ސްޓެލްކޯއިން ޖަނަރޭޓަރުތަކެއް ގަންނަން ނިންމީ އެންމެ ބޮޑު އަގުގައި ބިޑު ހުށަހެޅި މޯހަން މުތާއިން

ސްޓެލްކޯގެ އެމްޑީ ހުސެއިން ފަހުމީ: ސްޓެލްކޯއިން ޖެންސެޓް ގަންނަން ނިންމީ އެންމެ އަގުބޮޑު ބިޑު ހުށަހެޅި މޯހަން މުތާއިން -- ފޮޓޯ: އަދަދު ފައިލް

ސްޓެލްކޯގެ އެމްޑީ ހުސެއިން ފަހުމީ: ސްޓެލްކޯއިން ޖެންސެޓް ގަންނަން ނިންމީ އެންމެ އަގުބޮޑު ބިޑު ހުށަހެޅި މޯހަން މުތާއިން -- ފޮޓޯ: އަދަދު ފައިލް

ސްޓެލްކޯއިން ދެ މެގަވޮޓްގެ 13 ޖެނެރޭޓަރު ސެޓް އެންމެ ބޮޑު އަގު ހުށަހެޅި އިންޑިއާގެ މޯހަން މުތާ ކުންފުނިން ގަންނަން ނިންމައިފި އެވެ.

"އަދަދު" އަށް އެނގިފައިވާ ގޮތުގައި ޖެން ސެޓް ވިއްކަން މޯހަން މުތާއިން ސްޓެލްކޯއަށް ހުށަހެޅީ 146.74 މިލިއަން ރުފިޔާއަށެވެ. ތިން އޮޕްޝަނެއް ހުށަހެޅި ޓްރޭޑް ޕްރޮމޯޓާސްއިން ހުށަހެޅީ 105.61 މިލިއަން ރުފިޔާ އާއި 113.91 މިލިއަން ރުފިޔާގެ އިތުރުން 117.82 މިލިއަން ރުފިޔާ އެވެ.

އެ މުއާމަލާތުގެ މައުލޫމާތު އެނގޭ މީހަކު "އަދަދު" އަށް ބުނީ މޯހަން މުތާއަށް ޖަނަރޭޓަރު ގަންނަން ދޭން ނިންމީ އެ ކުންފުނިން އެޑްވާންސް ޕޭމަންޓުގެ އިތުރުން ފައިނޭންޝަލް ގެރެންޓީއެއް ނުހޯދައި، ފައިސާ ރުފިޔާއިން ދެއްކޭތީ ކަމަށެވެ.

"އެމީހުން އެޑްވާން ޕޭމަންޓެއް ވެސް ނުނަގާ. އެއްވެސް ފައިނޭންޝަލް ގެރެންޓީއެއް ބޭނުމެއް ނުވޭ. ބޭންކް ލެޓާއެއް ވެސް ބޭނުމެއް ނުވޭ. ދެން އެމީހުން ފައިސާ ދައްކަން ޖެހެނީ ވެސް ރުފިޔާއިން،" އެ މުއާމަލާތުގެ މައުލޫމާތު އެނގޭ މީހާ ބުންޏެވެ.

ލިބުނު ކޯޓޭޝަންތައް:

  • ޓްރޭޑް ޕްރޮމޯޓާސް (އޮޕްޝަން 1) - 105،619،372.85ރ. (ފައިނޭންޝަލް ޗާޖެއް ނުނަގައި 31 ހަފްތާއިން ޑެލިވަރީ).
  • ޓްރޭޑް ޕްރޮމޯޓާސް (އޮޕްޝަން 2) - 113،913،448.15ރ. (ފައިނޭންޝަލް ޗާޖުގެ ގޮތުގައި ނުވަ ޕަސަންޓު ނަގައި 31 ހަފްތާއިން ޑެލިވަރީ).
  • ޓްރޭޑް ޕްރޮމޯޓާސް (އޮޕްޝަން 2) - 117،823،285.81ރ. (ފައިނޭންޝަލް ޗާޖުގެ ގޮތުގައި ނުވަ ޕަސަންޓު ނަގައި 31 ހަފްތާއިން ޑެލިވަރީ).
  • މޯހަން މުތާ އެކްސްޕޯޓްސް - 146،746،600ރ. (ފައިނޭންޝަލް ޗާޖުގެ ގޮތުގައި ހަ ޕަސަންޓު ނަގައި 31 ހަފްތާއިން ޑެލިވަރީ).

އޭނާ ބުނީ ސްޓެލްކޯގެ އިތުރުން ސަރުކާރުގެ މާލީ ހާލަތު ދަށްވެފައިވާ މި ދަނޑިވަޅުގައި ޓްރޭޑް ޕްރޮމޯޓާސްއިން ޖަނަރޭޓަރު ވިއްކަން ހުށަހެޅީ ޑޮލަރުން ކަމަށާއި އެ ކުންފުނިން އެޑްވާންސް ޕޭމަންޓުގެ އިތުރުން ބޭންކް ގެރެންޓީ ވެސް ބޭނުންވާ ކަމަށެވެ.

ސަރުކާރުގައި ޑޮލަރުގެ ތާށިކަން ބޮޑުވެ، މާލީ ދަތިކަމާ ގުޅިގެން ބޮޑު އަގު މޯހަން މުތާއިން ހުށަހެޅި ނަމަވެސް، އެ ކުންފުންޏަށް ޖެންސެޓް ގަންނަން ދޭން ނިންމީ ރަނގަޅު ހުށަހެޅުމެއް ހުށަހެޅުމުން ކަމަށް މި ނޫހަށް މައުލޫމާތު ލިބިފައިވެ އެވެ.

މިކަމާ ގުޅިގެން ސްޓެލްކޯގެ މީޑިއާ އޮފިޝަލް އަހުމަދު މުހައްމަދު ވިދާޅުވީ ސްޓެލްކޯއިން ދެމެހެއްޓިނިވި ގޮތުގައި ހިދުމަތް ދިނުމަށް ކުރަން ޖެހޭ ކޮންމެ ކަމެއް ކުރާނެ ކަމަށާއި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އެއްވެސް ކަމެއް ނުކުރާ ކަމަށެވެ.

ސްޓެލްކޯއިން ގެންނަ 13 ޖަނަރޭޓަރަކީ އެ ކުންފުނިން ދެމުން އަންނަ ހިދުމަތްތައް މެދުނުކެނޑި ދިނުމަށް ބޭނުންވާ ތަކެއްޗެވެ. އެ ޖަނަރޭތަރުތައް މި އަހަރަށް ބޭނުންވާއިރު މިހާތަނަށް ވެސް އެ ތަކެތި ހޯދިފައެއް ނުވެ އެވެ.

މޯހަން މުތާއިން ޖެން ސެޓްތައް ސްޓެލްކޯއިން ފޯރުކޮށްދޭނެ ކަމަށް އެއްބަސްވެފައި ވަނީ ހަ މަސް ދުވަހުގެ ތެރޭގަ އެވެ. އެގޮތުން ޖެން ސެޓްތައް ލިބޭނީ އެންމެ އަވަހަށް ވެސް އަންނަ އަހަރެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox