އިންޑިއާއާ ދެކޮޅަށް ވައުދުވީ އިންތިހާބު ކާމިޔާބުކުރަން ކަމަށް މުއިއްޒު ވިދާޅުވި: ރަނިލް

އިންޑިއާގެ ބޮޑުވަޒީރު މޯދީ ތިންވަނަ ދައުރަކަށް ހުވާކުރެއްވި ރަސްމިއްޔާތުގައި ރަނިލް (ކ) އަދި ރައީސް މުއިއްޒު --- ފޮޓޯ: ރައީސް އޮފީސް

އިންޑިއާގެ ބޮޑުވަޒީރު މޯދީ ތިންވަނަ ދައުރަކަށް ހުވާކުރެއްވި ރަސްމިއްޔާތުގައި ރަނިލް (ކ) އަދި ރައީސް މުއިއްޒު --- ފޮޓޯ: ރައީސް އޮފީސް

އިންޑިއާއާ ދެކޮޅު ވައުދުތަކެއްވީ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމުގެ ބޭނުމުގައި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ކަމަށް ސްރީ ލަންކާގެ ކުރީގެ ރައީސް ރަނިލް ވިކްރަމްސިންހު ވިދާޅުވެއްޖެ އެވެ.

މި ހަފުތާ ބަންދުގައި ބޭއްވި ލަންކާގެ ރިޔާސީ އިންތިހާބުގައި ނާކާމިޔާބީއާ ކުރިމަތިވި ރަނިލް މިފަދައިން ވިދާޅުވީ، ސެޕްޓެމްބަރު 19، ގައި އިންޑިއާގެ ފަސްޓް ޕޯސްޓަށް ދެއްވި ހާއްސަ އިންޓަވިއުއެއްގަ އެވެ.

"ރައީސް މުއިއްޒު މިހާރު އިންޑިއާއާ ކުރިއަށްވުރެ އެކުވެރި. އިންތިހާބަށް ފަހު އެ މަނިކުފާނު އަޅުގަނޑު ގާތު ވިދާޅުވި އިންތިހާބު ކާމިޔާބު ކުރުމަށް [އިންޑިއާއާ ދެކޮޅު] ވައުދުތަކެއް ވާން ޖެހުނޭ،" ރަނިލް ވިދާޅުވި އެވެ.

ޖޫން މަހު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ތިންވަނަ ދައުރަކަށް ހުވާކުރެއްވި ރަސްމިއްޔާތުގައި ރައީސް މުއިއްޒު އާއި މޯދީއާ ދެމެދު އޮތް "ކެމިސްޓްރީ" ނުވަތަ ގުޅުން ބަދަހިވެފައިވާކަން ފާހަގަކުރެވުނު ކަމަށް ވެސް ރަނިލް ވިދާޅުވި އެވެ. އެ ރަސްމިއްޔާތަށް ރަނިލް ވެސް ނިއު ދިއްލީއަށް ވަޑައިގަތެވެ.

އެގޮތަށް ގުޅުން ބަދަހިވީ އިންޑިއާ އާއެކު ކުރިއަށް ދިއުމަކީ އެންމެ ރަނގަޅު ގޮތްކަން ރައީސް މުއިއްޒުއަށް ވިސްނިގެންތޯ ފަސްޓް ޕޯސްޓުގެ ނޫސްވެރިޔާ ޕަލްކާ ޝަރުމާ ސުވާލު ކުރި އެވެ.

ރައްދުގައި ރަނިލް ވިދާޅުވީ އެ ސުވާލު ކުރަން ޖެހޭނީ ރައީސް މުއިއްޒުއާ ކަމަށެވެ.

ނޮވެމްބަރު 17، 2023 ގައި ރައީސް މުއިއްޒު ވެރިކަމުގެ ހުވާ ކުރެއްވި ރަސްމިއްޔާތުގައިވެސް ރަނިލް ބައިވެރިވެވަޑައިގެންނެވި އެވެ.

"އިންޑިއާ އައުޓް" ވައުދުތަކާއި ބަދަލުވި ސިޔާސަތުތައް

މިހާރު ވެރިކަމުގައި އޮތް ޕީއެންސީ ކޯލިޝަނުން 2018 އިން 2023 އާ ހަމައަށް އިދިކޮޅުގައި އޮވެ އެންމެ ހަރުއަޑުން ކުށްވެރިކުރަމުން ދިޔައީ ނިމިދިޔަ އެމްޑީޕީ ސަރުކާރުން އިންޑިއާއާއެކު ބާއްވަމުން ދިޔަ ގުޅުމަށެވެ. އޭރު "އިންޑިއާ އައުޓް" ގެ ނަމުގައި މާލޭގައި ބޮޑެތި އެއްވުންތަކާއި މުޒާހަރާތައްވެސް ބޭއްވި އެވެ. އެ ހަރަކާތްތަކުގައި ރައީސް މުއިއްޒުވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

އެ ހަރަކާތްތަކުގެ ތެރެއިން ރިޔާސީ ކެމްޕޭނުގެ ވައުދުތަކަށްވެސް "އިންޑިއާ އައުޓް" ގެ އަސަރު ފޯރި އެވެ. ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިންނާއި އެ ގައުމުގެ އަސްކަރިއްޔާ ފޮނުވާލުމަށާއި އެ ގައުމާއެކު ހަދާފައި އޮތް "އަޑި ނޭނގޭ" އެއްބަސްވުންތައް ބާތިލުކޮށް ހާމަކުރުމަށް ވައުދުވެވަޑައިގަންނަވަމުންނެވެ.

ރާއްޖޭގައި އެތައް ހާސް އިންޑިއާ ސިފައިން ތިބި ކަމަށް ބައެއް ނޫސްތަކުން ރިޕޯޓުކުރި ހަބަރުތައް ރައީސް ވަނީ ބައިނަލްއަގުވާމީ މީޑިއާތަކުގައިވެސް ރިއާޔަތްކުރައްވާފަ އެވެ. ވެރިކަމަށް ވަޑައިގެންވެސް އިންޑިއާއިން ރާއްޖެއަށް "ބުލީ" ކުރާކަމަށް ވިދާޅުވެ ނުސީދާ ބަހުގެ ހަމަލާތަކެއްވެސް ދެއްވި އެވެ.

ނަމަވެސް ވެރިކަމުގެ ދެތިން މަސް ނިމުމާއެކު އިންޑިއާ އާ ދެކޮޅަށް އޮތް ސަރުކާރުން ގެންގުޅުނު ރާގު ވަނީ ބަދަލުވެފަ އެވެ. އިންޑިއާ ސިފައިންގެ ގޮތުގައި ސަރުކާރުން އިއުލާނުކުރި 77 މީހަކު ފޮނުވާލާ އެ މީހުން ބަދަލުގައި ގެނައީ އެ ގައުމުގެ ޑިފެންސް މިނިސްޓްރީގެ ދަށުން ހިންގާ ކުންފުންޏެއްގެ ބައެކެވެ. އިންޑިއާއިން ބޭނުންވި ގޮތަށް އެމްޑީޕީ ވެރިކަމުގައިވެސް ރާއްޖޭގައި ބޭނުންކުރި އިންޑިއާގެ ދެ ހެލިކޮޕްޓަރާއި ޑޯނިއާ ބޯޓު އަދިވެސް ދަނީ ދުއްވަމުންނެވެ.

އިންޑިއާއާއެކު ހަދާފައިވާ ތިން އެއްބަސްވުމެއްގެ މައްސަލަ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު އަޒާން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ (241 ކޮމިޓީ) އަށް ހުށަހަޅައި، ސަބް ކޮމިޓީއަކުން އެކަން ބަލަން ފާސްކުރިތާ ތިން މަސްވިއިރު އެ މަސައްކަތް އޮތީ މަޑުޖެހިފަ އެވެ.

އިންޑިއާއަށް ބަދު ބަސްތައް ރައްދުކުރުމަށް ފަހު، އިންޑިއާއާ ގުޅުން ބަދަހިކޮށް އެހީ ހޯދަން ރައީސް މުއިއްޒު މިހާރު ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ.

އިންޑިއާ އައުޓު ކެމްޕޭނު ވެސް ހިންގެވީ ރައީސް ޔާމީން ބޭނުންވާތީ ކަމަށް ވެސް ޕީއެންސީގައި މިހާރު ތިއްބެވި ބައެއް ވެރިން ވިދާޅުވެފައިވެ އެވެ. އެގޮތަށް ރާގު ބަދަލުކުރީ އިންޑިއާއާ ގާތް ގުޅުމެއް އުފެއްދުމުގެ ބޭނުމުގައި އަދި އެ ކްމެޕޭނަކީ ސީދާ ރައީސް މުއިއްޒުގެ ތާއިދު ކުރެއްވި ކަމެއް ނޫންކަން ދެއްކުމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox