ސަރުކާރުން ބުނާ މާލީ ބަގާވާތުގެ ޓައިމްލައިން

ސަރުކާރުން ބުނާ މާލީ ބަގާވާތުގެ ޓައިމްލައިން

ބީއެމްއެލްގެ ކަސްޓަމަރުންނަށް ބޭނުންވާ ވަރަށް ޑޮލަރު ނުލިބޭ ކަމުގެ ކަންބޮޑުވުން އެ ބޭންކުން ދިޔައީ މީގެ އަހަރުތަކެއް ކުރިން ވެސް ފާޅުކުރަމުންނެވެ. ރައީސް މުއިއްޒުގެ ވައުދާ އެއްގޮތަށް ކިޔަވާ ކުދިންނަށް ޑޮލަރުގެ ލިމިޓު ބޮޑުނުކުރެވުނީ ވެސް އެކަމުގެ ސަބަބުންނެވެ. އަމިއްލަ ވިޔަފާރިތަކަށް ދެމުންދިޔަ ޑޮލަރު ސަޕޯޓު ހިދުމަތް ވެސް ހަނިކުރީ އެހެންވެ އެވެ.

ބޭންކުގެ ބޯޑުގައި 11 މެންބަރުން ތިއްބަވާއިރު އޭގެ ތެރެއިން ހަތް މެންބަރުންގެ ނަން ހުށަހަޅަނީ ސަރުކާރުންނެވެ. ބޭންކުގެ މެޖޯރިޓީ ހިއްސާދާރުގެ ގޮތުން އެ ނަންތައް ފޮނުވާނީ ސަރުކާރު ކުންފުނިތަކުގެ ބެލެނިވެރިޔާ ކަމަށްވާ ފިނޭންސް މިނިސްޓްރީންނެވެ.

އެގޮތުން މެއި 28, ގައި އޮތް ބޭންކުގެ އަހަރީ އާންމު ޖަލްސާގައި ސަރުކާރުގެ ފަރާތުން ހުށަހެޅި ނަންތައް ބޯޑަށް އިންތިހާބުކޮށް މެޖޯރިޓީ އޮތީ ސަރުކާރަށެވެ. އޭގެ ތެރެއިން ބައެއް ޑިރެކްޓަރުންނަކީ ކުރީގެ ބޯޑުތަކުގައި ތިއްބެވި ޑިރެކްޓަރުންނަށް ވި ނަމަވެސް އެ އެންމެންގެ ނަންތައް ހުށަހެޅީ ރައީސް މުއިއްޒުގެ ސަރުކާރުންނެވެ.

އޮގަސްޓު 21-24

ރުފިޔާ އެކައުންޓުތަކުން ޑޮލަރު މުއާމަލާތް ނުކުރެވޭ ގޮތަށް ނިންމުމަށް އޮގަސްޓު 21, 22, ގައި ބޭންކުގެ ބޯޑު ބައްދަލުވުންތަކެއް ބޭއްވި އެވެ. އެގޮތަށް ނިންމީ އޮގަސްޓު 21, ވީ ބުދަ ދުވަހު ބޭއްވީ ޑިރެކްޓަރުންގެ ބައްދަލުވުމުގަ އެވެ.

އެގޮތަށް ނިންމިކަން "އަދަދު" ނޫހުން ރިޕޯޓުކުރީ އޮގަސްޓު 24, ގެ 20:18 ގަ އެވެ. އެ ހަބަރު ރާއްޖޭގެ އެހެން ބައެއް މީޑިއާތަކުން ވެސް ރިޕޯޓުކުރި އެވެ.

އޮގަސްޓު 25

ބީއެމްއެލްއިން ރަސްމީކޮށް އެކަން އިއުލާނުކުރީ އޮގަސްޓު 25, ގެ ހެނދުނު 10:17 ގަ އެވެ. އެ ވަގުތު އެމްޑީޕީ ސަރުކާރުގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ގެންދެވީ ރާއްޖޭގެ އިގުތިސޯދީ ހާލަތާ ގުޅޭގޮތުން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަމުންނެވެ. ނަމަވެސް, އެ ބައްދަލުވުން އޮންނަކަން އެ ޕާޓީން އޮތީ އޮގަސްޓު 24, ގައި އިއުލާނުކޮށްފަ އެވެ.

ބޭންކުގެ ނިންމުން ހާމަކުރުމާއެކު އާންމުންގެ އެތައް ބަޔަކު ސޯޝަލް މީޑިއާ މެދުވެރިކޮށް ނުރުހުން ފާޅުކޮށް ޝަކުވާތައް އޮއްސާލި އެވެ. އެ ވަގުތު ރައީސް އޮފީހުގައި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމެއް ވެސް ދިޔައީ ހިނގަމުންނެވެ. މެންދުރު 01:00 ގައި ރައީސް އޮފީހުގައި ނޫސްވެރިންގެ ބައްދަލުވުމެއް އޮންނާނެ ކަމަށް ބުނެ ނޫސްވެރިން ވެސް ގެންދިޔަ އެވެ.

އޭގެ ކުޑަ ވަގުތުކޮޅެއް ކުރިން ބޭންކުގެ ސީއީއޯ ކާލް ސްޓުމަކް އަދި އެމްއެމްއޭގެ ގަވަރުނަރު އަހްމަދު މުނައްވަރު ރައީސް އޮފީހަށް ހާޒިރުކޮށް ރައީސް އެ ބޭފުޅުންނާ ބައްދަލުކުރެއްވި އެވެ.

އެމްއެމްއޭއިން އަންގައިގެން ކަމަށް ބުނެ ބޭންކުގެ ނިންމުން ބަދަލުކުރިކަން ހާމަކުރީ އެ ދުވަހުގެ ހަވީރު 16:00 ގެ ފަހުންނެވެ. މެންދުރަށް ތާވަލުކުރި ނޫސްވެރިންގެ ބައްދަލުވުން ކުއްލި ގޮތަކަށް އެ ދުވަހު ހަވީރު 17:00 ގައި ފެށި އެވެ. ބައިވެރިވީ ފިނޭންސް މިނިސްޓަރާއި އިކޮނޮމިކް މިނިސްޓަރާއި ފޮރިން މިނިސްޓަރު އަދި ބަންޑާރަ ނައިބެވެ.

އިރު އޮއްސެން ކައިރިވެފައި އޮއްވައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތަކުރާރުކޮށް ސަރުކާރުން ބޭންކާއި މުއާމަލާތް ކުރިތޯ އެހުމުން ވެސް ސާފު ޖަވާބެއް ހަތަރު ވަޒީރުންނަށް ވެސް ނުދެއްވުނެވެ.

އެންމެ ފަހުން ގޮސް ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު ޖަވާބު ދެއްވަމުން ދަނިކޮށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުގެ ފޯނަށް 17:56 ހާއިރު މެސެޖެއް އާދެ އެވެ. އެ މެސެޖު ކިޔުއްވުމަށް ފަހު ޝަފީގު ވާހަކަ ދައްކަމުން ދިޔަ ޕޯޑިއަމްގައި ފޯނު ބޭއްވި އެވެ. ޝަފީގު އެ މެސެޖު ވިދާޅުވާނެ ކަމަށް ބެލެވެ އެވެ.

ނަމަވެސް, ޝަފީގު އެ މެސެޖު ޕޯޑިއަމްގައި ވިދާޅުނުވުމުން ޝަފީގަށް ފަހު ޕޯޑިއަމް ކައިރިއަށް ވަޑައިގެން ވަރަށް ސާފުކޮށް ނޫސްވެރިން ތަކުރާރުކޮށް ކުރަމުންދިޔަ ސުވާލަށް ސައީދު ޖަވާބު ދެއްވި އެވެ.

"ބީއެމްއެލްއިން މިއަދު އަމަލު އެ ކުރީ ސީދާ ރައީސް އެކަން އެގޮތަށް ނުކުރަން ހަމަ އަންގާފައި އޮއްވައި. އަޅުގަނޑު ވާހަކަ ނިންމާލަމުން އެ ވާހަކަ ފާހަގަ ނުކުރެވި އޮތީމައި," ސައީދު ވިދާޅުވި އެވެ.

އެއީ, އެ ނިންމުން ބަދަލުކުރަން ރައީސް އެންގެވިކަން ސަރުކާރުން ހާމަކުރި ފުރަތަމަ ފަހަރެވެ.

އެއާއެކު, މުޅި ސޯޝަލް މީޑިއާގައި ސަރުކާރުގެ އެކައުންޓުތަކުންނާއި ބޮޓް ފާމްތަކުން އެއީ ބޭންކުން ރައީސްއާ ދެކޮޅަށް ނިންމި ނިންމުމެއް ކަމަށް ބުނަމުންދިޔަ އެވެ. ސަރުކާރުން ނޮމިނޭޓުކޮށްގެން އައްޔަނުކޮށްފައި ތިބި ބޭންކުގެ ޑިރެކްޓަރުންނާ ދެކޮޅަށް ސަރުކާރުން ރޭވި އިންތިޒާމުވެގެން ސޯޝަލް މީޑިއާގައި މަސައްކަތްތަކެއް ފެށި އެވެ.

އޮގަސްޓު 26

ޖެހިގެން އައި އޮގަސްޓު 26, ގެ ހެނދުނުން ފެށިގެން ސަރުކާރުގެ ބައެއް އިސްވެރިންނާއި ސަރުކާރަށް ތާއިދުކުރާ މީހުން ގެންދިޔައީ ބޭންކުގެ ނިންމުމަކީ "ފައިނޭންޝަލް ކޫ" ނުވަތަ މާލީ ބަގާވާތެއް ކަމަށް ބުނަމުންނެވެ. ސަރުކާރުގެ ބައެއް ނޫސްތަކުން އެފަދަ ރިޕޯޓުތަކާއި ހަބަރުތައް ވެސް އެ ދުވަހު ގެނެސްދިނެވެ.

އެ ދުވަހުގެ ރެއަށް ޕީއެންސީގެ ޖަލްސާއެއް ތާވަލުކޮށް ދިޔައީ ޕްރޮމޯޓް ކުރަމުންނެވެ. ސަރުކާރުގެ ރަސްމީ އިދާރާއަކުން އެއްވެސް ވަރަކަށް މާލީ ބަގާވާތެއްގެ ވާހަކަ އެ ހިސާބަށް ގެނެސްފައި ނުވެ އެވެ.

ކޮންމެއަކަސް އެެރޭ 20:45 ގައި ޕީއެންސީގެ ޖަލްސާ ފެށި އެންމެ ފުރަތަމަ ވާހަކަ ދައްކަވަން އަރާވަޑައިގެންނެވި ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ފުރަތަމަ ފަހަރަށް އެއީ މާލީ ބަގާވާތެއް ކަމަށް ވިދާޅުވި އެވެ. އިދިކޮޅު ފަރާތްތަކުން މާލީ ބަގާވާތެއް ގެންނަން އުޅުނު ކަމަށް ޝިޔާމް ވިދާޅުވީ 20:53 ގަ އެވެ.

އޭނާ އެހެން ވިދާޅުވިތާ 10 މިނެޓު ނުވަނީސް އަދި ޕޯޑިއަމްގައި ޝިޔާމް ހުންނަވަނިކޮށް އެރޭ 21:04 ގައި ފުލުހުން ނޫސްބަޔާނެއް ޝާއިއުކޮށް ބީއެމްއެލް މެދުވެރިކޮށް ބަގާވާތަކުން ސަރުކާރުން ވައްޓާލަން އުޅުނު މައްސަލައެއް ތަހުގީގު ކުރަމުންދާކަން ހާމަކުރި އެވެ.

އެ ޖަލްސާގެ ތެރެއިން ރައީސް މުއިއްޒު ބޭންކުގެ ޑިރެކްޓަރުންގެ ނިންމުމަކީ ބަގާވާތެއް ކަމަށް ވިދާޅުވީ 22:10 ހާއިރު އެވެ. ތަފްސީލެއް ނުދެއްވަ އެވެ. ތުހުމަތު ކުރަނީ ކޮން ބަޔަކަށް ކޮން ގޮތަކަށް ސަރުކާރު ވައްޓާލަން އުޅުން ކަމެއް ވިދާޅެއް ނުވެ އެވެ.

އެ ހިސާބުން ފެށިގެން މިވަގުތާ ހަމައަށް ވެސް ބަގާވާތާ ގުޅިގެން އެއްވެސް މީހަކާ ސުވާލުކޮށް އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox