ކައުންސިލްތަކުން ކަންބޮޑުވުން ފާޅުކޮށްފައިވަނިކޮށް ލާމަރުކަޒީ ބިލާއި ބިނާވެށި ޕްލޭންކުރުމުގެ ބިލު ރައީސް ތަސްދީގުކުރައްވައިފި

ރައީސް ޑރ. މުހައްމަދު މުއިއްޒު ބިލެއް ތަސްދީގުކުރައްވަނީ: މިއަދު ތަސްދީގުކުރެއްވީ ލާމަރުކަޒީ ބިލާއި ބިނާވެށި ޕްލޭންކުރުމުގެ ބިލު --- ފޮޓޯ: ރައީސް އޮފީސް

ރައީސް ޑރ. މުހައްމަދު މުއިއްޒު ބިލެއް ތަސްދީގުކުރައްވަނީ: މިއަދު ތަސްދީގުކުރެއްވީ ލާމަރުކަޒީ ބިލާއި ބިނާވެށި ޕްލޭންކުރުމުގެ ބިލު --- ފޮޓޯ: ރައީސް އޮފީސް

ކައުންސިލްތަކުގެ ބާރު ކުޑަކުރަން ފަރުމާކޮށްފައިވާ ކަމަށް ބުނެ އިދިކޮޅާއި ކައުންސިލްތަކުން ކަންބޮޑުވުން ފާޅުކުރި ލާމަރުކަޒީ ބިލާއި ބިނާވެށި ޕްލޭންކުރުމުގެ ބިލު ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ކުރައްވައިފި އެވެ.

ސަރުކާރުން ފަރުމާކޮށް މަޖިލީހަށް ހުށަހެޅި މި ދެ ބިލު މިހާރު ވަނީ ގެޒެޓު ވެސް ކޮށްފަ އެވެ.

މީގެ ތެރެއިން، ބިނާވެށި ޕްލޭންކުރުމާއި ހިންގުމުގެ ބިލު ތަސްދީގު ނުކުރަން ކައުންސިލުތަކުގެ ޖަމިއްޔާ، މޯލްޑިވްސް ލޯކަލް ކައުންސިލް އެސޯސިއޭޝަން (އެމްއެލްސީއޭ) އިން ރައީސް އަށް ގޮވާލީ އޮގަސްޓު 26، ގަ އެވެ.

އެމްއެލްސީއޭ އިން އެ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ނ. އަތޮޅު ކައުންސިލުގެ ރައީސް މުހައްމަދު ބަޝީރު ވިދާޅުވީ ވަޒީރަށާއި މަޖިލިސް މެންބަރުންނަށް ވެސް ބިލުގައިވާ އެއްޗެއް ރަނގަޅަށް ނޭނގޭ ކަމަށެވެ. އަދި މި ބިލު ތަސްދީގު ނުކޮށް އަލުން މަޝްވަރާކުރުމަށް އެ އެސޯސިއޭޝަންގެ ފަރާތުން އޭނާ ގޮވާލެއްވި އެވެ. އެކަމާ ގުޅިގެން އެމްއެލްސީއޭ އާ ރައީސް ބައްދަލުކުރެއްވި ކަމެއް ނޭނގެ އެވެ.

މިއަދު ދެވަނައަށް ތަސްދީގުކުރި ބިލަކީ، ބިނާވެށީގެ ބިލަށް ބާރު ދިނުމަށް ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައުމުގެ ގޮތުން ސަރުކާރުން މަޖިލީހަށް ހުށަހަޅާ ފާސްކުރި ބިލެކެވެ. އެ ބިލު ގާނޫނަކަށް ވުމާއެކު، މިހާރު ކައުންސިލްތަކުން އެކުލަވާލާ ލޭންޑް ޔޫސް ޕްލޭނުތައް ވެގެންދާނީ ބިނާވެށީގެ ބިލުގެ ދަށުން ހަދާ ފިޒިކަލް ޑިވެލޮޕްމަންޓު ޕްލޭނުގެ ބަޔަކަށެވެ.

މި ބިލުތައް ލުތައް ދިރާސާ ކުރުމަށް ކޮމިޓީތަކުން ކުރި މަސައްކަތުގެ ތެރޭގައި ފާހަގަކޮށްލެވޭ އެއްވެސް އިސްލާހެއް ގެނެސްފައެއް ނުވެ އެވެ.

މަޖިލީހުގެ ޖުމްލަ 79 މެންބަރުންނާއެކު ސަރުކާރަށް ފުރިހަމަ ތާއީދު އޮތްއިރު، ސަރުކާރުން ހުށަހަޅާ ކަންކަން އިސްލާހެއް ނެތި ފާސްކުރާތީ އިދިކޮޅުން މަޖިލީހަށް ފާޑުކިޔަ އެވެ. ނަމަވެސް މަޖިލީހުގެ ޕީއެންސީ މެންބަރުން ތަކުރާރުކޮށް ވިދާޅުވަނީ މިއީ ނަމޫނާ މަޖިލީހެއް ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox