ހުޅުމާލެ އިންޑަސްޓްރިއަލް ޒޯނުގައި ހުރި ތަކެތި ނަގައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އެތަން ސާފު ކުރުމުގެ މަސައްކަތް ފަށައިފި އެވެ.
އެޗްޑީސީން ބުނީ އެތަނުގައި ޕާކު ކޮށްފައި ހުރި އުޅަނދުތަކާއި ދޮރުމަތީގައި ބަހައްޓާފައިވާ ތަކެތި ނަގައި އެ ސަރަހައްދު ސާފުކުރުމުގެ މަސައްކަތް ކުރަމުން އަންނަނީ ކަމާބެހޭ ފަރާތްތަކާ ގުޅިގެން ކަމަށެވެ.
"ހުޅުމާލެއަކީ ހިތްފަސޭހަ ތަނަކަށް ހެދުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އިންޑަސްޓްރިއަލް ޒޯނު ސާފު ކުރަނީ،" އެޗްޑީސީން ބުންޏެވެ.
އެ ސަރަހައްދު ސާފު ކުރުމުގެ މަސައްކަތް އެޗްޑީސީން ފެށީ އެތަނުގައި ހުރި ތަކެތި ނެގުމަށް ދުރާލައި އެންގުމަށްފަހު ވެސް ނަގާފައި ނުވާތީ އެވެ.
ހުޅުމާލެ އިންޑަސްޓްރިއަލް ޒޯނުގައި ގަވާއިދާ ހިލާފަށް ޕާކްކޮށްފައި ހުރި ވެހިކަލްތަކާއި، ހަލާކުވެފައިވާ ގިނަ ވެހިކަލްތައް ހުއްޓެވެ. އަދި އެ ސަރަހައްދަކީ ގިނަ ބަޔަކު ކުނި އަޅައި ގޮނޑުކޮށްފައި އޮތް ސަރަހައްދެކެވެ.













