ޕީއެންސީގެ އެތެރޭގެ އިންތިހާބު އަންނަ މަހު، 2،000 އަށްވުރެ ގިނަ މަގާމަށް މީހުން އިންތިހާބު ކުރާނެ

ޕީއެންސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން: އެ ޕާޓީން ބުނަނީ 50،000 މެމްބަރުން ޕާޓީގައި އެބަތިބި ކަމަށް -- ފޮޓޯ: ޕީއެންސީ

ޕީއެންސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން: އެ ޕާޓީން ބުނަނީ 50،000 މެމްބަރުން ޕާޓީގައި އެބަތިބި ކަމަށް -- ފޮޓޯ: ޕީއެންސީ

ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބު އަންނަ އޮކްޓޯބަރު 19، ގައި ބާއްވައި، އެކި މަގާމުތަކަށް 2،095 މެންބަރުން އައްޔަނުކުރަން ނިންމައިފި އެވެ.

ޕީއެންސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ޕީޖީ ލީޑަރު އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވިދާޅުވީ ދާއިރާތަކަށް ދާއިރާގެ ރައީސުން، ދާއިރާގެ ނައިބު ރައީސުން، ޒުވާނުންގެ ހަރަކާތުގެ ރައީސުން، އަންހެނުންގެ ހަރަކާތުގެ ރައީސުން އަދި ސްޓިއަރިން ކޮމިޓީގެ މެންބަރުން އިންތިހާބުކުރާނެ ކަމަށެވެ.

"އިންތިހާބުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން ޖުމްލަ 2،095 މެންބަރު އެކިއެކި މަގާމުތަކަށް އައްޔަނުކުރާނެ. މިއީ ވަރަށް ބޮޑު އަދަދެއް. މިހާރު ވެސް އަޅުގަނޑުމެންނަކީ ބޮޑު ޕާޓީއެއް. 30،000 މެންބަރުން އެކުލެވޭ. ހުށަހަޅާ ފޯމުތަކަށް ބަލާއިރު 50،000 މެންބަރުން ހަމަވާ ވަރަށް ފޯމު އެބަހުރި،" ފަލާހް ވިދާޅުވި އެވެ.

އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ލިބެނީ ސެޕްޓެމްބަރު، 30 ހަވީރު 06:00 ޖެހުމާ ހަމައަށެވެ. އެ މުއްދަތާ ހަމައަށް ޕާޓީގެ މެންބަރެއްގެ ގޮތުގައި ތިބި ކޮންމެ މެންބަރަކަށް ވެސް އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބެ އެވެ.

އިންތިހާބުގައި ދާއިރާގެ ރައީސުންގެ ގޮތުގައި އިންތިހާބުކުރާނީ ޕީއެންސީގެ މަޖިލިސް މެންބަރުން ނުހިމެނޭ ދާއިރާތަކަށްކަން ފާހަގަކޮށް އެ ޕާޓީން ބުނީ އެ ދާއިރާތަކަށް އިންތިހާބުކުރާނީ ނައިބުރައީސުން ކަމަށެވެ.

އެގޮތުން ދާއިރާގެ ރައީސުންނަށް ކުރިމަތިލާ މެންބަރުން ދަފްތަރުގައި ނުހިމެނޭ 50 މެންބަރުންގެ ފޯމު ހުށަހަޅަން ޖެހޭއިރު ދާއިރާގެ ނައިބު ރައީސުންނަށް ކުރިމަތިލާ މެންބަރުން 25 ފޯމް ހުށަހަޅަން ޖެހެ އެވެ.

ޕާޓީގެ ދަފްތަރު އޮކްޓޯބަރު 4، ގައި އިއުލާން ކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި ޝަކުވާއަށް ބެލުމަށްފަހު ފައިނަލް ދަފްތަރު އެކުލަވާލުމަށް ހަމަޖެހިފައިވަނީ އޮކްޓޯބަރު 8، ކަމަށްވާއިރު އިންތިހާބުގެ ނަތީޖާ އިއުލާން ކުރުމަށް ހަމަޖެހިފައި ވަނީ އޮކްޓޯބަރު 24، ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެމްއޯޔޫތައް އެއްބަސްވުންތަކަށް ބަދަލުކުރަން ބާރުއަޅުއްވައިފި

ރާއްޖެއާއި ޕާކިސްތާނާ ދެމެދު ވެފައިވާ އެމްއޯޔޫތައް ރަސްމީ އެއްބަސްވުންތަކަށް ބަދަލުކޮށް، ދެ ގައުމުގެ ދެމެދުގައި ސީދާ ދަތުރުތައް ފެށުމަށް ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ބާރުއެޅުއްވި. މީގެ އިތުރުން، ވިޔަފާރީގެ ގުޅުން ވަރުގަދަކުރުމަށްޓަކައި ޕާކިސްތާނުގެ މަތީ ފަންތީގެ ވަފުދެއް ރާއްޖެއަށް ފޮނުއްވުމަށް ނިންމަވާފައިވާކަން ވެސް ޝެހްބާޒް ވިދާޅުވި.

ޑްރަގާއެކު ހައްޔަރުކުރި ތިން ފިލްމީ ތަރިން ދޫކޮށްލައިފި

މަސްތުވާތަކެއްޗާއެކު ވިލިމާލެއިން ހައްޔަރުކުރި ތިން ފިލްމީ ތަރިންނާއި އިތުރު މީހަކު، ތަހުގީގު މަރުހަލާ ނިމުމުން ފުލުހުން ދޫކޮށްލާފައި. މި މައްސަލައިގައި ހައްޔަރުކުރި ހަތަރު މީހުންވެސް މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައިވާއިރު، މީގެ ތެރޭގައި ހިމެނޭ ޝާހިލްއަކީ މީގެ ކުރިންވެސް ބޮޑު ޑްރަގް މައްސަލައެއްގައި ދޫކޮށްލާފައި ހުރި މީހެއް.

ހަމަނުޖެހުން ހިންގަން ހިތްވަރު ދިން ކަމަށް ބުނެ ޖުމާން ހައްޔަރަށް

ސޯޝަލް މީޑިއާ މެދުވެރިކޮށް ރާއްޖޭގެ ބައެއް އިމާރާތްތަކާއި އުޅަނދުފަހަރުގައި ހުޅުޖަހައި، ވިޔަފާރިތައް ލޫޓުވުމަށް ހިތްވަރުދިން މައްސަލައެއްގައި އަލީ ޖުމާން ވަނީ ކޯޓު އަމުރެއްގެ ދަށުން މިއަދު ވަނީ ހައްޔަރުކޮށްފައި.

އެމްޑީޕީގެ މަޖިލިސް މެންބަރުންނަށް ނަޝީދުގެ ނުސީދާ އިންޒާރެއް

ނަޝީދު މިހެން ވިދާޅުވީ ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން އެމްޑީޕީގެ ބައެއް މެންބަރުން މަޖިލީހުގައި ސަރުކާރަށް ފާޑުކިޔަމުންދާ ދަނޑިވަޅެއްގަ. މިކަމާ ގުޅިގެން ޕާޓީގެ ތެރޭގައި ހިޔާލުތަފާތުވުންތަކެއް އުފެދި، ބައެއް ބޭފުޅުން ވަނީ ނަޝީދުގެ ވާހަކަފުޅަށް ރައްދު ދެއްވާފަ.

"ކުރައްވަނީ ސެކިއުލާ ވެރިކަމެއް، އެއީ އިސްލާމީ ވެރިއެއް ނޫން"

ރައީސް މުއިއްޒު ކުރައްވަނީ ސެކިއުލާ ވެރިކަމެއް ކަމަށާއި، އެމަނިކުފާނުގެ އަމަލުފުޅުތައް ހުންނަ ގޮތުން އެއީ އިސްލާމީ ވެރިއެކޭ ނުބުނެވޭނެ ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ދީދީ ވިދާޅުވި. ދީދީ އިތުރަށް ފާހަގަކުރެއްވި ގޮތުގައި މުއިއްޒު އުޅުއްވަނީ ރައްޔިތުންގެ ހާލަތު ބެއްލެވުމުގެ ބަދަލުގައި މުއްސަނދި ދިރިއުޅުމެއް ކަމަށް.

ސަރުކާރުގެ ޑިޖިޓަލް ނިޒާމުތަކުގެ ސެކިއުރިޓީ ވަރުގަދަކުރަނީ

ޕީއެޗްޕީ ޕްރޮގްރާމިން ލެންގުއޭޖްގައި ހުރި ސައިބާ ސެކިއުރިޓީ މައްސަލަތަކަކާ ގުޅިގެން، ސަރުކާރުގެ ޑިޖިޓަލް ނިޒާމުތައް ވަރުގަދަކޮށް ސެކިއުރިޓީ ޕެޗްތައް އެޅުމުގެ މަސައްކަތް އެމްޑީއެސް އާއި އެންސީއެސްއޭ ގުޅިގެން ވަނީ ފަށާފައި. މި މަސައްކަތުގެ ސަބަބުން ބައެއް ހިދުމަތްތަކަށް ބުރޫއެރުން އެކަށީގެންވާ ކަމަށް އެމްޑީއެސް ބުނޭ.

ރަސްމާލެއިން އެއްބައި ދޭން ނިންމީ ގާނޫނުއަސާސީއާ ހިލާފަށް: ދީދީ

ރަސްމާލެއިން ބައެއް އީގަލް ހިލްސްއަށް ދޭން ނިންމީ ބާރުތައް ވަކިވެފައިވާ ނިޒާމާ ޚިލާފަށް، ހަދަންޖެހޭ ގާނޫނުތައް ނަހަދާ ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވި. އޭނާ ފާހަގަކުރެއްވި ގޮތުގައި ގާނޫނު ހެދުމުގެ ކުރިން އެއްބަސްވުންތައް ހަދައި، ފަހުން ގާނޫނުތަކަށް ރަޖުއީ އަސަރު ފޯރުވުމަކީ ގާނޫނީ އުސޫލުތަކާ ހިލާފު ކަމެއް.

Newsletter

Get the latest news delivered straight to your inbox