އެމްޕީއެލްގެ މުވައްޒަފުންނަށް އަހަރީ ބޯނަސް ދިނުން ލަސްވެއްޖެ

މާލޭގައި ހުންނަ އެމްޕީއެލްގެ ވިޔަފާރި ބަނދަރު: އެ ކުންފުނީގެ މުވައްޒަފުންނަށް ކޮންމެ އަހަރެއްގެ ވެސް އޯގަސްޓު މަހު ބޯނަސް ދޭ ކަމަށް މުވައްޒަފުން ބުނި -- ފޮޓޯ: އަދަދު

މާލޭގައި ހުންނަ އެމްޕީއެލްގެ ވިޔަފާރި ބަނދަރު: އެ ކުންފުނީގެ މުވައްޒަފުންނަށް ކޮންމެ އަހަރެއްގެ ވެސް އޯގަސްޓު މަހު ބޯނަސް ދޭ ކަމަށް މުވައްޒަފުން ބުނި -- ފޮޓޯ: އަދަދު

މޯލްޑިވްސް ޕޯޓްސް ލިމިޓެޑުގެ މުވައްޒަފުންނަށް ކޮންމެ އަހަރަކު ވެސް ދެމުން އަންނަ އަހަރީ ބޯނަސް ދިނުން މި އަހަރު ލަސްވެއްޖެ އެވެ.

ކޮންމެ އަހަރެއްގެ ވެސް އޯގަސްޓު މަހުގެ ކުރިން ދެމުން އަންނަ އަހަރީ ބޯނަސް މިފަހަރު ލަސްވެފައި ވަނީ ކޮން ސަބަބަކާ ހުރެކަން ނޭނގޭ ކަމަށް "އަދަދު" އާ ވާހަކަ ދެއްކި ބައެއް މުވައްޒަފުން ބުންޏެވެ.

އެކަމާ ގުޅިގެން އެމްޕީއެލްގެ ރަސްމީ ބަހެއް ނުލިބުނު ނަމަވެސް، ބޯނަސް އަދި ނުދޭކަން އެ ކުންފުނިން ކަށަވަރު ކޮށްދިނެވެ.

އެމްޕީއެލްއަކީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން ރަނގަޅު ފައިދާއެއް ލިބޭ ކުންފުންޏެކެވެ.

ނަން ނުޖެހުމަށް ޝަރުތުކޮށް ވާހަކަ ދެއްކި އެމްޕީއެލްގެ އިސްވެރިއަކު ވިދާޅުވީ އަހަރީ ބޯނަސް ދިނުން ފަސްކުރަން ބޯޑުން ނިންމާފައިވާ ކަމަށެވެ.

"އަހަރީ ބޯނަސް ނުދޭކަށް ނުނިންމާ، އެކަމަކު ދިނުން ފަސްކުރަން ބޯޑުން ނިންމާފައި އޮތީ،" އޭނާ ވިދާޅުވި އެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި އަހަރުގެ ފުރަތަމަ ކުއާޓަރު ނިމުނުއިރު އެމްޕީއެލްގައި 2301 މުވައްޒަފުން ތިއްބެވެ.

އެމްޕީއެލްގެ އިތުރުން، އެމްއޭސީއެލްގެ މުވައްޒަފުންނަށް ވެސް އަހަރީ ބޯނަސް ދިނުން ވަނީ މި އަހަރު ލަސްވެފަ އެވެ. އެ ކުންފުނީގެ މުވައްޒަފުންނަށް ވެސް ބޯނަސް ލިބޭނެ ދުވަހެއް އަދި ނޭނގޭ ކަމަށް މުވައްޒަފުން ބުނެފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox