އިންޑިއާއަށް ރާއްޖޭގެ މާލީ ހާލަތު ރަނގަޅަށް އެނގޭ، އެހީތެރިވާން އޮތީ ތައްޔާރަށް: ރައީސް މުއިއްޒު

ރައީސް މުއިއްޒު އަދި އަނބިކަނބަލުން ސާޖިދާ މުހައްމަދު މިއަދު އިންޑިއާއަށް ވަޑައިގަތުމުގެ ކުރިން: ވިދާޅުވީ އިންޑިއާއަކީ ރާއްޖޭގެ ތަރައްގީގެ އެންމެ ބޮޑު ބައިވެރިޔާ ކަމަށް -- ފޮޓޯ: ރައީސް އޮފީސް

ރައީސް މުއިއްޒު އަދި އަނބިކަނބަލުން ސާޖިދާ މުހައްމަދު މިއަދު އިންޑިއާއަށް ވަޑައިގަތުމުގެ ކުރިން: ވިދާޅުވީ އިންޑިއާއަކީ ރާއްޖޭގެ ތަރައްގީގެ އެންމެ ބޮޑު ބައިވެރިޔާ ކަމަށް -- ފޮޓޯ: ރައީސް އޮފީސް

ދިވެހިރާއްޖޭގެ މާލީ ހާލަތު އިންޑިއާއަށް ރަނގަޅަށް އެނގޭ ކަމަށާއި އެ ގައުމުން ރާއްޖެއަށް އެހީތެރިވާން އޮތީ ތައްޔާރަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މިއަދު އިންޑިއާއަށް ފުރާވަޑައިގަތުމުގެ ކުރިން އިނގިރޭސިވިލާތުގެ ބީބީސީއަށް ދެއްވި އިންޓަވިއުއެއްގައި ރައީސް މުއިއްޒު ވިދާޅުވީ، އިންޑިއާއަކީ ރާއްޖޭގެ ތަރައްގީއަށް އެންމެ ބޮޑަށް އެހީތެރިވާ ގައުމު ކަމަށާއި އިންޑިއާއިން އަބަދުވެސް ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.

"އިންޑިއާއަށް ރާއްޖޭގެ މާލީ ހާލަތު ރަނގަޅަށް އެނގޭ. އަދި ރާއްޖޭގެ ތަރައްގީއަށް އެންމެ ބޮޑު ބައިވެރިޔާގެ ހައިސިއްޔަތުން، ރާއްޖެއަށް އެހީތެރިވެ، ގޮންޖެހުންތަކަށް ހައްލު ހޯދައިދީ، ކުރިއަށް ދެވޭނެ އިތުރު ގޮތްތައް ހޯދައިދީ، މާލީ ދަތިތަކަށް ލުޔެއް ހޯދައިދޭން އިންޑިއާއިން އަބަދުވެސް އޮންނާނީ ތައްޔާރަށް،" ބީބީސީއަށް ދެއްވި އީމެއިލް އިންޓަވިއުއެއްގައި ރައީސް މުއިއްޒު ވިދާޅުވި އެވެ.

ވެރިކަމަށް ވަޑައިގަތުމުގެ ކުރިން އެމަނިކުފާނު ކުރެއްވި "އިންޑިއާ އައުޓް" ކެމްޕެއިނާ ގުޅޭ ގޮތުން ސުވާލު ކުރުމުން މުއިއްޒު ވިދާޅުވީ، އިންޑިއާ އާއި ރާއްޖެއާ ދެމެދު އެއްވެސް ހިޔާލުތަފާތުވުމެއް އުފެދިފައިވާ ނަމަ ވާހަކަ ދައްކައިގެން އެކަންކަން ހައްލު ކުރެވޭނެ ކަމަށެވެ.

އިންޑިއާއިން ހަދިޔާކުރި ޑޯނިއާ މަތިންދާބޯޓާއި ދެ ހެލިކޮޕްޓަރު ދުއްވަން ތިބި ސިފައިން ގައުމުން ބޭރުކޮށްލުމާއި އިންޑިއާއާއެކު ހަދާފައިވާ ހައިޑްރޯގްރަފީ އެއްބަސްވުން އާ ނުކުރުމާ ގުޅޭ ގޮތުން ވެސް ބީބީސީއިން ރައީސް މުއިއްޒުއާ ސުވާލު ކުރި އެވެ. އޭގެ ޖަވާބުގައި އެމަނިކުފާނު ވިދާޅުވީ، އެ ނިންމުންތައް ނިންމެވީ ރާއްޖޭގެ މަސްލަހަތަށް ކަމަށާއި އެއީ ރައްޔިތުން ވެސް ބޭނުންވާ ގޮތް ކަމަށެވެ.

ރާއްޖެއަށް ކުރިމަތިވެފައިވާ މާލީ ދަތިތަކާ ގުޅޭ ގޮތުން އިތުރަށް ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، ދަތިތަކުން އަރައިގަތުމަށް އައިއެމްއެފްގެ ޕްރޮގްރާމަކާ ގުޅެން ނުވިސްނާ ކަމަށެވެ. އަދި ވިދާޅުވީ، ރާއްޖެއިން ގެންގުޅޭނީ ރާއްޖޭގެ އަމިއްލަ އެޖެންޑާއެއް ކަމަށެވެ.

ރާއްޖޭގެ މާލީ ހާލަތު ގޯސްވެ، ސަރުކާރުގެ ހަރަދުތައް ކުޑަ ކުރަން ފިޔަވަޅުތަކެއް އަޅަން ނިންމާފައިވާކަން ރައީސް މުއިއްޒު އިއުލާނު ކުރެއްވީ ޖޫން 27، ގަ އެވެ. އޭގެ ފަހުން އޯގަސްޓު މަހުގެ ތެރޭގައި ފުރަތަމަ ފަހަރަށް ރާއްޖޭގެ ބޭނުން ކުރެވޭ ބޭރު ފައިސާގެ ރިޒާވް ވަނީ އެއްކޮށް ހުސްވެފަ އެވެ. އޭގެ ފަހުން ކްރެޑިޓް ރޭޓިން އެޖެންސީ ފިޗު އަދި މޫޑީސް އިން ވަނީ ރާއްޖޭގެ ކްރެޑިޓް ރޭޓިން ދަށްކޮށްފަ އެވެ.

އިންޑިއާއަށް ކުރައްވާ ދަތުރު ނިންމާލެއްވުމަށްފަހު ރައީސް އެނބުރި ރާއްޖެއަށް ވަޑައިގަންނަވާނީ އަންނަ ބުރާސްފަތި ދުވަހެވެ. އިންޑިއާއަށް ރައީސް މި ކުރައްވާ ދަތުރަކީ އެ ގައުމުގެ ރައީސް ދްރޫޕާދީ މުރްމުރްގެ ދައުވަތަކަށް ކުރައްވާ ރަސްމީ ދަތުރެކެވެ.

ރައީސް މުއިއްޒުގެ ދަތުރުގައި އިންޑިއާގެ ރައީސް މުރްމުރްއާ ބައްދަލު ކުރެއްވުމުގެ އިތުރުން ބޮޑުވަޒީރު ނަރެންދުރަ މޯދީއާއެކު ވެސް ބައްދަލު ކުރައްވާނެ އެވެ. މޯދީއާއެކު ބާއްވާ ބައްދަލުވުމުގައި ދެ ގައުމުގެ މެދުގައި އޮތް ގުޅުން ބަދަހި ކުރަން ރަސްމީ ވާހަކަތައް ކުރިއަށްގެންދާނެ އެވެ. ރައީސްގެ އިންޑިއާ ދަތުރުގައި މުމްބާއީ އަދި ބެންގަލޫރަށް ވެސް ވަޑައިގަންނަވާނެ އެވެ. އެ ދަތުރުތަކުގައި ބައެއް ވިޔަފާރިވެރިންނާ ވެސް ރައީސް ބައްދަލު ކުރައްވާނެ އެވެ.

ރައީސް މުއިއްޒު މިއަދު އިންޑިއާއަށް ފުރާވަޑައިގެންނެވިއިރު، މިދިޔަ ސެޕްޓެމްބަރު މަހު ރާއްޖެއިން އިންޑިއާއަށް ދައްކަންޖެހިފައި އޮތް 50 މިލިއަން ޑޮލަރުގެ ބޮޑު ލޯނެއް އިންޑިއާއިން ވަނީ ރޯލްއޯވާކޮށްފަ އެވެ. ދެން އެ ލޯނު ދައްކަންޖެހޭނީ މީގެ އެއް އަހަރު ފަހުންނެވެ.

ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވި ފަހުން ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮތް ގުޅުން ވަރަށް ބޮޑަށް ގޯސްވި އެވެ. އެންމެ ފުރަތަމަ މައްސަލައަކަށްވީ ދައުލަތާއެކު ހަދާފައިވާ އެގްރިމެންޓެއްގެ ދަށުން އިންޑިއާއިން ހަދިޔާކޮށްފައި އޮތް ދެ ހެލިކޮޕްޓަރާއި ޑޯނިއާ ފްލައިޓު ދުއްވަން ތިބޭ އެ ގައުމުގެ ސިފައިން ބޭރު ކުރަން މަސައްކަތް ކުރުމެވެ.

އެ ދެ ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާބޯޓު ދުއްވުން ވެސް ސަރުކާރުން ހުއްޓާލި އެވެ. ނަމަވެސް މިފަހުން ހެލިކޮޕްޓަރު އުދުއްސަން އަލުން ވަނީ ފަށައިފަ އެވެ.

ދެން މައްސަލަ ޖެހުނީ ރާއްޖޭގެ ދެ ޑެޕިއުޓީ މިނިސްޓަރަކު އިންޑިއާގެ ބޮޑުވަޒީރަށް މަލާމާތް ކުރި މައްސަލައިގަ އެވެ. އޭގެ ފަހުން ރައީސް މުއިއްޒު ޗައިނާ ކުރެއްވި ދަތުރު ނިންމާލެއްވުމަށްފަހު ވަޑައިގެން އިންޑިއާގެ ސަފީރުގެ ވެސް ހާޒިރުގައި އިންޑިއާއަށް ވަރަށް ހަރުކަށިކޮށް ފާޑު ކިޔެވެ.

ރައީސް މުއިއްޒު އިންޑިއާ ސިފަ ކުރެއްވީ ރާއްޖެއަށް ގަނާ ކުރަމުންދާ ގައުމެއްގެ ގޮތުގަ އެވެ. ކުރީ ސަރުކާރު އޮތީ އިންޑިއާގެ އަތް ދަށުގައި ކަމަށް ވެސް ސިފަ ކުރެއްވި އެވެ. އަދި މުދާ އިމްޕޯޓް ކުރުމުގައި އާއި ބޭސް ފަރުވާއަށް ރާއްޖެއިން އިންޑިއާއަށް ބަރޯސާވެފައި އޮތް އޮތުން ނައްތާލައްވަން އެ ދުވަހު ޕްލޭނެއް ވެސް ހުށަހެޅުއްި އެވެ.

އޭގެ ފަހުން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ތެރޭގައި ވާހަކަ ދައްކަވަމުން އިންޑިއާގެ ނަން ވިދާޅުނުވެ ރައީސް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގައި އެއިރު ތިއްބެވި އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ މެންބަރުން މަސައްކަތް ކުރަނީ ބޭރުގެ ނުފޫޒެއްގެ ދަށުވެފައިވާ އަޅުންތަކެއް ގޮތަށް ކަމަށެވެ

ކޮމެންޓް

ފަހުގެ ޚަބަރު

ބޮޑު އަގުގައި ޑޮލަރު ވިއްކުމުގެ ތުހުމަތުގައި 3 ބިދޭސީން ބަންދަށް

ހުއްދަނެތި ބޮޑު އަގުގައި ބޭރު ފައިސާ ގަނެވިއްކާ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ ތިން މީހަކު ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ވަނީ އަތުލައިގަނެފަ. މި މީހުން އަތުލައިގަތީ ކަޅު ބާޒާރުގައި ޑޮލަރުގެ މުއާމަލާތްކުރާ ފަރާތްތައް ހޯދުމަށް ސަރުކާރުން އެކުލަވާލާފައިވާ ހާއްސަ ޓާސްކްފޯހަށް ލިބުނު މައުލޫމާތަކާ ގުޅިގެން.

ޖަރުމަނު ކޮންސުލޭޓު ބަންދުކުރީ ސަރުކާރާ ހެދި: ނަޝީދު

ނަޝީދު ތުހުމަތުކުރައްވާފައިވާ ގޮތުގައި ޖަރުމަނު ސަރުކާރުން ރާއްޖޭގައި ހުންނަ އެ ގައުމުގެ ކޮންސިއުލޭޓް ބަންދުކުރީ، އޮނަރަރީ ކޮންސުލްގެ މަގާމަށް ވަކި މީހަކު އައްޔަންކުރުން ދިވެހި ސަރުކާރުން ނުފޫޒު ފޯރުވުމުން.

ޔާމީނަށް ހުކުމް އިއްވުން މި މަހު 29 އަށް ތާވަލުކޮށްފި

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް ނިންމާލައިފި. ޔާމީންގެ ފަރާތުން ހުލާސާ ބަޔާން ހުށަހަޅަމުން ވަކީލުން ވިދާޅުވީ، އެމަނިކުފާނާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކިތަކުގައި ފުށުއެރުންތަކެއް ހުރި ކަމަށާއި ކުށް ސާބިތުވާވަރުގެ ހަރުދަނާ ހެއްކެއް ނެތް ކަމަށް.

މީހުންގެ އަގުވައްޓާލަން އޭސީސީއަށް ހުށަހެޅުން ހުއްޓުވަން އުސޫލެއް

އޭސީސީން ބުނީ އަސާސެއް ނެތް ކަންކަމުގައި މީހުންގެ އަގުވައްޓާލުމަށް ހުށަހަޅާ މައްސަލަތަކުގައި އަމަލުކުރާނެ ހާއްސަ އުސޫލެއް އެކުލަވާލުމުގެ މަސައްކަތް މިހާރު އޮތީ ފަހު މަރުހަލާގައި ކަމަށް. އީޔޫގެ އެހީތެރިކަމާއެކީ އެކުލަވާލާ މި ސްޓްރެޓެޖީގެ ސަބަބުން ނުބައި ނިޔަތުގައި ހުށަހަޅާ މައްސަލަތަކަށް ހައްލެއް ލިބޭނެ ކަމަށް އެ ކޮމިޝަނުން ބުނި.

ގަވާއިދާ ހިލާފަށް ވަދެ އުޅުނު ތިން މަސް ބޯޓު ހިފަހައްޓައިފި

ރާއްޖޭގެ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެ އުޅުނު ބޭރުގެ ތިން މަސް ބޯޓު އަތުލައިގަތީ އެމްއެންޑީއެފް ކޯސްޓްގާޑާއި އެއާ ކޯ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި. އަރިއަތޮޅުގެ ހުޅަނގުން އަތުލައިގަތް މި ބޯޓުތައް މިހާރު މާލެ ސަރަހައްދަށް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުން.

ގޯތި ދޫކުރުމުގެ އުސޫލު ބަދަލުކޮށް ކުރިމަތިލާން ހުޅުވާލައިފި

ކ. ހުރާއިން 150 ގޯތި ދޫކުރުމުގެ އުސޫލަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު އެ ރަށު ކައުންސިލުން އަލުން ވަނީ ހުޅުވާލައިފި. އައު އުސޫލުގެ ދަށުން ރަށުގައި ދިރިއުޅޭ އާއިލާތަކަށާއި އުފަން ރަށްވެހިންނަށް އިސްކަންދޭ ގޮތަށް ޕޮއިންޓް ދިނުމުގެ މިންގަނޑުތަކަށް ވަނީ ބަދަލުތަކެއް ގެނެސްފައި.

ރަސްމާލޭގެ ތަންތަން ދާއިމީކުރުމުގެ ފުރުސަތެއް ނެތް: މުއްތަލިބު

ރަސްމާލެ މަޝްރޫއަކީ އިޒްރޭލު މީހުން ވަޒަންވެރިކުރުވަން ހިންގާ މަޝްރޫއެއް ކަމަށް ބުނެ ދެކެވޭ ވާހަކަތައް ދޮގުކުރައްވައި، މުއްތަލިބު ވިދާޅުވީ ބިންތައް އަބަދުވެސް އޮންނާނީ ދިވެހި ދައުލަތުގެ ފުރިހަމަ ބާރުގެ ދަށުގައި ކަމަށް. އަދި، މި ޝަހަރުގައި ދިވެހިންގެ ނިސްބަތް ގިނަ ކުރަން ތަންތަން ވިއްކާއިރު ދިވެހިންނަށް އިސްކަން ދޭން ކަމަށް އޭނާ ވިދާޅުވި.

Newsletter

Get the latest news delivered straight to your inbox