ޑޮލަރު ދޫކުރުމުގައި އިސްކަންދޭނީ ރައްޔިތުންނާ ގުޅުން ހުރި ކަންކަމަށް ރިއާޔަތްކުރާ ބޭންކްތަކަށް: އެމްއެމްއޭ

އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރު. އެމްއެމްއޭގެ ބަޔާނުގައި ބުނެފައި ވަނީ ބީއެމްއެލްގެ ނިންމުމަކީ ރައްޔިތުންނާއި ވިޔަފާރިތަކަށް ފަހި ނިންމުމެއް ނޫން ކަމަށް -- ފޮޓޯ: އެމްއެމްއޭ

އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރު. އެމްއެމްއޭގެ ބަޔާނުގައި ބުނެފައި ވަނީ ބީއެމްއެލްގެ ނިންމުމަކީ ރައްޔިތުންނާއި ވިޔަފާރިތަކަށް ފަހި ނިންމުމެއް ނޫން ކަމަށް -- ފޮޓޯ: އެމްއެމްއޭ

ބޭންކް އޮފް މޯލްޑިވްސް ނޫން އިތުރު ބޭންކުތަކުން ވެސް ޑެބިޓު ކާޑުން ޑޮލަރުގެ ހިދުމަތް ދޭކަން ފާހަގަކޮށް ކުރިއަށް އޮތްތަނުގައި ބޭންކުތަކަށް ދޫކުރާ ޑޮލަރުގެ ނިސްބަތް ކަނޑައަޅާއިރު ރައްޔިތުންނާ ގުޅުންހުރި ކަންކަމަށް ރިއާއަތް ކުރާ ބޭންކުތަކަށް އިސްކަން ދޭނެ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފި އެވެ.

އެމްއެމްއޭއިން ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ އޮތޯރިޓީން ބޭންކުތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު އަހަރު އަހަރަށް އިތުރު ކުރަމުން ގެންދާ ކަމަށެވެ. އެގޮތުން 2022 ވަނަ އަހަރު ބޭންކުތަކަށް 267 މިލިއަން ޑޮލަރު އަދި، މިދިޔަ އަހަރު 307 މިލިއަން ޑޮލަރު ބޭންކުތަކަށް އެމްއެމްއޭއިން ދޫކުރި ކަމަށް އެ ބަޔާނުގައި ބުންޏެވެ.

"މީގެ ތެރެއިން ވެސް ބޮޑު ބައެއް ދޫކޮށްފައި ވަނީ ބީއެމްއެލްއަށް ކަން ފާހަގަކުރަން. މި ފުރުސަތުގައި ބޭންކް އޮފް މޯލްޑިވްސްގެ އިތުރުން ރުފިޔާ ޑެބިޓް ކާޑުން ޑޮލަރުގެ މުއާމަލާތްކުރެވޭ ގޮތަށް ބައެއް އެހެން ބޭންކުތަކުންވެސް ކުރިއަށް ގެންދާކަން ފާހަގަ ކުރަން." އެ ބަޔާނުގައި ބުންޏެވެ.

"އަދި ކުރިއަށް އޮތްތަނުގައި އެމްއެމްއޭ އިން ބޭންކުތަކަށް ދޫކުރާ ޑޮލަރުގެ ނިސްބަތް ކަނޑައެޅުމުގައި ރައްޔިތުންނާ ގުޅުންހުރި މިފަދަ ކަންކަމަށް ރިއާޔަތްކުރާ ބޭންކުތަކަށް އިސްކަންދެވޭނެ."

ނުސީދާ އިންޒާރެއް ބީއެމްއެލްއަށް އަމާޒުވާ ގޮތަށް އެމްއެމްއޭއިން ނެރުނު ބަޔާނުގައި ބުނީ ޑޮލަރު ލިމިޓުތަކަށް ބީއެމްއެލުން މިއަދު ގެނައި ބަދަލަކީ ރައްޔިތުންނާއި ވިޔަފާރިތަކަށް ފަހި ބަދަލެއް ނޫން ކަމަށެވެ. އެ ނިންމުން ބަދަލު ކުރަން ބީއެމްއެލްއަށް އިރުޝާދު ދިނީ އެ ސަބަބާ ހުރެ ކަމަށް އެމްއެމްއޭއިން ބުނެފައިވެ އެެވެ.

ބީއެމްއެލްއަށް ކާޑުގެ މުއާމަލާތްތައް މެނޭޖު ކުރުމުގައި ގޮންޖެހުންތަކެއް ހުރި ނަމަވެސް މާލީ ގޮތުން އެ ބޭންކު އޮތީ ވަރަށް ރަނގަޅު ހާލަތެއްގައި ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.

އެމްއެމްއޭއިން ބުނީ ކޮވިޑު 19 ގެ އާލަމީ ވަބާއަށްފަހު ސަރުކާރުގެ ކޭޝްފްލޯ މެނޭޖު ކުރުމަށްޓަކައި ފައިސާ ޗާޕު ކުރުމުގެ ސަބަބުން ބޭންކިން ނިޒާމުގައި ބޭރު ފައިސާއަށްވުރެ ދިވެހި ފައިސާ (ސާޕްލަސް ލިކުއިޑިޓީ) އިތުރުވި ކަމަށެވެ. އެގޮތުން މިދިޔަ ޖުލައި މަސް ނިމުނުއިރު، ބޭންކިން ނިޒާމުގައި ސާޕްލަސް ލިކުއިޑިޓީ އެވަރެޖުކޮށް 6.7 ބިލިއަން ހުރި ކަމަށް އެމްއެމްއޭއިން ބުންޏެވެ.

"މީގެ ތެރެއިން ބޮޑު ބައެއް ހިއްސާ ކުރަނީ ބީއެމްއެލްއެވެ. ސަރޕްލަސް ލިކުއިޑިޓީގެ ބޮޑުބައެއް ޕާސަނަލް ލޯނުގެ ގޮތުގައި ބޭންކުތަކުން ދޫކޮށްފައިވާކަން ވެސް ފާހަގަކުރެވެއެވެ. މިގޮތުން ބޭންކިން ނިޒާމުގެ ތެރެއިން ދޫކޮށްފައިވާ ޕާސަނަލް ލޯނުގެ މިންވަރު 2019 ވަނަ އަހަރު ނިމުނު ހުރީ 2.9 ބިލިއަން ރުފިޔާގައެވެ." އެމްއެމްއޭގެ ބަޔާނުގައި ބުނެފައިވެ އެވެ.

އެމްއެމްއޭއިން މިފަދަ ބަޔާނެއް ނެރެފައި މިވަނީ ޑޮލަރުގެ މުއާމަލާތްތަކުގެ ލިމިޓަށް ބީއެމްއެލްއިން މިއަދު ގެނައި ބަދަލު އެ އޮތޯރިޓީގ އިރުޝާދުގެ ދަށުން އުވައިލުމާ ގުޅިގެންނެވެ.

ބީއެމްއެލްއަށް ޑޮލަރު ލިބުން ދަތިވެ، ރުފިޔާ ކާޑުތަކުން ކުރެވޭ ޑޮލަރު މުއާމަލާތްތައް އެއްކޮށް ކަނޑާލައި ކުރިން ދޫކޮށްފައިވާ ކްރެޑިޓް ކާޑުތަކުގެ ލިމިޓު 100 ޑޮލަރަށް ކުޑަ ކުރަން އެ ބޭންކުގެ ޑިރެކްޓަރުންގެ ބޯޑުން ނިންމީ އިއްޔެ އެވެ. އެ ނިންމުމާ އެއްގޮތަށް އަމަލު ކުރަން ފެށިކަން މިއަދު ހެނދުނު އެ ބޭންކުން އިއުލާނު ވެސް ކުރި އެވެ.

ޑޮލަރުގެ ލިމިޓަށް ބަދަލު ގެންނަން ބީއެމްއެލުން ނިންމީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސީދާ އެންގެވުމާ ދެކޮޅަށް ކަމަށް ސަރުކާރުން ވެސް މިއަދު ވަނީ ބުނެފަ އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ފިނޭންސް މިނިސްޓަރު، ޑރ. މުހައްމަދު ޝަފީގު ޖަވާބު ދެއްވަމުން ދަނިކޮށް މިނިސްޓަރު ސައީދުގެ ފޯނަށް ލިބިވަޑައިގެންނެވި މެސެޖަކަށްފަހު މައިކު ކައިރިއަށް ވަޑައިގެން ސައީދު ވިދާޅުވީ ބީއެމްއެލްއިން މިއަދު އަމަލު ކުރީ ސީދާ ރައީސް އެކަން އެގޮތަށް ނުކުރަން އަންގާފައި އޮއްވައި ކަމަށެވެ.

އެ މައުލޫގައި ވާހަކަދައްކަވަމުން ފޮރިން މިނިސްޓަރު، މޫސާ ޒަމީރު ވިދާޅުވީ ބީއެމްއެލުން ޑޮލަރުގެ މުއާމަލާތްތައް ލިމިޓު ކުރަން ނިންމުމުގެ ކުރިން ސަރުކާރާ އެކު މަޝްވަރާތަކެއް ކުރި ކަމަށެވެ. ނަމަވެސް މިއަދު ބޭންކުން ނިންމި ނިންމުމަކީ ސަރުކާރުގެ ލަފަޔާ ހިލާފަށް ނިންމި ނިންމުމެއް ކަމަށް ޒަމީރު ވެސް ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox