ހަތް ގައުމެއްގެ ސަފީރުން، ސަފީރުކަމުގެ ފަތްކޮޅު ރައީސް ޑރ. މުހައްމަދު މުއިއްޒަށް އަރުވައިފި އެވެ.
މިއަދު ހެދުނު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުތަކެއްގައި ރައީސަށް ފަތްކޮޅު އަރުވާފައިވަނީ، ގަތަރު، ޖޯޖިއާ، ވިއެޓްނާމް، ބަލްގޭރިއާ، އަޒަރްބައިޖާން، ޖުބީޓީ އަދި އަލްޖީރިއާގެ ސަފީރުންނެވެ.
އެ ރަސްމިއްޔާތުތަކަށް ޖުމްހޫރީ މައިދާނުން ފެށިގެން ރައީސް އޮފީހާ ހަމައަށް ސަފީރުން ވަޑައިގެންނެވީ ހަތްކޮޅުގައި ރަސްމީ އިއްޒަތުގައި ބެރު ދުންމާރި ތާޅަފިލީގައި، ހެވިކަމުގެ ލަޝްކަރީންނާއެކު ހިންގަވައިފަ އެވެ.
އަލަށް ކަނޑައެޅި ސަފީރުން
- ގަތަރު އިން ރާއްޖެއަށް އަލަށް ކަނޑައެޅި ސަފީރު ޖާސިމް ބިން ޖަބާ ޖޭ.ބީ އަލް-ސޮރޯ
- ޖޯޖިއާ އިން ރާއްޖެއަށް އަލަށް ކަނޑައެޅި ސަފީރު ވަހްޓަންގް ޖައޮޝްވިލި
- ވިއެޓްނާމް އިން ރާއްޖެއަށް އަލަށް ކަނޑައެޅި ސަފީރު ތްރިން ތި ތަމް
- ބަލްގޭރިއާ އިން ރާއްޖެއަށް އަލަށް ކަނޑައެޅި ސަފީރު ޑރ ނިކޮލެއި ޔަންކޮވް
- އަޒަރްބައިޖާން އިން ރާއްޖެއަށް އަލަށް ކަނޑައެޅި ސަފީރު އެލްޗިން ނަރިމަންް އޮގްލު ހުސޭންލި
- ޖުބީޓީ އިން ރާއްޖެއަށް އަލަށް ކަނޑައެޅި ސަފީރު އިއްސެ އަބްދިއްލާހި އައްސޮވެހް
- އަލްޖީރިއާ އިން ރާއްޖެއަށް އަލަށް ކަނޑައެޅި ސަފީރު ޑރ އަލީ އައްޗޫ
މި ހުރިހާ ގައުމަކުން ވެސް ރާއްޖެއަށް ކަނޑައަޅާފައިވަނީ ނޮން-ރެސިޑެންޓް ސަފީރުންނެވެ. އެހެންކަމުން ގައުމުގެ ސަފީރުން މަސައްކަތް ކުރައްވާނީ ސްރީ ލަންކާ އަދި އިންޑިއާގަ އެވެ.













