ސަރުކާރުގެ އޮފިޝަލުންނާއި އެކްޓިވިސްޓުންނަށް ގޯސްވީ ސަރުކާރުގެ މެޖޯރިޓީ ހިއްސާ އޮންނަ ބީއެމްއެލް

ސަރުކާރުގެ އޮފިޝަލުންނާއި އެކްޓިވިސްޓުންނަށް ގޯސްވީ ސަރުކާރުގެ މެޖޯރިޓީ ހިއްސާ އޮންނަ ބީއެމްއެލް

ޑޮލަރު ލިބުން ދަތިވެ، ރުފިޔާ ކާޑުތަކުން ކުރެވޭ ޑޮލަރު މުއާމަލާތްތައް އެއްކޮށް ކަނޑާލައި ކުރިން ދޫކޮށްފައިވާ ކްރެޑިޓް ކާޑުތަކުގެ ލިމިޓު 100 ޑޮލަރަށް ކުޑަކުރަން ނިންމި ނިންމުމާއެކު ސަރުކާރުގެ އޮފިޝަލުންނާއި ޕީއެންސީގެ އެކްޓިވިސްޓުން ދައުލަތުގެ ބޭންކު، ބޭންކު އޮފް މޯލްޑިވްސްއަށް ފާޑުކިޔަން ފަށައިފި އެވެ.

ބީއެމްއެލް އިން މި ނިންމުން އިއުލާނުކުރީ މިއަދު އެވެ. އެއާއެކު ގިނަބަޔަކު ދަނީ ސަރުކާރަށާއި ބޭންކަށް ފާޑުކިޔަމުންނެވެ. ނަމަވެސް, ސަރުކާރުގެ އިސް އޮފިޝަލުންނާއި ޕީއެންސީގެ މެންބަރުން ސޯޝަލް މީޑިއާގައި ލިޔަމުންދަނީ، ބޭންކުން އެގޮތަށް ނިންމީ ސަރުކާރަށް އެންގުމެއް ނެތި ކަމަށެވެ.

ނިންމުން އިއުލާނު ކުރުމަށްފަހު، ސަރުކާރުން ވަނީ މަރުކަޒީ ބޭންކު އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރާއި ބީއެމްއެލްގެ ސީއީއޯ، ކާލް ސްޓުމްކެ ރައީސް އޮފީހަށް ގެންގޮސް ބައްދަލުވުމެއް ބާއްވާފަ އެވެ.

އެގޮތުން، ބީއެމްއެލްގެ ބޯޑުގައި ތިބީ އިދިކޮޅު އެމްޑީޕީއަށް ވާގިވެރިވާ ނާގާބިލު މީހުން ކަމަށާއި އެ މީހުން މިހާރުން މިހާރަށް އިސްތިއުފާ ދޭން ޖެހޭ ކަމަށް ސަސްޕެންޝަނުގައި ހުރި ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު، މަރިޔަމް ޝިއުނާ ލިޔެފައިވެ އެވެ.

"ސަރުކާރާ މަޝްވަރާ ކޮށްގެން ނޫނީ ރައްޔިތުންނަށް އަސަރުކުރާ މިފަދަ މުހިންމު ނިންމުންތަކެއް ނުނިންމޭނެ. ބޭންކް އޮފް މޯލްޑިވްސް އާއި ދޭތެރޭ ދިވެހިންގެ ކަންބޮޑުވުންތައް އޮތީ މިއަދަކު އެކަންޏެއް ނޫން،" އޭނާ ލިޔެފައިވެ އެވެ.

އެ ނިންމުން ނިންމާފައި ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް އެންގުމެއް ނެތި ކަމަށް ބުނެ ބައެއް މަޖިލިސް މެންބަރުން ވެސް ގެންދަވަނީ ޓްވީޓު ކުރައްވަމުންނެވެ.

އޭގެއިތުރުން ވެސް ދައުލަތުގެ އެކި މަގާމުތަކުގައި ތިބި މީހުން ދަނީ ބީއެމްއެލް ފާޑުކިޔުން އަމާޒުކުރަމުންނެވެ. މައިގަނޑު ގޮތެއްގައި ވެރިކަންކުރާ ޕީއެންސީގެ އެކްޓިވިސްޓުން ދަނީ ބީއެމްއެލްގެ ނިންމުމަކީ ސިޔާސީ މަގުސަދެއްގައި އިދިކޮޅަށް ފައިދާވާނެ ގޮތަށް ނިންމި ނިންމުމެއް ގޮތުގައި ސިފަކުރަމުންނެވެ.

އަދި، މި ހާލަތަށް ގައުމު ދިޔައީ ނިމިދިޔަ އެމްޑީޕީ ސަރުކާރުގެ ސަބަބުން ކަމަށްވެސް ތަކުރާރުކޮށް، ސަރުކާރުގެ ސަޕޯޓަރުން ދަނީ ބުނަމުންނެވެ.

ބީއެމްއެލްގެ 50.08 ޕަސެންޓު ހިއްސާ އޮންނަ މެޖޯރިޓީ ހިއްސާދާރަކީ ސަރުކާރެވެ. ސަރުކާރުގެ ކުންފުނި އެމްޓީސީސީއަކީ ވެސް ބީއެމްއެލްގެ 4.07 ޕަސެންޓު ހިއްސާދާރެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox