އެމްއެމްޕީއާރުސީ ލިސްޓުގައި ގިނައިން ތިބީ ޑޮލަރު މާރުކުރި މީހުން: ރައީސް މުއިއްޒު

ރައީސް މުއިއްޒު އަދި ޕީއެންސީ ލީޑާޝިޕްގެ ބޭފުޅުން: އެމްއެމްޕީއާރްސީ ލިސްޓުގައި ގިނައިން ތިބީ ޑޮލަރު މާރުކުރި މީހުން ކަމަށް ވިދާޅުވި -- ފޮޓޯ: އަދަދު ފައިލް

ރައީސް މުއިއްޒު އަދި ޕީއެންސީ ލީޑާޝިޕްގެ ބޭފުޅުން: އެމްއެމްޕީއާރްސީ ލިސްޓުގައި ގިނައިން ތިބީ ޑޮލަރު މާރުކުރި މީހުން ކަމަށް ވިދާޅުވި -- ފޮޓޯ: އަދަދު ފައިލް

ފަހުގެ ތާރީހެއްގައި ރާއްޖޭގައި ރޭވި އިންތިޒާމުވެގެން ހިންގި އެންމެ ބޮޑު ހިޔާނާތުގެ މައްސަލަ ކަމަށްވާ އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގައި އެ ފައިސާއަށް ހިޔާނާތްތެރިވި މީހުންގެ ލިސްޓުގައި ތިބީ ވިޔަފާރި ކުރުމަށް ޑޮލަރު މާރު ކުރި މީހުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.

ޕީއެންސީން ބޭއްވި ހަރުގެ ޖަލްސާގައި ރައީސް މުއިއްޒު ވިދާޅުވީ އެމްއެމްޕީއާރްސީގެ ލިސްޓުގައި ތިބި ގިނަ މީހުންނަކީ ހިޔާނާތުގައި ބައިވެރިނުވެ، ޑޮލަރު މާރު ކުރި މީހުން ކަމަށެވެ.

"އޭގަ ތިބި ގިނަ މީހުންނަކީ އެކަމުގައި ބައިވެރި މީހުންނެއް ނޫން. ވިޔަފާރި ކުރުމުގައި އޭގައި ޑޮލަރު މާރުކުރަންވީމަ ޑޮލަރު ދޭ ބައެއް ގޮތުން ޑޮލަރު މާރުކޮށްފައި އޭގައި ގިނަ މީހުން އޮތީ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

Advertisement

ރައީސް މުއިއްޒު ވިދާޅުވީ އެމްއެމްޕީއާރްސީގެ ފައިސާއިން 14 މިލިއަން ރުފިޔާ އެމަނިކުފާނަށް ލިބުނު ކަމަށް ބުނެ ދައުރު ކުރަމުންދަނީ ދޮގު ލިސްޓެއް ކަމަށެވެ.

އެމްޑީޕީގެ ވެރިކަމުގައި އެކި ފަހަރުމަތިން ބަދަލުކޮށްގެން ލިސްޓުތައް ނެރުނުއިރު ވެސް އެމަނިކުފާނުގެ ނަން ޑޮލަރު މާރުކުރި މީހުންގެ ތެރޭގައި ހިމެނިގެން ވެސް އެ ލިސްޓުގައި ހިމެނިފައި ނުވާ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.

އެމަނިކުފާނުގެ ނަން އޮތް ލިސްޓު ފެންމަތިވުމާއެކު އެކަން ބަލައިދިނުމަށް ފުލުހުންނަށް އެންގިކަން ފާހަގަކުރައްވާ ރައީސް މުއިއްޒު ވިދާޅުވީ ފުލުހުން އެކަން ބަލައި "އެނަލައިޒްކޮށް" އެއީ ފޭކް ލިސްޓެއް ކަމަށް ބުނެ ރިޕޯޓެއް އަރުވާފައިވާ ކަމަށެވެ.

މީގެއިތުރުން ރައީސް ވިދާޅުވީ ހިތްވަރު ދޭން ބޭނުންވަނީ ދޮގު ހަދުމުގެ ބަދަލުގައި ޒިންމާދާރުވުމަށް ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެމްއޯޔޫތައް އެއްބަސްވުންތަކަށް ބަދަލުކުރަން ބާރުއަޅުއްވައިފި

ރާއްޖެއާއި ޕާކިސްތާނާ ދެމެދު ވެފައިވާ އެމްއޯޔޫތައް ރަސްމީ އެއްބަސްވުންތަކަށް ބަދަލުކޮށް، ދެ ގައުމުގެ ދެމެދުގައި ސީދާ ދަތުރުތައް ފެށުމަށް ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ބާރުއެޅުއްވި. މީގެ އިތުރުން، ވިޔަފާރީގެ ގުޅުން ވަރުގަދަކުރުމަށްޓަކައި ޕާކިސްތާނުގެ މަތީ ފަންތީގެ ވަފުދެއް ރާއްޖެއަށް ފޮނުއްވުމަށް ނިންމަވާފައިވާކަން ވެސް ޝެހްބާޒް ވިދާޅުވި.

ޑްރަގާއެކު ހައްޔަރުކުރި ތިން ފިލްމީ ތަރިން ދޫކޮށްލައިފި

މަސްތުވާތަކެއްޗާއެކު ވިލިމާލެއިން ހައްޔަރުކުރި ތިން ފިލްމީ ތަރިންނާއި އިތުރު މީހަކު، ތަހުގީގު މަރުހަލާ ނިމުމުން ފުލުހުން ދޫކޮށްލާފައި. މި މައްސަލައިގައި ހައްޔަރުކުރި ހަތަރު މީހުންވެސް މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައިވާއިރު، މީގެ ތެރޭގައި ހިމެނޭ ޝާހިލްއަކީ މީގެ ކުރިންވެސް ބޮޑު ޑްރަގް މައްސަލައެއްގައި ދޫކޮށްލާފައި ހުރި މީހެއް.

ހަމަނުޖެހުން ހިންގަން ހިތްވަރު ދިން ކަމަށް ބުނެ ޖުމާން ހައްޔަރަށް

ސޯޝަލް މީޑިއާ މެދުވެރިކޮށް ރާއްޖޭގެ ބައެއް އިމާރާތްތަކާއި އުޅަނދުފަހަރުގައި ހުޅުޖަހައި، ވިޔަފާރިތައް ލޫޓުވުމަށް ހިތްވަރުދިން މައްސަލައެއްގައި އަލީ ޖުމާން ވަނީ ކޯޓު އަމުރެއްގެ ދަށުން މިއަދު ވަނީ ހައްޔަރުކޮށްފައި.

އެމްޑީޕީގެ މަޖިލިސް މެންބަރުންނަށް ނަޝީދުގެ ނުސީދާ އިންޒާރެއް

ނަޝީދު މިހެން ވިދާޅުވީ ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން އެމްޑީޕީގެ ބައެއް މެންބަރުން މަޖިލީހުގައި ސަރުކާރަށް ފާޑުކިޔަމުންދާ ދަނޑިވަޅެއްގަ. މިކަމާ ގުޅިގެން ޕާޓީގެ ތެރޭގައި ހިޔާލުތަފާތުވުންތަކެއް އުފެދި، ބައެއް ބޭފުޅުން ވަނީ ނަޝީދުގެ ވާހަކަފުޅަށް ރައްދު ދެއްވާފަ.

"ކުރައްވަނީ ސެކިއުލާ ވެރިކަމެއް، އެއީ އިސްލާމީ ވެރިއެއް ނޫން"

ރައީސް މުއިއްޒު ކުރައްވަނީ ސެކިއުލާ ވެރިކަމެއް ކަމަށާއި، އެމަނިކުފާނުގެ އަމަލުފުޅުތައް ހުންނަ ގޮތުން އެއީ އިސްލާމީ ވެރިއެކޭ ނުބުނެވޭނެ ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ދީދީ ވިދާޅުވި. ދީދީ އިތުރަށް ފާހަގަކުރެއްވި ގޮތުގައި މުއިއްޒު އުޅުއްވަނީ ރައްޔިތުންގެ ހާލަތު ބެއްލެވުމުގެ ބަދަލުގައި މުއްސަނދި ދިރިއުޅުމެއް ކަމަށް.

ސަރުކާރުގެ ޑިޖިޓަލް ނިޒާމުތަކުގެ ސެކިއުރިޓީ ވަރުގަދަކުރަނީ

ޕީއެޗްޕީ ޕްރޮގްރާމިން ލެންގުއޭޖްގައި ހުރި ސައިބާ ސެކިއުރިޓީ މައްސަލަތަކަކާ ގުޅިގެން، ސަރުކާރުގެ ޑިޖިޓަލް ނިޒާމުތައް ވަރުގަދަކޮށް ސެކިއުރިޓީ ޕެޗްތައް އެޅުމުގެ މަސައްކަތް އެމްޑީއެސް އާއި އެންސީއެސްއޭ ގުޅިގެން ވަނީ ފަށާފައި. މި މަސައްކަތުގެ ސަބަބުން ބައެއް ހިދުމަތްތަކަށް ބުރޫއެރުން އެކަށީގެންވާ ކަމަށް އެމްޑީއެސް ބުނޭ.

ރަސްމާލެއިން އެއްބައި ދޭން ނިންމީ ގާނޫނުއަސާސީއާ ހިލާފަށް: ދީދީ

ރަސްމާލެއިން ބައެއް އީގަލް ހިލްސްއަށް ދޭން ނިންމީ ބާރުތައް ވަކިވެފައިވާ ނިޒާމާ ޚިލާފަށް، ހަދަންޖެހޭ ގާނޫނުތައް ނަހަދާ ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވި. އޭނާ ފާހަގަކުރެއްވި ގޮތުގައި ގާނޫނު ހެދުމުގެ ކުރިން އެއްބަސްވުންތައް ހަދައި، ފަހުން ގާނޫނުތަކަށް ރަޖުއީ އަސަރު ފޯރުވުމަކީ ގާނޫނީ އުސޫލުތަކާ ހިލާފު ކަމެއް.

Newsletter

Get the latest news delivered straight to your inbox