ކަރެކްޝަންސްގެ ސިވިލް މުވައްޒަފުންނަށް ހައުސިން އެލަވަންސް ނުލިބޭތީ ޕެޓިޝަނެއް

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ރަސްމިއްޔާތެއްގެ ތެރެއިން: ކަރެކްޝަންސްގެ ސިވިލް މުވައްޒަފުންނަށް ހައުސިން އެލަވަންސް ނުލިބޭތީ ޕެޓިޝަނެއް ވަނީ ހުށަހަޅާފައި -- ފޮޓޯ: އަދަދު ފައިލް

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ރަސްމިއްޔާތެއްގެ ތެރެއިން: ކަރެކްޝަންސްގެ ސިވިލް މުވައްޒަފުންނަށް ހައުސިން އެލަވަންސް ނުލިބޭތީ ޕެޓިޝަނެއް ވަނީ ހުށަހަޅާފައި -- ފޮޓޯ: އަދަދު ފައިލް

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ސިވިލް މުވައްޒަފުންނަށް ހައުސިން އެލަވަންސް ނުލިބޭތީ މައްސަލަ އަށް ހައްލު ހޯދަން މުވައްޒަފުންތަކެއް ސޮއިކޮށް ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި ހޯމް މިނިސްޓަރު އަލީ އިހުސާން އާއި ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ އަދި ފިނޭންސް މިނިސްޓްރީއަށް ޕެޓިޝަނެއް ހުށަހަޅައިފި އެވެ.

ވަޒީފާއާ ބެހޭ ގަވާއިދާއި މުސާރަ އޮނިގަނޑަށް ނުވަ އަހަރު ފުރި، 10 އަހަރު ވާން ކައިރިވެފައިވާއިރު ސިވިލް މުވައްޒަފަކަށް އެ އެލަވަންސް ލިބިފައި ނުވާތީ އެ ޕެޓިޝަނުގައި ކަންބޮޑުވުން ފާޅުކޮށްފައި ވެ އެވެ.

"ބަޖެޓް ނެތީއެއް ނޫން. މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ފަރާތުން މާލީ ވުޒާރާއަށާއި ދާހިލީ ސަލާމަތާއި ފަންނިއްޔަތާއި ބެހޭ ވުަޒާރާއަށް ފާއިތުވެދިޔަ އަހަރުތަކުގެ ތެރޭގައި ފޮނުވާފައިވާ ލިޔުންތަކުން އެނގޭ ގޮތުގައި ނުވަ މިލިއަނާއި 11 މިލިއަނާ ދެމެދުގެ އަދަދަކަށް ކަރެކްޝަންސްގެ ބަޖެޓުން ކޮންމެ އަހަރަކު ބާކީވޭ،" ޕެޓިޝަންގައި ބުނެފައި އޮތެވެ.

ވަޒީފާއާ ބެހޭ ގަވާއިދާއި މުސާރަ އޮނިގަނޑާއި މުޅިން ހިލާފަށް ޖަލުތަކުގައި ނިދުމާއި ތިބުމުގެ އިންތިޒާމު ހަމަޖައްސާފައިވާ ޖަލު އޮފިސަރުން ހިމެނޭހެން، ހުރިހާ ޖަލު އޮފިސަރުންނަށް ހައުސިން އެލަވަންސް ލިބެމުންދާ ކަމަށް ވެސް ޕެޓިޝަންގައި ފާހަގަކޮށްފައިވެ އެވެ.

ކަރެކްޝަންސްގެ ސިވިލް މުވައްޒަފުންގެ އަދަދު 100 އަށް ނާރާއިރު އެ މުވައްޒަފުންނަށް ހައުސިން އެލަވަންސް ދިނުމަށް އަހަރަކު 2.7 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ލިޔެ ކިޔުންތަކުން އެނގޭ ކަމަށް ވެސް ޕެޓިޝަންގައި ބުނެފައިވެ އެވެ.

"މަދަނީ މުވައްޒަފުންނަށް ހައުސިން އެލަވަންސް ހަމަޖެއްސުމަށްޓަކައި މި ސާވިސްއިން ތައްޔާރުކުރާ އަހަރީ ބަޖެޓުގައި ފައިސާ ހިމެނި ކަމުގައި ވިޔަސް މާލީ ވުޒާރާއިން ކޮންމެ އަހަރަކު މި ފައިސާ ދަނީ ކަނޑަމުން،" ޕެޓިޝަންގައި ބުންޏެވެ.

ފިނޭންސުން އެ އެލަވަންސް ދިނުމަށް ދެކޮޅު ހަދަމުންދަނީ މުޅިން އަލަށް ދެވޭ އެލަވަންސެއް ކަމަށް ބުނެ، ޕޭ ހަމަނައިޒޭޝަން މަސައްކަތް ކުރިއަށްދާއިރު އިތުރު އެލަވަންސެއް އެއްވެސް މުވައްޒަފަކަށް ނުދިނުމަށް ކަމަށް ބުނި ނަމަވެސް، ޕެޓިޝަންގައި ބުނެފައި ވަނީ އެއީ އަލަށް ދެވޭ އެލަވަންސެއް ގޮތުގައި ނުބެލޭނެ ކަމަށެވެ.

މައްސަލައަށް ހައްލު ލިބޭނެ ކަމަށް ޕެޓިޝަންގައި ފާހަގަކޮށްފައިވާ ކަންކަން:

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ވަޒީފާއާ ބެހޭ ގަވާއިދުގެ 57 ވަނަ މާއްދާގައިވާ ގޮތަށް ހައުސިން އެލަވަންސް ދިނުމަށް ކަނޑައަޅާ އުސޫލު އެކުލަވާލައި އެއަށް އަމަލު ކުރަން ފެށުން.

ކަރެކްޝަންސްގެ ވަޒީފާއާ ބެހޭ ގަވާއިދާއި މުސާރަ އޮނިގަނޑާއި ހިލާފަށް، ކަރެކްޝަންސްގެ ފަރާތުން ނިދުމާއި ހުރުމުގެ އިންތިޒާމު ހަމަޖައްސާފައިވާ 272 އޮފިސަރުންނާއި "މެޑިކަލް ސްޓާފުންނަށް" ދެމުން އަންނަ ހައުސިން އެލަވަންސް ކަނޑާލުމަށްފަހު، އޭގެ ބަދަލުގައި ސިވިލް މުވައްޒަފުންނަށް ދިނުން.

ބަޖެޓުން ބާކީވާ ކަމަށް ކަރެކްޝަންސްއިން ބުނާ ނުވަ މިލިއަނާއި 11 މިލިއަންގެ ތެރެއިން 2.7 މިލިއަން ރުފިޔާ އެލަވަންސް ދޭ ބަޖެޓް ކޯޑަށް ޓްރާންސްފާކޮށް، އެ އެލަވަންސް ސިވިލް މުވައްޒަފުންނަށް ދޭން ހުއްދަ ދިނުން.

ކަރެކްޝަންސްއިން ތައްޔާރު ކުރާ ބޭސްލައިން ބަޖެޓަށް ފައިސާ އިތުރުކޮށް އެ އެލަވަންސް މަދަނީ މުވައްޒަފުންނަށް ދިނުމަށް ފިނޭންސްއަށް ހުއްދަ ދިނުން.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox