ލައިބާ، ބަޓޫމީ ކަޕްގެ ސިންގަލްސް އިން ކުއާޓާ އަށް

Sep 21, 2024, 2:57 AM
ލައިބާ، ބަޓޫމީ ކަޕްގެ ސިންގަލްސް އިން ކުއާޓާ އަށް

ޖޯޖިއާގައި މިހާރު ކުރިއަށްދާ ބަޓޫމީ ކަޕްގެ 13 އަހަރުން ދަށުގެ އަންހެން ސިންގަލްސް ކުއާޓާ ފައިނަލުން، ލައިބާ އަހުމަދު މަހުލޫފް (އެލީ) ޖާގަހޯދައިިފި އެވެ.

އެ ގޮތުން، 13 އަހަރުން ދަށުގެ ގްރޫޕް ތިނެއްގައި ވާދަކޮށް، ލައިބާ ވަނީ ތުރުކީން މުބާރާތަށް އައި އެ ގައުމުން، ތިން ވަނަ އަށް ރޭންކްކޮށްފައިވާ އެލީޝާ ލަޝިން އަތުން 21-16، 21-15 އިން މޮޅުވެފަ އެވެ. ދެ ވަނަ މެޗުގައި، އަޒަރުބައިޖާނުން ދެ ވަނަ އަށް ރޭންކްކޮށްފައިވާ، ބަނޫ އިބްރަހިމްލީ އަތުން ލައިބާ މޮޅުވީ، 2-1 ސެޓުންނެވެ. ސެޓުތައް ދިޔައީ، 18-21، 21-18 އަދި 12-21 އިންނެވެ. ގްރޫޕްގެ ތިން ވަނަ މެޗުގައި، އާރްމީނިއާގެ ދެ ވަނަ އަށް ރޭންކްކޮށްފައިވާ، ލިލިތު ހޮވްސެޕިއަން އަތުން މޮޅުވީ، 21-18، 21-05 އިންނެވެ.

މި މުބާރާތުގައި ލައިބާ ޑަބަލްސް ޕާޓްނަރުންގެ ގޮތުގައި ޕެއާކޮށްފައިވަނީ އަރްމީނިއާ ކުޅުންތެރިންނާ އެކުގަ އެވެ. އެ ގޮތުން، ޑަބަލްސް ޕާޓްނަރަކީ، އަނީތާ އަރްޒުމަންޔާން އެވެ. އަދި މިކްސް ޑަބަލްސް ޕާޓްނަރަކީ، އަރްމީނިއާގެ އެރިކް އެލޯޔާން އެވެ.

ބައިނަލްއަގުވާމީ ބެޑްމިންޓަން މުބާރާތުގައި ވާދަކޮށް، ލައިބާ ވަނީ މީގެ ކުރިން ގިނަ މެޑަލްތަކެއް ހޯދައިފަ އެވެ. އެގޮތުން، ސެޕްޓެމްބަރު މަހު، ސްލޮވީނިއާގައި ކުރިއަށްދިޔަ މުބާރާތުގެ 13 އަހަރުން ދަށުގެ ޑަަބަލްސް ބައިން، ލޯ މެޑަލް ހާސިލްކުރީ، ކްރޮއޭޝިއާގެ ޓިހާނާ މަވްރިސެޗްއާ އެއް ޕެއާއެއްގައި ކުޅެގެންނެވެ.

ފަހުގެ ޚަބަރު

ދިއްދޫ ކައިރިން އީގަލްސް އަށް ލިބުނީ ޕޮއިންޓެއް

ދިވެހި ޕްރިމިއާ ލީގުގައި ދިއްދޫއާ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ތާވަލުގެ އެއްވަނައަށް އެރުމަށް ލިބުނު ފުރުސަތު އީގަލްސް އަށް ވަނީ ގެއްލިފައި. މި ނަތީޖާއާއެކު އީގަލްސް ތާވަލުގެ ދެވަނައިގައި އޮތީ އެއްވަނައިގައިވާ ވިކްޓަރީއާ އެއް އަދަދަކަށް ޕޮއިންޓް ލިބި، ލަނޑުގެ ތަފާތުން ފަހަތަށް ޖެހިގެން

ފީފާގެ ރައީސަކަށް ޔުއެފާގެ ކެންޑިޑޭޓަކީ ވެންގާ؟

ފީފާގެ މިހާރުގެ ރައީސް ޖިއާނީ އިންފަންޓީނޯއާ ވާދަކުރުމަށް ޔުއެފާ އިން ނެރޭ ކެންޑިޑޭޓަކީ މަޝްހޫރު ކޯޗު އާސެން ވެންގާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި. އަންނަ އަހަރު ބާއްވާ އިންތިހާބަށް ވެންގާ ނެރުމާ ގުޅޭގޮތުން ޔުއެފާގެ އިސް އޮފިޝަލުން މަޝްވަރާ ކުރަމުންދާއިރު، އިންފަންޓީނޯ ވަނީ ހަތަރު ވަނަ ދައުރަކަށް ކުރިމަތިލައްވާނެކަން އިއުލާނުކުރައްވާފައި

ފީފާ ކައުންސިލް ބައްދަލުވުމުގައި ނޭޕާލަށް ލުޔެއް ނެތް

ފީފާގެ އެންގުންތަކަށް ބޯނުލެނބުމުގެ ސަބަބުން ނޭޕާލަށް ކުރި ސަސްޕެންޝަން، އެންމެ ފަހުން ބޭއްވި ފީފާ ކައުންސިލް ބައްދަލުވުމުގައި ވެސް އުވާލާފައެއް ނުވޭ. މި ސަސްޕެންޝަނާ ގުޅިގެން، އަންނަ މަހު ބާއްވާ ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރުމުގެ ފުރުސަތު ނޭޕާލަށް ވަނީ ގެއްލިފައި

ރިސޯޓް ސުޕަ ލީގުގައި އޮޅުވެލި އަށް ބަރޮސް އަތުން ތަފާތު މޮޅެއް

ރިސޯޓް ސުޕަ ލީގުގައި ބަރޮސް އަތުން 7-2 ގެ އެގްރިގޭޓް ނަތީޖާއަކުން މޮޅުވެ، ސަން ސިޔާމް އޮޅުވެލިން ތަފާތު ބޮޑު ކާމިޔާބީއެއް ހޯދައިފި. މި މުބާރާތުގެ ކުރިއަށް ހުރި މެޗުތަކަށްފަހު އެގްރިގޭޓުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ޓީމުތަކުގެ މެދުގައި ސެމީ ފައިނަލާއި ފައިނަލް މެޗުތައް މި މަހުގެ ފަހުކޮޅު ކުޅުމަށް ވަނީ ތާވަލުކުރެވިފައި

ޔުނައިޓެޑްގެ ވެރިންނަށް ފާޑުކިޔުމުން މާޓިނޭޒް ހޫނު ފެނަށް

މެންޗެސްޓާ ޔުނައިޓެޑްގެ މެނޭޖްމަންޓަށް ފާޑުކިޔައި އިންޓަވިއު ދިނުމާ ގުޅިގެން، ލިސަންޑްރޯ މާޓިނޭޒްއަށް ފިޔަވަޅު އަޅަން ނިންމައި އޭނާ ކްލަބުން ދޫކޮށްލުމުގެ ވިސްނުން ގެންގުޅެން ފަށައިފި. މާޓިނޭޒް ފަހުން އެކަމަށް މައާފަށް އެދުނު ނަމަވެސް، ކްލަބްގެ ކޯޗުން ބަދަލުކުރުމާއި ސްކޮޑުގެ ފެންވަރާ މެދު އޭނާ ދެއްކި ވާހަކަތަކުގެ ސަބަބުން ހާލަތު ވަނީ ގޯސްވެފައި

މައާފަށް އެދުމުން ވެސް އިންފަންޓީނޯ އަށް ތާއީދެއް ނެތް!

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އަށް ހެދުނު ގޯސްތަކަށް މައާފަށް އެދިވަޑައިގެންނެވި ނަމަވެސް، އޭނާ ފީފާ ލީޑުކުރުމަށް ކައުންސިލްގެ ގިނަ މެމްބަރުންގެ ތާއީދެއް ނެތް. މީގެ މައިގަނޑު ސަބަބަކީ މަޝްވަރާނުކޮށް ވޯލްޑް ކަޕްގެ ރައިޓްސް ވިއްކާލަން އުޅުމާއި، ސިޔާސީ ނުފޫޒުން ކުޅުންތެރިއެއްގެ ސަސްޕެންޝަނަށް ލުއިދިނުން

ދިއްދޫ އާއި ގައްދޫ އަށް އެފްއޭއެމް ދާއިމީ މެމްބަރުކަން ދީފި

ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ ހއ. ދިއްދޫ އަދި ގދ. ގައްދޫ ފުޓްބޯޅަ ޓީމަށް އެފްއޭއެމްގެ ދާއިމީ މެމްބަރުކަން ދިނުމަށް އެ އެސޯސިއޭޝަނުގެ ކޮންގްރެސްއިން އިއްތިފާގުން ފާސްކޮށްފި. މިއީ ރާއްޖޭގެ ފުޓްބޯޅަ ލާމަރުކަޒީކޮށް އަތޮޅުތަކުގެ ޓީމުތަކަށް ފުރުސަތު ފަހިކޮށްދިނުމަށް އެޅުނު ފިޔަވަޅެއް ކަމަށް

Newsletter

Get the latest news delivered straight to your inbox