުކާރު މެދުވެރިކޮށް އައްޑޫ ސިޓީ ވިއްކާލައިގެން ކަމަށް ވެސް މި ސަރުކާރުގެ ވެރިން ކުރިން ދިޔައީ ބުނަމުންނެވެ.

އޭގެ އިތުރުން, ހދ. ހަނިމާދޫގައި ތަރައްގީ ކުރަމުންދިޔަ އެއާޕޯޓަކީ ވެސް އިންޑިއާއިން ހަން ފެތުރުމަށް ބޭނުންކުރާނެ ތަނެއް ކަމަށް މި ސަރުކާރުގެ ކެބިނެޓުގައި ތިއްބެވި ބައެއް ބޭފުޅުން ވެސް ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް, ރައީސްގެ ދަތުރުގައި ވަނީ ހަނިމާދޫ އެއާޕޯޓުގެ ރަންވޭ ވެސް އިފްތިތާހުކޮށްފަ އެވެ.

ރައީސް މުއިއްޒު ޗައިނާއަށް ކުރެއްވި ދަތުރަށް ފަހު މާލެ ވަޑައިގެން ހުޅުލޭ އެއާޕޯޓުގައި ހުންނަވައި އިންޑިއާގެ ސަފީރުގެ ހާޒިރުގައި އެ ގައުމަށް ބަހުގެ ހޫނު ހަމަލާތަކެއް ދެއްވި އެވެ. އަދި, އެއް ގައުމަކަށް ބަރޯސާވުން ނިމުމަކަށް ގެންނަވާނެ ކަމަށް ވިދާޅުވެ ކުޑަ ގައުމަކަށް ރާއްޖެ ވި ނަމަވެސް ބުލީ ކުރުމުގެ ފުރުސަތު ނުދެއްވާނެ ކަމަށް ވިދާޅުވި އެވެ.

ވެރިކަމަށް އަހަރެއް ނުވަނީސް ރައީސް މުއިއްޒުގެ ރާގު ބަދަލުވަމުން ގޮސް ކެމްޕޭނުގައި އެ ގައުމާ މެދު އުފެއްދި ނަފްރަތާއި ރުޅިވެރިކަން މުޅިން ތައުރީފުގެ ބަސްތަކަށް ބަދަލުވެ ނިމިއްޖެ އެވެ. އިންޑިއާއަކީ މިހާރު ސަރުކާރުގެ އެންމެ ގާތް އެކުވެރިއާއަށް ވެއްޖެ އެވެ. އެ އެކުވެރިކަން ހާމަކޮށްދިނީ ރައީސް މުއިއްޒު އިންޑިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.

މި ސަރުކާރާއި އިންޑިއާއާ އޮތް ގުޅުން އެންމެ ބޮޑަށް ގޯސްވެގެން ދިޔައީ ސަރުކާރުގެ ޑެޕިއުޓީ މިނިސްޓަރުންތަކެއް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ކުޑައިމީސްކޮށް ވާހަކަތަކެއް ސޯޝަލް މީޑިއާގައި ދެއްކުމުންނެވެ. އެކަމާ ގުޅިގެން އެ ޑެޕިއުޓީ މިނިސްޓަރުން ސަސްޕެންޑު ކޮށްފައި ވަނިކޮށް މަގާމުން އިސްތިއުފާ ދެއްވީ ރައީސް މުއިއްޒު އިންޑިއާއަށް ފުރާވަޑައިގަތުމާ ކައިރި ކޮށްފަ އެވެ.

އާންމުން ބުނަމުން ދަނީ ސަރުކާރުން ވައުދުވި ގޮތާ ހިލާފަށް އިންޑިއާ އާއެކު ނުކުރާނެ ކަމަށް ބުނި ހުރިހާ ކަމެއް ކުރަމުންދާ ކަމަށެވެ. އެއާއެކު ސަރުކާރަށް އޮތް އިތުބާރު އާންމުންގެ މެދުގައި ގެއްލިފައިވާ ކަމަށް ވެސް ދަނީ ބުނަމުންނެވެ.

އާންމުން ސޯޝަލް މީޑިއާގައި ސަރުކާރުގެ ވެރިން ލަދު ގަންނަވާލުން

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox