ކުރަންޖެހޭ ކަންކަމުގައި ކުރަންޖެހޭ މީހުންނާ ރައީސް މަޝްވަރާ ކުރައްވާ: ޝިޔާމް

ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް އަދަދުގެ ޕްރޮގުރާމެއްގައި ވާހަކަދައްކަވަނީ. އޭނާ ވިދާޅުވީ މަޝްވަރާ ކުރަންޖެހޭ މީހުންނާ ރައީސް މަޝްވަރާ ކުރައްވާ ކަމަށް -- ފޮޓޯ: އަދަދު

ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް އަދަދުގެ ޕްރޮގުރާމެއްގައި ވާހަކަދައްކަވަނީ. އޭނާ ވިދާޅުވީ މަޝްވަރާ ކުރަންޖެހޭ މީހުންނާ ރައީސް މަޝްވަރާ ކުރައްވާ ކަމަށް -- ފޮޓޯ: އަދަދު

ރާއްޖޭގެ ވެރިކަން ކުރެއްވި ވަރަށް ގިނަ ރައީސުން ތަޖުރިބާ ކުރެވިއްޖެ ކަމަށާއި ރައީސް މުއިއްޒުއަކީ މަޝްވަރާ ކުރަންޖެހޭ ކަންކަމުގައި މަޝްވަރާ ކުރަންޖެހޭ މީހުންނާ މަޝްވަރާ ކުރައްވާ ބޭފުޅެއް ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެ އެވެ.

ލޭނު މަސްވެރިކަމުގެ ހުއްދަ ދޭން ސަރުކާރުން ނިންމި ނިންމުން ބަދަލު ކުރަން ރައީސް ނިންމެވީ ފިޝަރީޒް މިނިސްޓަރު ޝިޔާމް އާ މަޝްވަރާ ނުކުރައްވައި ކަމަށް ކުރީގެ ރައީސް ޔާމީން ވިދާޅުވި ވާހަކަ "އަދަދު" އިން ރިޕޯޓު ކުރުމުން އެ ހަބަރު އެކްސްގައި ރީޕޯސްޓު ކުރައްވައި ޝިޔާމް ވިދާޅުވީ ރައީސް މުއިއްޒުއަކީ މަޝްވަރާ ކުރަންޖެހޭ ކަންކަމުގައި މަޝްވަރާ ކުރަންޖެހޭ މިންވަރަށް މަޝްވަރާ ކުރައްވާ ބޭފުޅެއް ކަމަށެވެ.

"ރާއްޖޭގެ ވެރިކަން ކުރެއްވި ވަރަށް ގިނަ ރައީސުން ތަޖުރިބާ ކުރެވިއްޖެ، ރައީސް ޑރ. މުއިއްޒު ތަޖުރިބާ މި ކުރެވެނީ މަޝްވަރާ ކުރައްވަން ޖެހޭ ކަންކަމުގައި މަޝްވަރާ ކުރައްވަންޖެހޭ ގޮތަށް މަޝްވަރާ ކުރައްވަންޖެހޭ ފަރާތްތަކާ އަދި މަޝްވަރާ ކުރައްވަން ޖެހޭ މިންވަރަށް މަޝްވަރާ ކުރައްވާތަން،" ޝިޔާމް ކުރެއްވި ޕޯސްޓުގައި ވިދާޅުވި އެވެ.

ލޭނު މަސްވެރިކަމަށް ހުއްދަ ދޭން ނިންމުމަށްފަހު އެ ނިންމުން އަނބުރާ ގެންދިޔައިރު އޭނާއާ މަޝްވަރާ ކުރި ކަމެއް އޭނާގެ ޕޯސްޓުގައި ޝިޔާމް ވިދާޅެއް ނުވެ އެވެ.

ބޮޑު ކަންނެލީގެ ލޭނު މަސްވެރިކަމަށް ހުއްދަ ދޭން ވަޒީރުންގެ މަޖިލީހުން ނިންމީ ޖޫން 13، 2024 ގަ އެވެ. އެ ނިންމުން ބަދަލު ކުރަން ރައީސް މުއިއްޒު ނިންމެވީ އޯގަސްޓު 29، 2024 ގަ އެވެ.

ޕީއެންއެފްއިން ރޭ ބޭއްވި ޖަލްސާގައި ޔާމީން ވިދާޅުވީ ލޭނު މަސްވެރިކަން ކުރަން ހުއްދަ ދިނުމުގެ މަސައްކަތް ފެށީ، ރައީސް މުއިއްޒު ވިދާޅުވެގެން ކަމަށާއި، އެކަމަށް ތައްޔާރުވަމުން ދަނިކޮށް، ނިންމުން ކެންސަލްކުރީ ޝިޔާމްގެ ލަފައެއް ވެސް ހޯދުމެއް ނެތި ކަމަށެވެ.

އެކަން ހިނގީ އެގޮތަށްކަން މި ނޫހަށް މައުލޫމާތު ދިން ބައެއް ފަރާތްތަކުން ވެސް ވިދާޅުވި އެވެ.

ރައީސް އެ ނިންމެވުން ނިންމިކަން ރައީސް އޮފީހުން އިއުލާނު ކުރުމުގެ ކުޑަ ވަގުތުކޮޅެއް ކުރިން، ލޭނު މަސްވެރިކަމަށް ހުއްދަ ދިނުމާ ގުޅޭ ގޮތުން ޕީއެސްއެމްއަށް ޝިޔާމް ދެއްވި އިންޓަވިއުއެއް ވެސް އެ މީޑިއާއިން ގެނެސްދިނެވެ.

ލޭނު މަސްވެރިކަން ކުރުމުގެ ހުއްދަ ދޭން ސަރުކާރުން ހުޅުވައިލަން އުޅުނީ އިންޑިއަން އޯޝަން ޓޫނާ ކޮމިޝަން (އޯއައިޓީސީ) އިން ކޮންމެ އަހަރަކު އިންޑިއާ ކަނޑުގައި މަސްވެރިކަން ކުރެވޭނެ ލިމިޓު ނުވަތަ މަސް ބޭވޭނެ އަދަދު ކަނޑައަޅައި ރާއްޖެއަށް ދޭ ކޯޓާ އާ އެއްވަރަށް މަސް ނުބޭނޭ ކަމަށް ބުނެ އެވެ.

އެކަން ފާހަގަ ކުރައްވައި ބުރާސްފަތި ދުވަހު ޕީއެސްއެމްއަށް ދެއްވި އިންޓަވިއުގައި ޝިޔާމް ވިދާޅުވީ ރާއްޖެއަށް އިންޑިއަން އޯޝަން ޓޫނާ ކޮމިޝަން (އައިއޯޓީސީ) އިން ކަނޑައަޅާ ކޯޓާއާ އެއްވަރަށް މަސް ބާނައި ބޭރު ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.

"އަޅުގަނޑުމެންނަށް ވަރަށް މުހިންމު [އައިއޯޓީސީން] ކަނޑައެޅޭ ކޯޓާ އޭގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިިފިގެން ދިޔުން. އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި ދައުލަތައް އަދި ގައުމަށް ވަންނަ އާމްދަނީ ވެސް އިތުރުވެގެންދާނީ އަޅުގަނޑުމެންނަށް ލިބޭ ކޯޓާއާ އެއްވަރަށް މަސްވެރިކަން ކުރެވިގެން އަދި އަޅުގަނޑުމެންނަށް ކޯޓާ އިތުރުކުރުމަށް މަސައްކަތް ކުރެވޭނީ ވެސް އެ މިންގަނޑަށް މަސްވެރިކަން ފުޅާވެގެން،" ޝިޔާމް ވިދާޅުވި އެވެ.

އިންޑިއާ ކަނޑުގައި މަސްވެރިކަން ކުރެވޭނެ ލިމިޓު ނުވަތަ މަސް ބޭވޭނެ އަދަދު އައިއޯޓީސީން ކަނޑައަޅަނީ ސައިންޓިފިކް ދިރާސާތަކަށް ފަހު އެވެ. އެއީ 2021 ވަނަ އަހަރުން ފެށިގެން އެ ޖަމިއްޔާއިން އަމަލު ކުރަން ފެށި ގަރާރެއްގެ ދަށުން ކަނޑައަޅާ ކޯޓާއެކެވެ.

ލޭނު މަސްވެރިކަމަށް ހުޅުވައިލަން ސަރުކާރުން ނިންމި ނިންމުމުގެ ވާހަކަ ދައްކަވަމުން މިދިޔަ ބުދަ ދުވަހު ޝިޔާމް ވިދާޅުވީ ރާއްޖޭގެ އާމްދަނީއަށް ލޭނު މަސްވެރިކަމުން 120 މިލިއަން ޑޮލަރު އިތުރު ކުރެވޭނެ ކަމަށެވެ.

ބޮޑު ކަންނެލީގެ ލޭނު މަސްވެރިކަން ކުރުމުގެ ހުއްދަ ދޫކުރަމަކީ ދިވެހި މަސްވެރިން ދެކޮޅު ކަމެކެވެ. ޖުމުލަ 18 ޖަމިއްޔާއެއް ގުޅިގެން އެ ގަވާއިދަށް ހިޔާލު ވެސް ހުށަހެޅި އެވެ. ލޭނު މަސްވެރިކަމަށް ހުއްދަ ދޭން ސަރުކާރުން ނިންމީ ނުވަ ނުކުތާއެއްގެ މައްޗަށް ބިނާކުރި އެ ކަންބޮޑުވުންތައް ފިޝަރީޒް މިނިސްޓަރީއާ ހިއްސާކުރި ފަހުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox