ރައީސް މުއިއްޒު އާއި އަނބިކަނބަލުން ސިންގަޕޫރުން މާލެ ވަޑައިގެންފި

ރައީސް މުއިއްޒު އާއި އަނބިކަނބަލުން ސާޖިދާ. -- ފޮޓޯ: ރައީސް އޮފީސް

ރައީސް މުއިއްޒު އާއި އަނބިކަނބަލުން ސާޖިދާ. -- ފޮޓޯ: ރައީސް އޮފީސް

ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި އަނބިކަނބަލުން ސާޖިދާ މުހައްމަދު ސިންގަރޫޕަރަށް ކުރެއްވި ދަތުރަށް ފަހު، ރޭ ރާއްޖެ ވަޑައިގެންފި އެވެ.

ރައީސް މުއިއްޒު އާއި ފަސްޓް ލޭޑީ ސާޖިދާ އާދީއްތަ ދުވަހުގެ ރޭ ސިންގަޕޫރަށް ވަޑައިގަތީ ބޭންކު އޮފް މޯލްޑިވްސް އާއި އެމްޑީޕީ ގުޅިގެން މި ވެރިކަން ވައްޓާލަން ރޭވި ކަމަށް ސަރުކާރުން ބުނާ "މާލީ ބަގާވާތް" ނާކާމިޔާބު ކޮށްލާފައިވާކަން ހާމަ ކުރެއްވުމަށް ފަހު އެވެ.

ސިންގަޕޫރަށް ވަޑައިގަތީ އާރަށުގައި ފުޓުބޯޅަ ކުޅުއްވަނިކޮށް ލިބުނު އަނިޔާއަކާ ގުޅިގެންނާއި މީގެ ދެ އަހަރެއްހާ ދުވަސްކުރިން ކުރި ސާޖަރީއަކާ ގުޅިގެން ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައިވެ އެވެ.

އާރަށުގައި ފުޓްބޯޅަ ކުޅުއްވަނިކޮށް އަނިޔާވެގެން އައިޖީއެމްއެޗް ހޮސްޕިޓަލުން ވެސް ފަރުވާ ހޯއްދެވި ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ލިބިވަޑައިގެންނެވި އަނިޔާގެ ތަފްސީލެއް އަދި މާލޭ ސިޓީގެ މޭޔަރަކަށް މުއިއްޒު ހުންނެވިއިރު ސިންގަޕޫރުން ކުރީ ކޮން ކަހަލަ ސާޖަރީއެއް ކަމެއް ރައީސް އޮފީހުން ހާމައެއް ނުކުރެ އެވެ.

މާލީ ބަގާވާތަކުން ވެރިކަން ބަދަލުކުރަން އުޅުނު ކަމަށް ސަރުކާރާއި ފުލުހުން ބުނީ ބޭންކު އޮފް މޯލްޑިވްސްގެ ކާޑު ލިމިޓު ބަދަލުކުރަން އެ ބޭންކުގެ ބޯޑުން އޯގަސްޓު 21 ގައި ނިންމި ނިންމުމާ ގުޅިގެންނެވެ. އެ ނިންމުން ބޭންކުން އިއުލާނު ކުރީ އޯގަސްޓު 25 ގަ އެވެ.

ބީއެމްއެލްގެ އެ ނިންމުމަކީ ކުއްލިއަކަށް ނިންމި ނިންމުމެއް ނޫނެވެ. އެއީ އެ ބޭންކަށް މާ ކުރިން ވެސް ނިންމަން ޖެހިފައި އޮތް މަޖުބޫރީ ކަމެކެވެ. ނެތް ޑޮލަރެއް ބޭންކަށް ވެސް ނުދެވޭނެ އެވެ. އޮގަސްޓު 21, ގައި ޑިރެކްޓަރުން ނިންމި ނިންމުމަކީ ބޭންކިން ގާނޫނުގެ 15 ވަނަ މާއްދާއާ އެއްގޮތަށް ނިންމާފައިވާ ނިންމުމެކެވެ.

ބީއެމްއެލްގެ ނިންމުމާ ގުޅިގެން ރައްޔިތުންގެ ރަތަށް ދިޔުމުން، ސަރުކާރުގެ ނުފޫޒުން އެ ނިންމުން ބަދަލު ކުރުމަށް ފަހު، ބީއެމްއެލްއިން ކުރީ ބަގާވާތެއް ކަމަށް ސަރުކާރުން ހެދި އެވެ. އެ ބަގާވާތް ގެންނަން އެމްޑީޕީ އާއި ސޯޝަލް މީޑިއާގެ ބޮޓް އެކައުންޓުތައް ގުޅިގެން މަސައްކަތް ކުރި ކަމަށް ވެސް ފުލުހުން ބުނާއިރު، މިއަދާ ހަމައަށް ވެސް އެ ތުހުމަތުގައި އެއްވެސް މީހަކާ ސުވާލު ކުރިކަމެއް، ތަނެއް ބަލައިފާސްކުރި ކަމެއް. އަދި މީހަކު ހައްޔަރު ކުރި ކަމެއް ފުލުހުން ހާމައެއް ނުކުރެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox