އުސޫލު އޮތީ ރާއްޖޭން ހެދޭ ކޯސްތައް ވެސް ޑިޕްލޮމެޓުންގެ ދަރިންނަށް ބޭރު ގައުމުތަކުން ހެދޭ ގޮތަށް

ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ.މަރިޔަމް މާރިޔާ. މަތީ ތައުލީމު ހާސިލު ކުރުމަށް ރާއްޖޭން ބޭރަށް ވަރަށް ގިނަ ދަރިވަރުން ކޮންމެ އަހަރަކު ވެސް ދަތުރުކުރޭ --- ފޮޓޯ: ރައީސް އޮފީސް

ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ.މަރިޔަމް މާރިޔާ. މަތީ ތައުލީމު ހާސިލު ކުރުމަށް ރާއްޖޭން ބޭރަށް ވަރަށް ގިނަ ދަރިވަރުން ކޮންމެ އަހަރަކު ވެސް ދަތުރުކުރޭ --- ފޮޓޯ: ރައީސް އޮފީސް

މަތީ ތައުލީމު ހާސިލު ކުރުމަށް ދޫކުރާ ލޯނު ސްކީމްގެ ދަށުން ރާއްޖޭގެ ޔުނިވާސިޓީތަކާއި ކޮލެޖުތަކުން ހެދޭ ކޯސްތައް ރާއްޖޭން ބޭރުގައި ހެދުމުގެ ފުރުސަތު އާންމު ދަރިވަރުންނަށް ނުދިން ނަމަވެސް ޑިޕްލޮމެޓުންގެ ދަރިން އެ އުސޫލުން އިސްތިސްނާ ވާ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން މިއަދު ހާމަކޮށްފި އެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުއްރަހީމް ހަސަން ވިދާޅުވި ގޮތުގައި މަތީ ތައުލީމަށް ލޯނު ދެނީ ރާއްޖޭން ކިޔެވެން ނެތް އެއްޗެއް ބޭރުން ކިޔެވުމުގެ ފުރުސަތު ދިނުމުގެ ގޮތުން ކަމަށެވެ.

ކޮންމެ ފަހަރަކު ވެސް ލޯނު ސްކީމަށް އިއުލާނު ކުރާއިރު ރާއްޖޭގެ ޔުނިވާސިޓީތަކާއި ކޮލެޖުތަކުން ހިންގާ ކޯސްތަކާއި ހިންގަން ރާވާފައިވާ ކޯސްތައް ބަލާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި, އެފަދަ ކޯސްތަކުގެ ލިސްޓެއް އިއުލާނާ އެކު ޝާއިއު ކުރާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ވަރަށް މަދު ހާލަތެއްގައި ރާއްޖޭގައި ހެދޭ އެއްޗެއް ހަދަން ރާއްޖޭން ބޭރަށް އެ ފުރުސަތު ދެވިފައި ހުންނާނީ އެއީ މިސާލަކަށް ޑިޕްލޮމެޓެއްގެ ބޭފުޅަކު, ރާއްޖޭން ބޭރުގައި ދިރިއުޅުއްވާ ބޭފުޅަކު, ދެން އެ އުސޫލުގައި ހުންނަ އިސްތިސްނާތައް ހުންނާނީ," އަބްދުއްރަހީމް ވިދާޅުވި އެވެ.

ރާއްޖޭން ހެދޭ ކޯހެއް ހަދަން ދަރިވަރަކު ރާއްޖޭން ބޭރަށް ދާން ބުނެފިނަމަ އެ ދަރިވަރެއް ކައިރީގައި "ބުނަން ޖެހޭނީ ސޮރީއޭ, އެއީ އުސޫލާ ހިލާފު ކަމަކޭ" ކަމަށް އޭނާ ވިދާޅުވި އެވެ.

"އެ ނޫން އެހެން ގޮތެއްގައި ވިއްޔާ ރާއްޖޭގައި ހެދޭ އެއްޗެއް ވިއްޔާ ރާއްޖޭގައި ހަދަން އޮންނާނީ."

ބޭރުގައި ހުންނަ ރާއްޖޭގައި އެމްބަސީތަކުގައި މަސައްކަތް ކުރާ މީހުންނާއި އެ މީހުންގެ އާއިލާތަކަށް ހާއްސަ ގޮތްތަކެއް ކަނޑައަޅާފައި އޮންނާތީ އާންމުންގެ ނުރުހުން އަބަދުވެސް އޮވެ އެވެ. މަތީ ތައުލީމުގެ ލޯނު ސްކީމްގެ ދަށުން ވެސް އެފަދަ މީހުންނަށް ހާއްސަ ގޮތްތަކެއް އޮންނަކަން މިއަދު މިވަނީ ހާމަވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox