ހުޅުމާލެ ތިންވަނަ ފިޔަވަހި ހިއްކުން އަނެއްކާ ވެސް ހުއްޓާލައިފި

މަޖިލިސް އިންތިހާބުގެ އެއް ދުވަސް ކުރިން ރައީސް މުއިއްޒު ހުޅުމާލެ ފޭސް ތިނެއްގެ މަސައްކަތް ބައްލަވާލައްވަން ވަޑައިގަންނަވަނީ: އެ މަޝްރޫއު މިހާރު ވަނީ ހުއްޓިފަ --- ފޮޓޯ: ރައީސް އޮފީސް

މަޖިލިސް އިންތިހާބުގެ އެއް ދުވަސް ކުރިން ރައީސް މުއިއްޒު ހުޅުމާލެ ފޭސް ތިނެއްގެ މަސައްކަތް ބައްލަވާލައްވަން ވަޑައިގަންނަވަނީ: އެ މަޝްރޫއު މިހާރު ވަނީ ހުއްޓިފަ --- ފޮޓޯ: ރައީސް އޮފީސް

މާލޭ މީހުންނަށް ގޯތި ދިނުމަށް ހުޅުމާލޭގެ މާސްޓާ ޕްލޭނަށް ބަދަލު ގެނެސް މިދިޔަ އަހަރު ހިއްކަން ފެށި ހުޅުމާލެ ތިންވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތް އަނެއްކާ ވެސް ހުއްޓާލައިފި އެވެ.

ޖުމްލަ 63 ހެކްޓަރު ހިއްކުމަށް ފެށި މި މަޝްރޫއުގެ މަސައްކަތް މީގެ ކުރިން ވެސް އެކި ފަހަރުމަތިން ވަނީ މަޑުޖެހިފަ އެވެ. އެންމެ ފަހުން މަސައްކަތް އަލުން ފެށި ކަމަށް ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނީ ޖޫން 24، ގަ އެވެ.

އޭރު އެ ކުންފުނިން ހިއްސާކުރި ފޮޓޯ އަދި ވީޑިއޯ ތަކާއި އިއްޔެ ނަގާފައިވާ ސެޓްލައިޓު ފޮޓޯތަކަށް ބަލާއިރު، ވެއެތުވެދިޔަ ދެ މަހެއްހާ ދުވަހުގެ ތެރޭގައި ހިއްކާފައިވަނީ ވަރަށް ކުޑަ ތަންކޮޅެކެވެ. އެ ބިން ހިއްކީ ޖޫން މަހުގެ ފަހު ހަފުތާގެ ތެރޭގަ އެވެ. ޖޫން 29، ގެ ފަހުން އިތުރަށް ބިން ހިއްކާފައެއް ނުވެ އެވެ.

އެޗްޑީސީން އޭރު ބުނީ ތިންވަނަ ފިޔަވަހިން ހިއްކާ ޖުމްލަ 63 ހެކްޓަރުގެ ތެރެއިން ބާކީ އޮތް 40 ހެކްޓަރުގެ ބިން ހިއްކާ ނިންމާލާނެ ކަމަށެވެ. މަސައްކަތް މަޑުޖެހުނު ސަބަބެއް ފަހުން ހާމައެއް ނުކުރެ އެވެ.

ހުޅުމާލެ ފޭސް ތިނެއްގެ ގޮތުގައި ހިއްކަން ނިންމާފައިވާ ސަރަހައްދު -- ފޮޓޯ: އެޗްޑީސީ
ހުޅުމާލެ ފޭސް ތިނެއްގެ ގޮތުގައި ހިއްކަން ނިންމާފައިވާ ސަރަހައްދު -- ފޮޓޯ: އެޗްޑީސީ

ހުޅުމާލެ ފޭސް ތިނެއްގެ ގޮތުގައި ހިއްކަން ނިންމާފައިވާ ސަރަހައްދު -- ފޮޓޯ: އެޗްޑީސީ

ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެމްސީ) އާ ހަވާލުކޮށްގެން ހިންގާ މި މަޝްރޫއުގެ ބިން ހިއްކުމުގެ މަސައްކަތް ވެސް ކުރަނީ ނެދަލޭންޑްސްގެ ބޮސްކާލިސް ކުންފުނިންނެވެ. މި މަސައްކަތުގައި އެ ކުންފުނިން ބޭނުންކުރަނީ "ވިލެމް ވެން އޯރެންޖް" ޑްރެޖަރެވެ. މަޝްރޫއު ހަލުވި ކުރުމަށް ކަމަށް ބުނެ އެޕްރީލް 18، ގައި "ޕްރިންސް ޑި ނެދަލެންޑްސް" ޑްރެޖަރުވެސް ގެނެ އެވެ.

ނަމަވެސް، މިވަގުތު މި ދެ ޑްރެޖަރު ވެސް ރާއްޖެއަކު ނެތެވެ. ކަނޑުދަތުރު ކުރާ އުޅަނދުތައް ޓްރެކް ކުރާ ވަސީލަތްތަކުން ދައްކާ ގޮތުން މިވަގުތު "ވިލެމް ވެން އޯރެންޖް" އޮތީ ދެކުނު ކޮރެއާގަ އެވެ. "ޕްރިންސް ޑި ނެދަލެންޑްސް" އޮތީ ފިލިޕީންސް ގަ އެވެ.

ތިންވަނަ ފިޔަވަހިން މިހާތަނަށް ހިއްކިފައިވާ ސަރަހައްދު ފެންނަ ސެޓްލައިޓު ފޮޓޯއެއް؛ މި ފޮޓޯ ނަގާފައިވަނީ އިއްޔެ --- ފޮޓޯ: ސެންޓިނެލް2
ތިންވަނަ ފިޔަވަހިން މިހާތަނަށް ހިއްކިފައިވާ ސަރަހައްދު ފެންނަ ސެޓްލައިޓު ފޮޓޯއެއް؛ މި ފޮޓޯ ނަގާފައިވަނީ އިއްޔެ --- ފޮޓޯ: ސެންޓިނެލް2

ތިންވަނަ ފިޔަވަހިން މިހާތަނަށް ހިއްކިފައިވާ ސަރަހައްދު ފެންނަ ސެޓްލައިޓު ފޮޓޯއެއް؛ މި ފޮޓޯ ނަގާފައިވަނީ އިއްޔެ --- ފޮޓޯ: ސެންޓިނެލް2

ހުޅުމާލެ ތިންވަނަ ފިޔަވަހި ހިއްކަން ފެށީ ސެޕްޓެމްބަރު 22، 2023 ގަ އެވެ. އޭގެ ފަހުން އައި ހުއްޓުމަކަށްފަހު މި ސަރުކާރުން މި އަހަރުގެ ޖެނުއަރީ މަހު މަސައްކަތް ފެށި އެވެ. އެފަހަރު ސަރުކާރުގެ އެކި ސިޔާސީ މުވައްޒަފުން މަސައްކަތް ކުރާ ސަރަހައްދަށް ގޮސް މަސައްކަތުގެ އަދާހަމަ އެކި ވީޑިއޯތަކުގެ ޒަރިއްޔާއިންވެސް ދިނެވެ. ނަމަވެސް އޭގެ ފަހުން ވެސް މަސައްކަތް މަޑުޖެހުނެވެ.

މަޝްރޫއުގެ މަސައްކަތް ހަލުވި ކުރަން ދެވަނަ ޑްރެޖަރެއް ގެނައީ އޭގެ ފަހުން މަސައްކަތް ފެށި ދުވަހެވެ. އެފަހަރު މަސައްކަތް މަޑުޖެހުނީ ގާ ހުދުވަމުން ދާތީ ޖޫން 10، އާ ހަމައަށް ބިން ހިއްކުމާއި ފަރުތަކަށް ސްޓްރެސް ބޮޑުވާ ފަދަ އެންމެހައި މަސައްކަތްތައް ހުއްޓާލަން އެންވަރަމެންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން އެންގުމުންނެވެ. މަސައްކަތް ދެން ފެށީ ޖޫން 24، ގަ އެވެ.

ގާތްގަނޑަކަށް 268 މިލިއަން ޑޮލަރު (3.9 ބިލިއަން ރުފިޔާ) ގައި އަގު ކުރެވިފައިވާ މި މަޝްރޫއުގެ ދަށުން ހުޅުމާލެ ތިންވަނަ ފިޔަވަހީގެ އިތުރުން ޔޮޓް މެރީނާ ތަރައްގީ ކުރަން ހާއްސަކޮށްފައިވާ ދިޔަނެރު ފަޅާއި ތިލަފުށި ހިއްކުން ހިމެނެ އެވެ.

ތިލަފުށިން ހިއްކާ ބަޔަކީ މި މަޝްރޫއަށް އަގު އަދާކުރުމުގެ ގޮތުން ސީއެމްސީއަށް 99 އަހަރަށް ޑިވެލޮޕްމަންޓް ރައިޓްސް ދީފައިވާ ބިމެކެވެ. މަޝްރޫއުގެ ބާކީ އަގު އަދާކުރަނީ ހުޅުމާލޭން ސީއެމްސީއަށް 99 އަހަރަށް ދީފައިވާ 10 ހެކްޓަރުގެ ބިމުންނާއި އެޑްވާންސްގެ ގޮތުގައި އެ ކުންފުންޏަށް ދޫކުރި 20 މިލިއަން ޑޮލަރުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox