ރުފިޔާ ކާޑުތަކުން ޑޮލަރު ނުކެނޑޭ ގޮތް ހެދުމަކީ ވަރަށް އުނދަގޫވި ނިންމުމެއް: ކާލް ސްޓުމްކެ

ބީއެމްއެލްގެ ސީއީއޯ، ކާލް ސްޓުމްކެ. އޭނާ ވިދާޅުވީ ބޭންކަށް ގަންނަން ނުލިބޭ އެއްޗެއް ނުވިއްކޭނެ ކަމަށް -- ފޮޓޯ: އަދަދު

ބީއެމްއެލްގެ ސީއީއޯ، ކާލް ސްޓުމްކެ. އޭނާ ވިދާޅުވީ ބޭންކަށް ގަންނަން ނުލިބޭ އެއްޗެއް ނުވިއްކޭނެ ކަމަށް -- ފޮޓޯ: އަދަދު

ބޭންކް އޮފް މޯލްޑިވްސްގެ ރުފިޔާ ކާޑުތަކުން ކުރެވޭ ޑޮލަރު މުއާމަލާތްތައް އެއްކޮށް ކަނޑާލައި ކުރިން ދޫކޮށްފައިވާ ކްރެޑިޓް ކާޑުތަކުގެ ލިމިޓު 100 ޑޮލަރަށް ކުޑަ ކުރަން ނިންމީ މި ހާލަތަށް ރިއާއަތްކޮށް ކަމަށާއި އެއީ ވަރަށް އުނދަގޫވި ނިންމުމެއް ކަމަށް އެ ބޭންކުގެ ސީއީއޯ، ކާލް ސްޓުމްކެ ވިދާޅުވެއްޖެ އެވެ.

ބީއެމްއެލުން ގެނައި ބަދަލާ ގުޅިގެން އެ ބޭންކުގެ މުވައްޒަފުންނަށް ކާލް ފޮނުއްވި އިންޓާނަލް މެސެޖެއްގައި ވިދާޅުވީ ރުފިޔާ އެކައުންޓުތަކުގައި ހުންނަ ފައިސާ ބޭނުން ކޮށްގެން ރާއްޖެއިން ބޭރަށް މުއާމަލާތު ކުރުމުގައި ކަސްޓަމަރުން އެ ބޭނުން ކުރަނީ އަމިއްލަ ޑޮލަރެއް ނޫން ކަމަށެވެ.

އެގޮތަށް ކުރާ މުއާމަލާތްތަކަށް، ކާޑު ނެޓުވޯކުތަކަށް ބޭންކުން ފައިސާ ދައްކަން ޖެހެނީ ޑޮލަރުން ކަމަށާއި އެގޮތަށް ފައިސާ ދެއްކުމަށް ބޭނުން ކުރާ ޑޮލަރު ހޯދުމަށް ދަތިތަކެއް ހުންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

"މި ހާލަތުގައި ބޭންކަށް އޮތީ ބޭންކަށް ނުލިބޭ އެއްޗެއް ހޭދަ ނުކުރުމެވެ. މި އަހަރަށް އެކަނި ބަލައިލިޔަސް ކަސްޓަމަރުންގެ އަތުން ގަންނަން 60 މިލިއަން ޑޮލަރު ލިބުނުއިރު، އޭގެ ތިން ގުނަ ބޭންކުން ހޭދަ ކުރަން ޖެހުނެވެ." ކާލްގެ މެސެޖުގައި ވިދާޅުވި އެވެ.

ބޭންކުގެ ނިންމުމަކީ ކަސްޓަމަރުންނަށް ދަތިތަކެއް ކުރިމަތިވާނެ ނިންމުމަކަށް ވާތީ އެއީ ބޭންކަށް ނިންމަން އުނދަގޫވި ނިންމުމެއް ކަމަށް ކާލް ވިދާޅުވި އެވެ.

"ބޭންކުގައި ނެތް އެއްޗެއް ބޭންކަށް ނުވިއްކޭނެ، ކަސްޓަމަރުން ބީއެމްއެލް ނޫން އެހެން ފަރާތްތަކަށް ބޭރު ފައިސާ ވިއްކަމުންދާހާ ހިނދަކު ކަސްޓަމަރުންނަށް ވިއްކާނެ ޑޮލަރެއް ބޭންކުގައި ނުހުންނާނެއެވެ." ކާލް ވިދާޅުވި އެވެ.

ކާޑު ލިމިޓުތަކަށް ގެނައި ބަދަލުތައް

  • މިހާރު ދޫކޮށްފައިވާ ޑެބިޓް ކާޑުތައް: ކާޑުގެ ޕްރައިމަރީ އެކައުންޓް ރުފިޔާ އެކައުންޓުގެ ގޮތުގައި ކަނޑައަޅާފައިވާނަމަ ރާއްޖޭން ބޭރުގެ މުއާމަލާތް ކުރުމަށް އެއްވެސް އަދަދެއް ނުލިބޭނެ,
  • މިއަދުން ފެށިގެން އަލަށް ދޫކުރާ ޑެބިޓް އަދި ކްރެޑިޓް ކާޑުތައް: ކާޑުގެ ޕްރައިމަރީ އެކައުންޓް ރުފިޔާ އެކައުންޓުގެ ގޮތުގައި ކަނޑައަޅާފައިވާނަމަ ރާއްޖޭން ބޭރުގެ މުއާމަލާތް ކުރުމަށް އެއްވެސް އަދަދެއް ނުލިބޭނެ,
  • މިހާރު ދޫކޮށްފައިވާ ސްޓޭންޑަރޑް އަދި ގޯލްޑް ކްރެޑިޓް ކާޑުތައް: މަހެއްގެ މައްޗަށް ކުރެވޭ ރާއްޖޭން ބޭރުގެ މުއާމަލާތްތައް 100 ޑޮލަރަށް ދަށްކުރުމެވެ.

މި ބަދަލުތައް ގެނައީ ބޭންކަށް ޑޮލަރު ލިބުން ދަތިވެ ގަންނަން ލިބޭ ޑޮލަރަށް ވުރެ އިތުރަށް ބޭންކުން ވެސް ޑޮލަރު ހޭދަކުރަން ޖެހުމުގެ ސަބަބުންނެވެ.

ތަފާސްހިސާބަށް ބަލާއިރު ކާޑުތައް ބޭނުންކޮށްގެން މައިގަނޑުކޮށް ކުރާ ދަތުރުތަކާއި އޮންލައިން ވިޔާފާރިތަކަށް ވުރެ އިގްތިސާދީ މުހިންމު ހަރަކާތްތަކަށް ބޭންކުން ހޭދަކުރާ ބޭރު ފައިސާގެ މިންވަރު 75 ޕަސެންޓު ދަށް ކަމަށް ވެސް ބޭންކުން ބުނެފައިވެ އެވެ.

ގައުމުގެ މާލީ ހާލަތު ދަށަށް ދިޔުމާއި އެ ނޫން ވެސް އިތުރު ބައެއް ސަބަބުތަކާ ހުރެ، ޑޮލަރުގެ އަގު އުފެލުމުން ގޮސް ކަޅު ބާޒާރުގައި ޑޮލަރެއްގެ އަގު މިހާރު ހުރީ 18.50 ގަ އެވެ. ވިއްކާ އަދަދަށްވުރެ ޑޮލަރު ގަންނަން ލިބޭ އަދަދު މަދުވުމުގެ ސަބަބުން "އުނދަގޫ ނިންމުންތަކެއް" ނިންމަން ޖެހިދާނެ ކަމަށް ބީއެމްއެލްގެ ސީއީއޯ ކާލް ސްޓުމްކެ މީގެ ކުރިން ވިދާޅުވެފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox