އުރީދޫ ނޭޝަން މޯލްޑިވްސް ޗެމްޕިއަންޝިޕް ކޮންޓެންޑާ ސީރީޒްގެ ސީޒަން 2 ކާމިޔާބުކަމާއެކު ނިންމާލައިފި އެވެ.
ގިނަ ކުޅުންތެރިންތަކެއް ބައިވެރިވި، ގޭމިން ދާއިރާގެ ހުނަރުވެރިން އެއްތަނަކަށް ގެނައި އެ މުބާރާތް، ނިމިގެން ދިޔައީ ވަރަށް ފޯރިގަދަ އަދި އުފާވެރި ޝޯޑައުން އަކުންނެވެ.
އެ ސިލްސިލާ ނިންމާލީ ރާއްޖޭގެ އީ-ސްޕޯޓްސްއަށް އޮތް ޝައުގުވެރިކަން އިތުރަށް ހަރުދަނާވެ، އެންމެ ވާދަވެރި ފަރާތްތަކަށް ބޮޑެތި އިނާމުތަކާއެކުގަ އެވެ.
ޕަބްޖީ މޯބައިލް
- އެމްވީޕީ: އޭކޭއޭ މާހާ - 500ރ.
- ފަސް ވަނަ: ގޭމްއޯވާ އޯޓީއެފް - 500ރ.
- ހަތަރު ވަނަ: ބީއެލްކޭ އީސްޕޯޓްސް – 1000ރ.
- ތިން ވަނަ: އޯޕީޒެޑް ސްޕޯޓްސް – 2000ރ.
- ރަނަރަޕް: އީޓޫއެސް ޓީއެމް7 - 4000ރ.
- ޗެމްޕިއަން: އަކަޒާޔާ އީސްޕޯޓްސް – 7000ރ.

އުރީދޫ ނޭޝަން މޯލްޑިވްސް ޗެމްޕިއަންޝިޕް ކޮންޓެންޑާ ސީރީޒްގެ ތެރެއިން -- ފޮޓޯ: އުރީދޫ
އީއޭއެފްސީ-24
ތިން ވަނަ: މުހައްމަދު ރާކިން – 2500ރ.

ރަނަރަޕް: ހުސައިން ޔައީޝް ޝިހާމް – 4500ރ.
ޗެމްޕިއަން: މުހައްމަދު ޒިޔާން އިސްމާއިލް – 8000ރ.
އުރީދޫއިން ބުނީ ސީޒަން 2 ނިމިގެން ދިޔައިރު، ކުރިއަށް ވެސް އަދި ފޯރިގަދަ އީ-ސްޕޯޓްސް މުބާރާތްތައް ކުރިއަށް ރޭވިފައިވާ ކަމަށެވެ.
އެގޮތުން އީސްޕޯޓްސް ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތުގައި ދެމިތިބޭނެކަން ވެސް އުރީދޫއިން ބުންޏެވެ.












