ސިވިލް އޭވިއޭޝަން ފަންޑަށް ލިބެންޖެހޭ 78.9 މިލިއަން ރުފިޔާ ހޯދަން އޭޖީގައި ބުނަނީ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޕާކުކޮށްފައި ހުރި އެއާލައިންތަކެއް: ވައިގެ ދަތުރުފަތުރުގެ ކަންކަން ބަލަހައްޓާ މައި އިދާރާއަކީ ސިވިލް އޭވިއޭޝަން އޮތޯރިޓީ--- ފޮޓޯ: ވީއައިއޭ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޕާކުކޮށްފައި ހުރި އެއާލައިންތަކެއް: ވައިގެ ދަތުރުފަތުރުގެ ކަންކަން ބަލަހައްޓާ މައި އިދާރާއަކީ ސިވިލް އޭވިއޭޝަން އޮތޯރިޓީ--- ފޮޓޯ: ވީއައިއޭ

މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ދަށުގައިވާ "ސިވިލް އޭވިއޭޝަން ފަންޑް" އަށް ލިބެން ޖެހޭ ގިނަ އަދަދެއްގެ ފައިސާ ނުލިބިވާ މައްސަލައިގައި، އެޓާނީ ޖެނެރަލް އޮފީހާ ހަވާލުކޮށްގެން އެ ފައިސާ ހޯދަން މާލިއްޔަތު ކޮމިޓީން ނިންމައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ އޮޑިޓް ރިޕޯޓުތައް ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓުގައި ވަނީ އެ އޮތޯރިޓީއަށް 2012 އިން 2014 ވަނަ އަހަރަށް ލިބެންޖެހޭ 78.9 މިލިއަން ރުފިޔާ ނުލިބިވާ ކަމަށެވެ.

"2012 އިން 2014 ވަނަ އަހަރަގެ ނިޔަލަށް ފަންޑަށް ލިބެންޖެހޭ 119.1 މިލިއަން ރުފިޔާގެ ތެރެއިން އެ އޮތޯރިޓީއަށް ލިބި ހަރަދުކޮށްފައިވަނީ 40.1 މިލިއަން ރުފިޔާ، ބާކީ ލިބެންޖެހޭ 78.9 މިލިއަން ރުފިޔާ އެ ފަންޑަށް ލިބިފައިނުވޭ" އެ ރިޕޯޓުގައިވެ އެވެ.

ސިވިލް އޭވިއޭޝަން ގާނޫނުގައި އޮންނަނީ ރާއްޖޭން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން އެއާޕޯޓު ސާވިސް ޗާޖް ނެގުމާ ބެހޭ ގާނޫނުގެ ދަށުން ނެގޭ ފައިސާގެ ތެރެއިން 2 (ދޭއް) އެމެރިކާ ޑޮލަރަކީ ސިވިލް އޭވިއޭޝަން ފަންޑަށް ލިބޭ ފައިސާ ކަމަށެވެ.

އެއާޕޯޓުން ފުރާ ޕަސިންޖަރުން އަތުން ޓެކުހާއި ފީތައް ނަގަން ފެށި ހިސާބުން އެ ގާނޫނު ވަނީ އުވާލާފަ އެވެ. ނުލިބިވާ ފައިސާއަކީ އެ ގާނޫނު އުވާލުމާ ހަމައަށް ސިވިލް އޭވިއޭޝަނަށް ލިބެން ޖެހޭ ފައިސާ އެވެ.

ގާނޫނު އުވާލުމާއެކީ ކުރިމަތިވާ އަނެއް މައްސަލައަކީ އެ ގާނޫނު އުވާލުމާއެކީ ސިވިލް އޭވިއޭޝަން ފަންޑަށް ފައިސާ ނުލިބޭ މައްސަލަ އެވެ.

މިކަން ހައްލުކުރަން ގާނޫނަށް ބަދަލު ގެނައުމުގެ މަސައްްކަތް އެ އޮތޯރިޓީން ފަށައި، ބިލުގެ ޑްރާފްޓަށް އެޓާނީ ޖެނެރަލްގެ އޮފީހުުގެ ލަފައަށް އެދިފައިވާނެ ކަމަށް އެ އޮތޯރިޓީން މާލިއްޔަތު ކޮމިޓީއަށް ފޮނުވި ސިޓީއެއްގައި ބުނެފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox