ޑޮލަރު ލިމިޓު ކުރަން ބީއެމްއެލްއިން ނިންމީ ރައީސް މުއިއްޒުގެ ސީދާ އެންގެވުމާ ހިލާފަށް: ސަރުކާރު

ކެބިނެޓު ބައްދަލުވުމެއްގައި އިކޮނޮމިކް މިނިސްޓަރު، ސައީދުއާއި ބަންޑާރަ ނައިބު އުޝާމް -- ފޮޓޯ: ރައީސް އޮފީސް

ކެބިނެޓު ބައްދަލުވުމެއްގައި އިކޮނޮމިކް މިނިސްޓަރު، ސައީދުއާއި ބަންޑާރަ ނައިބު އުޝާމް -- ފޮޓޯ: ރައީސް އޮފީސް

ރުފިޔާ ކާޑުތަކުން ޑޮލަރުގެ މުއާމަލާތް ނުކުރެވޭ ގޮތަށް މިއަދު ބޭންކް އޮފް މޯލްޑިވްސްއިން ބަދަލު ގެނައީ ރައީސް ޑރ. މުހައްމަދު މުއިއްޒު ސީދާ އަންގަވާފައި އޮތް ގޮތާ ހިލާފަށް ކަމަށް އިކޮނޮމިކް މިނިސްޓަރު، މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ފިނޭންސް މިނިސްޓަރު، ޑރ. މުހައްމަދު ޝަފީގު ޖަވާބު ދެއްވަމުން ދަނިކޮށް މިނިސްޓަރު ސައީދުގެ ފޯނަށް ލިބިވަޑައިގެންނެވި މެސެޖަކަށްފަހު މައިކު ކައިރިއަށް ވަޑައިގެން ސައީދު ވިދާޅުވީ ބީއެމްއެލްއިން މިއަދު އަމަލު ކުރި ގޮތަށް އަމަލު ނުކުރަން ރައީސް އެންގެވި ވާހަކަ ދަންނަވަން ކުރިން "ހަނދާން ނެތުނީ" ކަމަށެވެ.

"ބީއެމްއެލްއިން މިއަދު އަމަލު އެ ކުރީ ސީދާ ރައީސް އެކަން އެގޮތަށް ނުކުރަން އަންގާފައި އޮއްވައި،"

އޭނާ ވިދާޅުވީ ބީއެމްއެލްއިން މިއަދު ނިންމި ގޮތަށް އަމަލު ނުކުރަން ރައީސް އެންގެވީ އެތައް ބައިވަރު ކިޔަވާ ކުދިންނާޢި އިމްޕޯޓު ވިޔަފާރި ކުރާ އެތައް ބައެއްގެ ހައްގުގައި ކަމަށެވެ.

އެ މައުލޫގައި ވާހަކަދައްކަވަމުން ފޮރިން މިނިސްޓަރު، މޫސާ ޒަމީރު ވިދާޅުވީ ބީއެމްއެލުން ޑޮލަރުގެ މުއާމަލާތްތައް ލިމިޓު ކުރަން ނިންމުމުގެ ކުރިން ސަރުކާރާ އެކު މަޝްވަރާތަކެއް ކުރި ކަމަށެވެ. ނަމަވެސް މިއަދު ބޭންކުން ނިންމި ނިންމުމަކީ ސަރުކާރުގެ ލަފަޔާ ހިލާފަށް ނިންމި ނިންމުމެއް ކަމަށް ޒަމީރު ވެސް ވިދާޅުވި އެވެ.

"ކުރީގައި ވެސް ވާހަކަދެކެވިފައި އޮތީ ތިޔަ ވިދާޅުވާހެން އިނގޭތޯ، އެކަމަކު ބޭންކުން އޭރުގައި މަޝްވަރާ ކުރެވުނު ގޮތަކަށް ނޫން ނޫނިއްޔާ އަޅުގަނޑުމެން ލަފާ އެރުވި ގޮތަކަށް ނޫން ބޭންކުން އެކަން ކުރައްވާފައި އެއޮތީ،" ޒަމީރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ބީއެމްއެލްގެ އެންމެ ބޮޑު ހިއްސާދާރަކީ ސަރުކާރު ކަމަށް ވާތީ އެ ބޭންކަށް ކުރިމަތިވާ ދަތިތަކަށް ހައްލެއް ހޯދައި ދިނުމަކީ ސަރުކާރުން ވަރަށް އިސްކަމެއް ދޭ ކަމެއް ކަމަށެވެ. އަދި، މިއަދުގެ ނިންމުމާ ގުޅިގެން ވެސް ބީއެމްއެލްގެ ހުރި ދަތިތަކަކީ ކޮބައިތޯ ބަލައި ހައްލެއް ހޯދައި ދިނުމުގެ މަޝްވަރާތައް ކުރެވުނު ކަމަށް ޒަމީރު ވިދާޅުވި އެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ބަންޑާރަ ނައިބު، އަހުމަދު އުޝާމް ވިދާޅުވީ ބީއެމްއެލްއިން މިއަދުގެ ނިންމުން ނިންމުމުގެ ކުރިން ސަރުކާރުގެ އިކޮނޮމިކް ކައުންސިލާ ވެސް ބައްދަލު ކުރި ކަމަށެވެ. ނަމަވެސް އެ ބައްދަލުވުމުގައި ވެސް މިއަދު ބީއެމްއެލުން ނިންމި ގޮތަށް ނިންމަން ލަފަޔެއް ނުދޭ ކަމަށް އުޝާމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ބީއެމްއެލުން މިއަދު ނިންމި ނިންމުން ބަދަލު ކުރަން ނިންމީ އެ ބޭންކަށް ކުރިމަތިވެފައިވާ ދަތިތަކަށް ހައްލެއް ގުޅިގެން ހައްލު ހޯދައި ދިނުމަށް ސަރުކާރާއި އެމްއެމްއޭއިން މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ދިނުމުން ކަމަށެވެ.

ޑޮލަރު މުއާމަލާތްތަކުގެ ލިމިޓަށް ބީއެމްއެލުން މިއަދު ގެނައި ބަދަލު އުވައިލަން އެ ބޭންކުން ނިންމީ ދާދި ދެންމެއަކު އެވެ. ނިންމުން ބަދަލު ކުރީ އެމްއެމްއޭގެ އިރުޝާދުގެ ދަށުން ކަމަށް ވެސް ބީއެމްއެލުން ބުންޏެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox