ލޯނު ރޯލްއޯވާ ކުރުމުގެ މަޝްވަރާތަކަށް އިންޑިއާއިން ގެނައީ ޔޫޓީއެފް މައްސަލަ

Sep 19, 2024, 9:48 AM
ރާއްޖޭގެ ފޮރިން މިނިސްޓަރު ޒަމީރު އަދި އިންޑިއާގެ ފޮރިން މިނިސްޓަރު ޖައިޝަންކަރު. ދެ ގައުމުގެ ގުޅުން އަންނަނީ މިހާރު ރަނގަޅުވަމުން ---

ރާއްޖޭގެ ފޮރިން މިނިސްޓަރު ޒަމީރު އަދި އިންޑިއާގެ ފޮރިން މިނިސްޓަރު ޖައިޝަންކަރު. ދެ ގައުމުގެ ގުޅުން އަންނަނީ މިހާރު ރަނގަޅުވަމުން ---

މިއަދުގެ ނިޔަލަށް އިންޑިއާށް ރާއްޖެއިން ދައްކަން ޖެހޭ 50 މިލިއަން ޑޮލަރު (771 މިލިއަން ރުފިޔާ) ރޯލްއޯވާ ކުރުމުގެ މަޝްވަރާތައް ކުރިއަށް ދާއިރު، ދަނޑު ހައްދަން ކަމަށް ބުނެ ޗައިނާގެ ކުންފުންޏަކަށް ދީފައި އޮތް އުތުރުތިލަފަޅުގެ މައްސަލަ އިންޑިއާ ސަރުކާރުގެ ފަރާތުން މަޝްވަރާގެ މޭޒަށް ގެނެސްފި އެވެ.

އުތުރުތިލަފަޅުގައި އެމްއެންޑީއެފްއަށް ބަނދަރެއް ހަދަން ކުރީ ސަރުކާރުން އިންޑިއާއާ ހަވާލުކޮށްފައި އޮއްވައި، އެތަނުގައި ފުޅާ ދާއިރާއެއްގައި ދަނޑު ހައްދަން ޗައިނާ ކުންފުންޏަކާ މި ސަރުކާރުން ހަވާލު ކުރީ މާޗް، 2024، ގަ އެވެ.

އުތުރުތިލަފަޅު ޗައިނާއާ ހަވާލު ކުރުމުން އެކަމުގައި އިންޑިއާގެ ކަންބޮޑުވުންތަކެއް ހުރި ކަމަށް މީގެ ކުރިން އިންޑިއާގެ ނޫސްތަކުގައި އޮތީ ރިޕޯޓުކޮށްފަ އެވެ. މިއަދަށް ހަމަވާ 50 މިލިއަން ޑޮލަރުގެ ލޯނު ރޯލްއޯވާ ކުރުމުގެ މަޝްވަރާތަކުގައި، އިންޑިއާ ސަރުކާރުގެ އޮފިޝަލުން ރަސްމީކޮށް ވަނީ އުތުރުތިލަފަޅު ޗައިނާ ކުންފުންޏަކާ ހަވާލު ކުރުމުން އެކަމުގެ ކަންބޮވުން ފާޅުކޮށްފައި ކަމަށް، ކަމުގެ މައުލޫމާތު އެނގޭ އޮފިޝަލަކު "އަދަދު" އާ ވާހަކަ ދައްކަމުން ބުންޏެވެ.

Advertisement

އުތުރުތިލަފަޅުން ބިން ހިއްކައިގެން ދަނޑުވެރިކަމުގެ ޕްރޮޖެކްޓެއް ހިންގަން ހަވާލު ކުރީ ޗައިނާ ހާބަރް އިންޖިނިއަރިން ކޮމްޕެނީ ލިމިޓެޑާ އެވެ. އުތުރު ތިލަފަޅުގައި ކުރިއަށް ގެންދަން ރާވާފައިވާ އެ މަޝްރޫއުގައި ހިމެނޭ މަސައްކަތްތަކުގެ ތެރޭގައި ބިން ހިއްކުމާއި ޕްރައިމަރީ އިންފްރާސްޓްރަކްޗާ ތަރައްގީ ކުރުން ހިމެނެ އެވެ. ދަނޑުވެރިކަމުގެ އިންޑަސްޓްރިއަލް ޕާކެއް ތަރައްގީކުރުމާއި ފަސިންޖަރުންނާއި މުދާ އުފުލުމުގެ ޓާމިނަލްތައް ގާއިމްކުރުން ވެސް އެ މަޝްރޫއުގައި ހިމެނޭނެ އެވެ.

ނަމަވެސް، އެ މަސައްކަތައް އުތުރުތިލަފަޅު ނުވަތަ އެ ނޫން ބިމެއް/ރަށެއް ވެސް ހަމަޖެއްސިދާނެ ކަމަށް އެގްރިމެންޓުގައި ބުނެފައިވެ އެވެ.

އިންޑިއާއަށް ދައްކަން ޖެހޭ ލޯނު ރޯލްއޯވާ ކުރުމުގެ މަޝްވަރާތައް ކުރިއަށްދަނީ ދިވެހި ސަރުކާރަށް ފަހިވާ ގޮތަކަށް ކަމަށް މި ނޫހަށް މައުލޫމާތު ލިބެ އެވެ. ރޯލްއޯވާ ކުރަން އިންޑިއާ ސަރުކާރުން އޮތީ ތައްޔާރަށް ކަމަށް ވެސް އެނގިފައިވެ އެވެ. އެ ގުޅޭ ނިންމުން މިއަދު ހަވީރު އިއުލާނު ކުރާނެ ކަމަށް ފޮރިން މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވި އެވެ.

އިންޑިއާ އަށް ދައްކަން ޖެހޭ 50 މިލިއަން ޑޮލަރު ރޯލްއޯވާ ނުކޮށްދީފި ނަމަ އެ ފައިސާ އަނބުރާ ދެއްކުމުގެ ގާބިލުކަން ވަރަށް ކުޑަ އެވެ.

އެ ލޯނު ރޯލްއޯވާ ކުރަން ދިވެހި ސަރުކާރުން މަސައްކަތް ކުރާއިރު، ރައީސް ޑރ. މުހައްމަދު މުއިއްޒު ވަރަށް އަވަހަށް އިންޑިއާއަށް ވަޑައިގަންނަވާނެ ކަމަށް ސަރުކާރުން ވަނީ ސެޕްޓެމްބަރު މަހު އިއުލާނުކޮށްފަ އެވެ. އެ ބައްދަލުވުމުގައި ވެސް މާލީ އެހީތެރިކަން ހޯދުމާ ގުޅޭ ގޮތުން ވާހަކަ ދައްކާނެ ކަމަށް ބްލޫމްބާގް ނޫހުން މީގެ ކުރިން ރިޕޯޓުކޮށްފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައުދުގެ މައްޗަށް ކުރާ ދައުވާތައް އަނބުރައި ގެންދަން ގޮވާލައިފި

އެ ޕާޓީން ބުނީ މިއީ ކައުންސިލްގެ ނިންމުމަކަށް ސައުދު ފަރުދީގޮތުން ޒިންމާކުރުވައި، އޭނާގެ މޭޔަރުކަމުގެ މަގާމު ގެއްލުވާލުމަށް ސިޔާސީ ބޭނުމެއްގައި ކުރާ ކަމެއް ކަމަށް. އަދި އެކަށީގެންވާ ހެކި ނެތް މި މައްސަލައިގެ ޝަރީއަތް އަވަސް އަރުވާލައިގެން ކުރިއަށް ގެންދިއުމަކީ ގާނޫނުއަސާސީއާ ހިލާފު ކަމެއް ކަމަށްވެސް އެމްޑީޕީން ފާހަގަކޮށްފައިވޭ.

ވެމްކޯގެ ބައެއް މުވައްޒަފުންނަށް އަދިވެސް މުސާރަ ނުދޭ

ވެމްކޯގެ ބައެއް މުވައްޒަފުންނަށް މިދިޔަ މަހުގެ މުސާރަ އަދިވެސް ނުލިބޭތީ، ބިލްތައް ނުދެއްކި ޖޫރިމަނާވުމާއި ކުލި ދެއްކުން ލަސްވުމުގެ ކަންބޮޑުވުން މުވައްޒަފުން ފާޅުކޮށްފިއެވެ. މުސާރަ ދިނުން ލަސްވާ މައްސަލަ މިދިޔަ އަހަރުން ފެށިގެން ކުރިމަތިވަމުންދާއިރު، މިހާރު ގިނަ މުވައްޒަފުންނަށް މުސާރަ ލިބެނީ ކޮންމެ މަހެއްގެވެސް 10 ވަނަ ދުވަހާ ގާތްވުމުންނެވެ.

ރަސްމާލެ ވިއްކުމާ ދެކޮޅު ހަރަކާތުން އަދާލަތަށް މަރުހަބާ ކިޔައިފި

އެ ހަރަކާތުން ބުނިގޮތުގައި، ގައުމުގެ ސަލާމަތާއި ދީނީ އެއްބައިވަންތަކަމަށް އުނިކަން ލިބޭ ގޮތަށް މި މަޝްރޫއު ކުރިއަށް ނުގެންދިއުމަށް އަދާލަތުން ގޮވާލި ގޮވާލުމަށް ފުރިހަމައަށް ތާއީދުކުރެއެވެ.

ރަސްމާލެ އެއްވުމުގައި ފައިސަލް ވެސް ބައިވެރިވަނީ

މި އެއްވުމުގައި ކުރީގެ ރައީސް ޔާމީން ވެސް ބައިވެރިވެވަޑައިގަންނަވާއިރު، މިއީ ރަސްމާލޭގެ ބޮޑު ސަރަހައްދެއް ބޭރު ކުންފުންޏަކަށް ވިއްކާލުމާ ދެކޮޅަށް ބާއްވާ ހަރަކާތެއް. ސަރުކާރުން މިހާރު ވަނީ މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ބޭނުންވާ ގާނޫނީ ބަދަލުތައް މަޖިލީހަށް ހުށަހަޅައިފަ.

ދައުލަތުގެ އިއްޒަތުގެ ޝަރަފުވެރިންގެ މަޖިލީހެއް އެކުލަވާލައިފި

ރައީސް މުއިއްޒު ރިޔާސަތު ބަލަހައްޓަވާ މި މަޖިލީހަކީ މިނިވަން ދުވަހުގެ ޖަލްސާގައި އެމަނިކުފާނު ވެވަޑައިގެންނެވި ވައުދާ އެއްގޮތަށް އުފެއްދެވި މަޖިލީހެކެވެ. މީގެ އިތުރުން އެކި ދާއިރާތަކުގެ ތަޖުރިބާކާރުން ހިމެނޭ 150 މީހުންގެ ގައުމީ މަޖިލީހެއް އެކުލަވާލުމަށް ވެސް ވަނީ ނިންމާފައެވެ.

ކަނދެއް ހަލާކުވެ ޓީއެމްއޭގެ ސީޕްލޭނެއް ދިޔަވެއްޖެ

ހުޅުލޭ ސީ-ޕްލޭން ޓާމިނަލުން ފުރަން އުޅުނު ބޯޓެއް އެކްސިޑެންޓުވެ، އޭގައި ތިބި މީހުން މޫދަށް ފުންމާލި ނަމަވެސް އެއްވެސް މީހަކަށް އަނިޔާ ލިބުނު ކަމެއް މިހާތަނަށް ނޭނގޭ. މި ހާދިސާ ހިނގާފައިވަނީ ބޯޓު ފުރަންވެގެން ޑޮކުން ނައްޓާލި ވަގުތު. އަދި ކަމާބެހޭ ފަރާތްތަކުން މިހާރު ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން.

ޒަޔަނިސްޓުންނަށް ރާއްޖޭގެ ވެލިފުކެއް ވެސް ދީގެންނުވާނެ: ހުސައިން

އޭނާ މިހެން ވިދާޅުވީ ރަސްމާލޭގެ ބޮޑު ބައެއް ބޭރު ކުންފުންޏަކަށް ދީ، އެތަނުގައި ބޭރު މީހުންނަށް ދާއިމީކޮށް ވަޒަންވެރިވެވޭ ގޮތަށް ރިއަލް އެސްޓޭޓް ބިލެއް ސަރުކާރުން ހުށަހަޅާފައިވާ ދަނޑިވަޅެއްގައެވެ.

Newsletter

Get the latest news delivered straight to your inbox