އަގްސާ މިސްކިތުގެ ތެރޭގައި ޔަހޫދީ ފައްޅިއެއް އަޅަން ގޮވާލުމުން ރާއްޖެއިން އެކަން ކުށްވެރިކޮށްފި

Aug 28, 2024, 6:02 AM
އަގްސާ މިސްކިތުގެ ތެރޭގައި ޔަހޫދީ ފައްޅިއެއް އަޅަން ގޮވާލުމުން ރާއްޖެއިން އެކަން ކުށްވެރިކޮށްފި

މުސްލިމުންގެ ފުރަތަމަ ގިބްލަ އަލް މަސްޖިދުލް އަގްސާ މިސްކިތުގެ ތެރޭގައި ޔަހޫދީންގެ ފައްޅިއެއް އަޅަން އިޒްރޭލުގެ މިނިސްޓަރަކު ގޮވާލުމުން ދިވެހިރާއްޖެއިން އެކަން ކުށްވެރިކޮށްފި އެވެ.

ފޮރިން މިނިސްޓްރީން އަންގާރަ ދުވަހު ނެރުނު ބަޔާނެއްގައި ބުނީ އެފަދަ ކަންކަމަށް ގޮވާލުމުން ގާޒާގައި ހިނގަމުން ގަތުލުއާންމު ހުއްޓާލަން ވެސް އުނދަގޫވާނެ ކަމަށާއި އެފަދަ ކަމަކުން މަގުފަހިވާނީ އިތުރު ހަމަނުޖެހުމަށް ކަމަށެވެ.

"ގުދުސް އަދި އެ ރަށުގައިވާ ހުރުމަތްތެރި ތަންތަނުގެ ގާނޫނީ ހައިސިއްޔަތު ހިމާޔަތްކޮށް ފަލަަސްތީނު ރައްޔިތުންގެ ހައްގުތައް ހިމާޔަތް ކުރަން އަވަސް ފިޔަވަޅުތަކެއް އެޅުމަށް ބައިނަލްއަގުވާމީ މުޖްތަމައުއަށް ދިވެހި ސަރުކާރުން ގޮވާލަން،" އެ ބަޔާނުގައި ބުނެފައިވެ އެވެ.

އަގްސާ މިސްކިތުގައި ފައްޅިއެއް އަޅަން ގޮވާލީ ނެޝަނަލް ސެކިއުރިޓީ މިނިސްޓަރު އިޓްމާރު ބިން-ގްވިރް އިޒްރޭލުގެ އާމީ ރޭޑިއޯއަށް ދިން އިންޓަވިއުއެއްގަ އެވެ. އޭނާއަކީ ހަރުކަށި ކަނާއަތު ފިޔައިގެ ޕާޓީއަކަށް ނިސްބަތްވާ މީހެކެވެ.

"އަރަބިންނަށް ވެސް އެމީހުން ބޭނުން ތަނަކު ނަމާދު ކުރެވޭ. އެހެންވީމަ ޔަހޫދީންނަށް ވެސް އެމީހުން ބޭނުން ތަނަކު ނަމާދު ކުރެވެންޖެހޭނެ،" އިންޓަވިއުގައި އޭނާ ބުންޏެވެ.

އަގްސާ މިސްކިތުގައި ޔަހޫދީން ނަމާދު ކުރުމަކީ އިޒްރޭލުގެ ސަރުކާރުން ވެސް މަނާކޮށްފައި އޮންނަ ކަމެކެވެ. ނަމަވެސް ވަކި ވަގުތުތަކެއްގައި އަގްސާ މިސްކިތަށް ޔަހޫދީން އަދި އެހެން ދީންތަކުގެ މީހުން ވަނުން އޮންނަނީ ހުއްދަކޮށްފަ އެވެ.

ފަލަސްތީނުގައި އިހުޒަމާނުއްސުރެ އުޅެމުން އަންނަ އޯތޮޑޮކްސް ޔަހޫދީން ގަބޫލު ކުރާ ގޮތުގައި އަގްސާ މިސްކިތަށް ޔަހޫދީން ވަނުން ވެސް ހުއްދައެއް ނޫނެވެ. އޯތޮޑޮކްސް ޔަހޫދީން ވަނީ މީގެ ކުރިން ވެސް އެކި މައްސަލަތަކުގައި ބެން-ގްވިރް އަށް ފާޑުކިޔައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox