ލަސްވިޔަސް ދަރިވަރުންނަށް ފައިސާ ދިނުން ނުހުއްޓޭ: މާރިޔާ

ހަޔާ އެޑިއުކޭޝަން މިނިސްޓަރު މަރިޔަމް މާރިޔާ. މިނިސްޓަރު ވިދާޅުވީ ލަސްވިޔަސް ދަރިވަރުންނަށް ފައިސާ ދިނުން ނުހުއްޓޭ ކަމަށް---ފޮޓޯ: ރައީސް އޮފީސް

ހަޔާ އެޑިއުކޭޝަން މިނިސްޓަރު މަރިޔަމް މާރިޔާ. މިނިސްޓަރު ވިދާޅުވީ ލަސްވިޔަސް ދަރިވަރުންނަށް ފައިސާ ދިނުން ނުހުއްޓޭ ކަމަށް---ފޮޓޯ: ރައީސް އޮފީސް

ރާއްޖޭން ބޭރަށް ކިޔަވަން ދާ ދަރިވަރުންނަށާއި އަދި ރާއްޖޭގައި ކިޔަވާ ކުދިންނަށް ސަރުކާރުން ދޭ ފައިސާ ދިނުން ލަސްވި ކަމުގައި ވިޔަސް ފައިސާ ދިނުން ނުހުއްޓޭ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ ވިދާޅުވެއްޖެ އެވެ.

މިއަދު ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މާރިޔާ ވިދަޅުވީ ރައްޔިތުން ބޭނުންވި އަވަސްކޮށް ފައިސާ ދޫނުކުރަން ގޮންޖެހުންތަކެއް ހުރި ނަމަވެސް ދަރިވަރުންނަށް ބޭނުންވާ ފައިސާ ދޫކުރާނެ ކަމަށެވެ.

"ކިޔަވަން ލޯން ދޭނެ ކަމަށް ލިޔުން ދޫކޮށްފައިވާ ދަރިވަރުންނަށް ފައިސާ ދޫކުރުން. މިކަމުގައި ރައްޔިތުން ބޭނުންވި އަވަސްމިނުގައި ފައިސާ ދޫކުރެވެން ނެތްނަމަވެސް އެކަމުގައި ހުއްޓުމެއް ގެނެވިފައެއް ނުވޭ" މިނިސްޓަރު މާރިޔާ ވިދާޅުވި އެވެ

Advertisement

އޭގެއިތުރުން މިނިސްޓަރުގެ ވާހަކައިގައި ފާހަގަކުރީ މަތީ ތައުލީމު ހާސިލުކުރުމަށް ލޯނު ދިނުމާއި ސްކޮލާޝިޕް ދިނުމާއި ރާއްޖޭގައި ފުރަތަމަ ޑިގްރީއަށް ކިޔަވާ ދަރިވަރުންނަށް ސަރުކާރުން ހަރަދުކުރާނެ ކަމަށެވެ. އެއްވެސް ކަމަކަށް ހުއްޓުމެއް ނޫނީ އުނިކަމެއް ގެނައުމަކީ ސަރުކާރުގެ ވިސްނުމެއް ނޫންކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ކިޔެވުމަށް ކުދިންނަށް ދޭ ލޯން ފައިސާގައި ލަސްތަކެއް ހުރީ ދަރިވަރުން ހުށައަޅާ ލިޔެކިޔުންތައް ފުރިހަމައަށް ހުށައަޅާފައި ނުވުމުގެ ސަބަބުންނެވެ. އެގޮތުން, ހޯދަން އެދޭ ފައިސާ އަކީ އެކަށީގެންވާ އަދަދެއްކަން ދެނެގަންނާނެ ލިޔުން ހުށައަޅާފައި ނެތުމާއި ލޯން ދޭން އިއުލާނުކޮށްފައިވާ ގައުމު ނޫން އެހެން ގައުމަކަށް ދާން ބޭނުންވުމުން ދިމާވާ އިދާރީ ދަތިތައް ހިމެނޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި, ޔުނިވާސިޓީން ލިބެންވާ ލިޔުން ނުލިބުން ވެސް ސަބަބުތަކުގެ ތެރޭގައި ހިމެނެެ އެވެ.

މި އަހަރު ސްޓޫޑެންޓް ލޯނަށް ހުޅުވާލި 500 ފުރުސަތަށް 1،709 ދަރިވަރުން ކުރިމަތިލުމުން، އެ ހުރިހާ ދަރިވަރުންނަށް ލޯނު ދޫކުރުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ.

ނަމަވެސް, ސްޓޫޑެންޓް ލޯނުގައި ކިޔަވަން ފުރާ އެ ދަރިވަރުންނަށް ފައިސާ ހަމަނުޖެހި ދިގުލައިގެންދާތީ ބައެއް ދަރިވަރުންނަށް ނުފުރި އެހެން ދަރިވަރުން ފުރީ އާއިލާ އާއި ހެޔޮއެދޭ ފަރާތްތަކުގެ އެހީތެރިކަމާއެކު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox