ނަސާރާ ދީން ފަތުރަން އުޅުނު ހާޑިންހަމްއާ ބައްދަލު ކުރީ އިސްލާމް ދީނުގެ ދިފާއުގައި: ރައީސް

ނަސާރާ ދީން ފަތުރަން އުޅުނު ހާޑިންހަމްއާ ބައްދަލު ކުރީ އިސްލާމް ދީނުގެ ދިފާއުގައި: ރައީސް

ރާއްޖޭގައި ނަސާރާ ދީން ފެތުރުމަށް މަސައްކަތް ކުރި ކަމަށް ކަނޑަައަޅައި، ކުރީގެ ރައީސް މައުމޫންގެ ވެރިކަމުގައި ރާއްޖެއަށް ނާދެވޭ ގޮތަށް ޑީޕޯޓު ކޮށްލި އިނގިރޭސިވިލާތުގެ ރައްޔިތެއް ކަމަށްވާ ޑޭވިޑް ހާޑިންހަމްއާ އެކު ނަގާފައިވާ ފޮޓޯގެ ހަގީގަތް ރައީސް، ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެދެއްވައިފި އެވެ.

ފްރެންޑްސް އޮފް މޯލްޑިވްސްގެ ނަމުގައި އިނގިރޭސިވިލާތުގައި ޖަމިއްޔާއެއް ހަދައިގެން މަސައްކަތް ކުރާ އެކްޓިވިސްޓު، ހާޑިންހަމް އާއެކު ރައީސް މުއިއްޒު ނަންގަވާފައިވާ ފޮޓޯއެއް ސޯޝަލްމީޑިއާގައި ދައުރުވާން ފެށީ ކާކުކަން ނޭނގޭ އެކްސް އެކައުންޓަކުން އެ ފޮޓޯ ސޯޝަލް މީޑިއާއަށް ދޫކޮށްލުމުންނެވެ.

ހާޑިންހަމް އާއެކު ނަގާފައިވާ އެ ފޮޓޯގައި ރައީސް މުއިއްޒުގެ އިތުރުން މި ސަރުކާރުގެ ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އާއި އެމްއައިޓީޑީސީގެ މިހާރުގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު، ނިޝްވާން އައްބާސް އާއި އިނގިރޭސިވިލާތަށް މި ސަރުކާރުން ކަނޑައަޅާފައި ހުންނަވާ ޑެޕިއުޓީ ހައިކޮމިޝަނަރު، މުހައްމަދު އަހުމަދު ހުއްޓެވެ.

ރައީސް މުއިއްޒު ވިދާޅުވީ އެ ފޮޓޯއަކީ އިނގިރޭސިވިލާތުގައި ކިޔަވަން އުޅުއްވި ދުވަސްވަރު އިސްލާމް ދީނުގެ ދިފާއުގައި ހާޑިމްއާ ޖަދަލު ކުރުމަށް ދިޔަ ދުވަހެއްގައި ނަގާފައިވާ ފޮޓޯއެއް ކަމަށެވެ.

"އަޅުގަނޑުމެން އެދުވަހު އެތަނަށް ދިޔައީ އޭރުގައި ފްރެންޑްސް އޮފް މޯލްޑިވްސް ކަންނޭނގެ ކިޔާ ޖަމިއްޔާއަކުން، އެ އިނގިރޭސި މީހާ ހަދާފައި އޮތް ޖަމިއްޔާއެއް، އޭރުގެ އެމްޑީޕީގެ އިސްވެރިންނާ އެކީ، އެމީހުން ލާދީނީ ކަންތައްތައް ކުރާތީ، އަޅުގަނޑުމެންގެ ގައުމާ ނުގުޅޭ ވާހަކަތައް ދައްކާތީ ކޮންފްރަންޓު ކުރަން ދިޔައީ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

"އަޅުގަނޑުމެން އެތަނުގައި ކޮންފްރަންޓު ކުރީ އެ ބައްދަލުވުމުގައި، ސުވާލުތައް ކުރިމަތި ކުރީ، ކޮށް ނިންމާފައި ނުކުމެ ފޮޓޯއެއް ނަގަން ހިނގާށޭ ބުނީމާ، ދެން އަޅުގަނޑު ހުންނާނީ ވެސް ވަރަށް ދުރުގައި އޭނައާ ފަހަތު ރޯގައި، އަޅުގަނޑު ދެން ފޮޓޯގައި ހުންނާނެ، ދެން ފޮޓޯއިން އެއްޗެއް ސާބިތުވަންޏާ ވާންވީ، ހަގީގަތް އޮތީ އެކަމު މި ދެންނެވި ގޮތަށް."

ނަސާރާ ދީން ރާއްޖޭގައި ފަތުރަން މަސައްކަތް ކުރި ކަމަށް ކަނޑައަޅައި ހާޑިންހަމް ޑީޕޯޓުކޮށްލީ 2005 ވަނަ އަހަރު އެވެ. ނަސާރާ ދީން ފަތުރަން މަސައްކަތް ކުރުމުގެ އިތުރުން އޭނާގެ މައްޗަށް ކުރީ ހަރުކަށި ފިކުރުގެ ބަޔަކު ބޭނުން ކޮށްގެން ރާއްޖެއަށް ހަތިޔާރު އެތެރެ ކުރަން މަސައްކަތް ކުރި ކަމުގެ ތުހުމަތެވެ.

ރައީސް ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ހަދަމުން ދަނީ ހުސް ދޮގު ކަމަށެވެ. ދޮގު ހަދަން އެމީހުންނަށް މަޖުބޫރުވެފައި ވަނީ ޕީއެންސީ ކުރިމަތީގައި ހަދާނެ ގޮތް ހުސްވެފައި ވާތީ ކަމަށެވެ.

"މިހާރު ސިޔާސީ މައިދާނުގައި އަޅުގަނޑަށް މި ފެންނަނީ، އަޅުގަނޑަށް މިއޮއްހައި ދުވަހު ވެސް ފެނުނު މަންޒަރު ފެންނަނީ، ދޮގު ދޮގު ދޮގު، ދޮގު ހެދުން، އިންތިހާއަށް ދޮގު ހެދުން، އަދިވެސް އިތުރަށް ދޮގު ހެދުން، އެ ދޮގުން ސަލާމަތްވާން ވެސް ދޮގު ހެދުން، ދެން އިތުރު ކަމެއް ނެތް، އަޅުގަނޑު އޭގެ ބަދަލުގައި ހަދަނީ ތެދު، ޖަވާބު ވެސް ދެނީ ތެދުން، ރައްޔިތުން ގަބޫލު ކުރަނީ ތެދު، އެކަން ވޯޓުން ފެންނަން އެބައޮތް،" ރައީސް ވިދާޅުވި އެވެ.

އެމްއެމްޕީއާރުސީގެ ފައިސާއިން 14 މިލިއަން ރުފިޔާ ރައީސް މުއިއްޒުއަށް ލިބިވަޑައިގެންފައިވާ ކަމަށް ޕީއެންއެފްގެ ޖަލްސާއެއްގައި ކުރި ތުހުމަތަށް ވެސް ރައީސް ރޭ ރައްދު ދެއްވި އެވެ. އެގޮތުން އެމަނިކުފާނު ވިދާޅުވީ މިދިޔަ ސަރުކާރުގައި އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅޭ އެތައް ލިސްޓެއް ނެރުނު ނަމަވެސް އެއިން އެއްވެސް ލިސްޓެއްގައި އެމަނިކުފާނުގެ ނަމެއް ނޯންނާނެ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox