ސަރުކާރުގެ ބައެއް ކުންފުނިތައް އެއްކޮށްލުމުގެ ތަފްސީލުތައް ހާމަކޮށްފި

އިކޮނޮމިކް މިނިސްޓަރު ސައީދު: ސަރުކާރުގެ ކުންފުނިތައް އެއްކޮށްލަން ނިންމެވިކަން ހާމަކުރައްވާ ވިދާޅުވީ އޭގެ ސަބަބުން ފައިދާ ވާނެ ކަމަށް -- ފޮޓޯ: ރައީސް އޮފީސް

އިކޮނޮމިކް މިނިސްޓަރު ސައީދު: ސަރުކާރުގެ ކުންފުނިތައް އެއްކޮށްލަން ނިންމެވިކަން ހާމަކުރައްވާ ވިދާޅުވީ އޭގެ ސަބަބުން ފައިދާ ވާނެ ކަމަށް -- ފޮޓޯ: ރައީސް އޮފީސް

ސަރުކާރުގެ ބައެއް ކުންފުނިތައް އެއްކޮށްލަން ވަޒީރުންގެ މަޖިލީހުން މިއަދު ނިންމައި އެކަމާ ގުޅޭ ބައެއް މައުލޫމާތު ހިއްސާކޮށްފި އެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ ރާއްޖޭގެ އިގްތިސާދީ ކަންތައްތައް ރިފޯމު ކުރުމަށް ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކޮށް ބައެއް ކުންފުނިތައް އެއްކޮށްލަން ނިންމާފައިވާ ކަމަށެވެ.

ސައީދު ވިދާޅުވީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީއާއި ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ އެއްކޮށްލަން ނިންމައި، ކޯޕަރޭޓް ގަވަނަންސްގެ އުސޫލުން ދެ ކުންފުނިން ނިންމަން ޖެހޭ ނިންމުންތައް ނިންމައި، ޖެނުއަރީ، 31، 2025 ގައި މާޖުކޮށް ނިންމާނެ ކަމަށެވެ.

"ދެ ކުންފުނީގެ މާޖާގެ ސަބަބުން ވަރަށް ބޮޑެތި ކުރިއެރުންތަކެއް ވެސް އަންނާނެކަން އަޅުގަނޑު ފާހަގަކޮށްލަން. އެގޮތުން ހަނިމާދޫ ވެސް ހިމެނޭ ގޮތަށް އަށް އެއާޕޯޓެއް މަސައްކަތުގެ ތެރޭގައި މާޖް ކުރެވިގެންދާނެކަން އަޅުގަނޑު ފާހަގަކޮށްލަން،" ސައީދު ވިދާޅުވި އެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ސަބްސިޑަރީއެއް ގޮތަށް ފަހި ދިރިއުޅުން ކޯޕަރޭޝަން ހަމަޖެއްސުމަށް ނިންމާފައިވާކަން ސައީދު ހާމަކުރެއްވި އެވެ.

އޭގެއިތުރުން ސައީދު ވިދާޅުވީ މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން، ބިޒްނަސް ސެންޓާ ކޯޕަރޭޝަންއާ އެއްކޮށްލަން ގެންދިޔަ މަޝްވަރާގެ އަލީގައި ކުރިއަށް ދިޔުމަށް ގޮތްތަކެއް ކަނޑައެޅިފައިވާ ކަމަށެވެ.

އެގޮތުން މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަންގެ ސަބްސިޑަރީއެއް ގޮތަށް އޯޝަން ކަނެކްޓު މިހާރު ވެސް އޮތް ގޮތަށް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށް ވެސް ސައީދު ވިދާޅުވި އެވެ.

އެގްރޯ ނެޓް މޯލްޑިވްސް، މޯލްޑިވްސް އިންޑަސްޓްރިއަލް ފްރީ ޒޯންގެ ބައެއްގެ ގޮތުގައި ބަދަލު ކުރަން ނިންމިކަން ފާހަގަކުރައްވާ ސައީދު ވިދާޅުވީ އޭގެ ސަބަބުން ވަރަށް ބޮޑެތި ފަސޭހަތަކެއް ވެގެންދާނެ ކަމަށެވެ.

އޭގެއިތުރުން ސައީދު ވިދާޅުވީ ޓޫރިޒަމްގެ މަސައްކަތްތައް ކުރުމަށް ހާއްސަކޮށްފައިވާ އެމްޓީޑީސީ، އެމްއައިޓީޑީސީފަދަ ކުންުފުނިތައް އެއްކޮށްލުމާ ގުޅޭ މަޝްވަރާތައް ކުރިއަށް އޮތް ދުވަސްތަކުގައި ކޮށްގެން އެންމެ އެކަށީގެންވާ ގޮތެއް ނިންމާނެ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޮޑު އަގުގައި ޑޮލަރު ވިއްކުމުގެ ތުހުމަތުގައި 3 ބިދޭސީން ބަންދަށް

ހުއްދަނެތި ބޮޑު އަގުގައި ބޭރު ފައިސާ ގަނެވިއްކާ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ ތިން މީހަކު ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ވަނީ އަތުލައިގަނެފަ. މި މީހުން އަތުލައިގަތީ ކަޅު ބާޒާރުގައި ޑޮލަރުގެ މުއާމަލާތްކުރާ ފަރާތްތައް ހޯދުމަށް ސަރުކާރުން އެކުލަވާލާފައިވާ ހާއްސަ ޓާސްކްފޯހަށް ލިބުނު މައުލޫމާތަކާ ގުޅިގެން.

ޖަރުމަނު ކޮންސުލޭޓު ބަންދުކުރީ ސަރުކާރާ ހެދި: ނަޝީދު

ނަޝީދު ތުހުމަތުކުރައްވާފައިވާ ގޮތުގައި ޖަރުމަނު ސަރުކާރުން ރާއްޖޭގައި ހުންނަ އެ ގައުމުގެ ކޮންސިއުލޭޓް ބަންދުކުރީ، އޮނަރަރީ ކޮންސުލްގެ މަގާމަށް ވަކި މީހަކު އައްޔަންކުރުން ދިވެހި ސަރުކާރުން ނުފޫޒު ފޯރުވުމުން.

ޔާމީނަށް ހުކުމް އިއްވުން މި މަހު 29 އަށް ތާވަލުކޮށްފި

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް ނިންމާލައިފި. ޔާމީންގެ ފަރާތުން ހުލާސާ ބަޔާން ހުށަހަޅަމުން ވަކީލުން ވިދާޅުވީ، އެމަނިކުފާނާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކިތަކުގައި ފުށުއެރުންތަކެއް ހުރި ކަމަށާއި ކުށް ސާބިތުވާވަރުގެ ހަރުދަނާ ހެއްކެއް ނެތް ކަމަށް.

މީހުންގެ އަގުވައްޓާލަން އޭސީސީއަށް ހުށަހެޅުން ހުއްޓުވަން އުސޫލެއް

އޭސީސީން ބުނީ އަސާސެއް ނެތް ކަންކަމުގައި މީހުންގެ އަގުވައްޓާލުމަށް ހުށަހަޅާ މައްސަލަތަކުގައި އަމަލުކުރާނެ ހާއްސަ އުސޫލެއް އެކުލަވާލުމުގެ މަސައްކަތް މިހާރު އޮތީ ފަހު މަރުހަލާގައި ކަމަށް. އީޔޫގެ އެހީތެރިކަމާއެކީ އެކުލަވާލާ މި ސްޓްރެޓެޖީގެ ސަބަބުން ނުބައި ނިޔަތުގައި ހުށަހަޅާ މައްސަލަތަކަށް ހައްލެއް ލިބޭނެ ކަމަށް އެ ކޮމިޝަނުން ބުނި.

ގަވާއިދާ ހިލާފަށް ވަދެ އުޅުނު ތިން މަސް ބޯޓު ހިފަހައްޓައިފި

ރާއްޖޭގެ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެ އުޅުނު ބޭރުގެ ތިން މަސް ބޯޓު އަތުލައިގަތީ އެމްއެންޑީއެފް ކޯސްޓްގާޑާއި އެއާ ކޯ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި. އަރިއަތޮޅުގެ ހުޅަނގުން އަތުލައިގަތް މި ބޯޓުތައް މިހާރު މާލެ ސަރަހައްދަށް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުން.

ގޯތި ދޫކުރުމުގެ އުސޫލު ބަދަލުކޮށް ކުރިމަތިލާން ހުޅުވާލައިފި

ކ. ހުރާއިން 150 ގޯތި ދޫކުރުމުގެ އުސޫލަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު އެ ރަށު ކައުންސިލުން އަލުން ވަނީ ހުޅުވާލައިފި. އައު އުސޫލުގެ ދަށުން ރަށުގައި ދިރިއުޅޭ އާއިލާތަކަށާއި އުފަން ރަށްވެހިންނަށް އިސްކަންދޭ ގޮތަށް ޕޮއިންޓް ދިނުމުގެ މިންގަނޑުތަކަށް ވަނީ ބަދަލުތަކެއް ގެނެސްފައި.

ރަސްމާލޭގެ ތަންތަން ދާއިމީކުރުމުގެ ފުރުސަތެއް ނެތް: މުއްތަލިބު

ރަސްމާލެ މަޝްރޫއަކީ އިޒްރޭލު މީހުން ވަޒަންވެރިކުރުވަން ހިންގާ މަޝްރޫއެއް ކަމަށް ބުނެ ދެކެވޭ ވާހަކަތައް ދޮގުކުރައްވައި، މުއްތަލިބު ވިދާޅުވީ ބިންތައް އަބަދުވެސް އޮންނާނީ ދިވެހި ދައުލަތުގެ ފުރިހަމަ ބާރުގެ ދަށުގައި ކަމަށް. އަދި، މި ޝަހަރުގައި ދިވެހިންގެ ނިސްބަތް ގިނަ ކުރަން ތަންތަން ވިއްކާއިރު ދިވެހިންނަށް އިސްކަން ދޭން ކަމަށް އޭނާ ވިދާޅުވި.

Newsletter

Get the latest news delivered straight to your inbox