ކާނާގެ ރައްކާތެރިކަން ކަށަވަރުކުރަން ބޭނުންވާ ބާރުތައް ލިބިއްޖެ، ދެން ފިޔަވަޅު އަޅާނަން: ހަލީލު

ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް: އާ ގާނޫނުގެ ދަށުން ބާރުތަކެއް ލިބިފައިވާ ކަމަށާއި މާދަމާއިން ފެށިގެން ފިޔަވަޅު އަޅާނެ ކަމަށް ވިދާޅުވި -- ފޮޓޯ: ރައީސް އޮފީސް

ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް: އާ ގާނޫނުގެ ދަށުން ބާރުތަކެއް ލިބިފައިވާ ކަމަށާއި މާދަމާއިން ފެށިގެން ފިޔަވަޅު އަޅާނެ ކަމަށް ވިދާޅުވި -- ފޮޓޯ: ރައީސް އޮފީސް

ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ ގާނޫނުގެ ދަށުން ބާރުތަކެއް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އަށް ލިބިފައިވާ ކަމަށާއި މާދަމާއިން ފެށިގެން ފިޔަވަޅުތައް އަޅަން ފަށާނެ ކަމަށް ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް މިއަދު ވިދާޅުވެއްޖެ އެވެ.

މިކަމާ ގުޅޭ ގޮތުން މައުލޫމާތު ދޭން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހަލީލް ވިދާޅުވީ ގާނޫނު ކުރިން އޮތް ގޮތުން އެމްއެފްޑީއޭއަށް ވަދެވެނީ ހަމައެކަނި ރަޖިސްޓްރީ ކޮށްފައި އޮތް ތަންތަނަށް ކަމަށެވެ. ނަމަވެސް އާ ގާނޫނުގެ ދަށުން ރަޖިސްޓްރީ ނުކޮށް ހުންނަ ތަންތަނަށް ވެސް ވަދެ ފިޔަވަޅު އެޅުމުގެ ބާރު ލިބިފައިވާ ކަމަށެވެ.

"މާދަމާއިން ފެށިގެން، މި ގާނޫނު އިން އެކްޓް ވާ ހިސާބުން ފެށިގެން، ބާރަށް އަންނަ ހިސާބުން ފެށިގެން، ބާރު އެބަ ލިބޭ ގޮސް ބަލާ ފާސްކޮށް އެތަން ބަންދު ކުރުމާއި އަދި ރަނގަޅުކުރާ ހިސާބުން އެތަން ހުޅުވުމަށް ވެސް އެބަ ބާރުތައް އެމްއެފްޑީއޭއަށް ލިބިގެންދޭ،" ހަލީލް ވިދާޅުވި އެވެ.

Advertisement

"ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި އަޅުގަނޑުމެން ފަހަކަށް ނުޖެހޭނަން. ރައްޔިތުންގެ ކާނާގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި އެ އުފައްދާ މީހަކީ ރާއްޖެއިން ބޭރު މީހެއް ނަމަ ޑީޕޯޓް ކުރަން ޖެހޭ މީހެއްނަމަ، ކަމާ ބެހޭ އިދާރާތަކަށް ފޮނުވައި އެކަން ވެސް ކުރާނަން،"

ކަންމަތީ ހުންނަ ފިހާރަތަކުގައި ހުންނަ ބައެއް ކާބޯތަކެތި ޓްރެކު ކުރަން މިހާރު ދަތިތައް ދިމާވަމުން އަންނަ ކަމަށާއި އޭގައި ގޯހެއް ހުއްޓަސް ޒިންމާކުރާނެ ފަރާތެއް ނުހުންނަ ކަމަށް ހަލީލް ވިދާޅުވި އެވެ. އެކަމަކު އެ ގާނޫނުގެ ދަށުން ލިބުނު ބާރުގެ ދަށުން ރައްކާތެރި ނޫން ގޮތަށް ތަކެތި ބަހައްޓައިގެން ވިއްކާނަމަ މީގެ ފަހުން އެތަނެއް ބަންދު ކުރުމުގެ ބާރު ލިބިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ގާނޫނު ތަންފީޒުވެގެންދާ ހިސާބުން ފެށިގެން އިތުރަށް ރަނގަޅު ކުރަންވީ ކަންކަން އެނގިގެންދާނެ. އެހާ ހިސާބުން އިރާދަކުރެއްވިއްޔާ ގާނޫނަށް އިސްލާހު ގެންނަން ޖެހި އިތުރަށް ރަނގަޅު ކުރަން ޖެހޭ ކަންކަން ނޫނީ ރައްޔިތުންގެ ރައްކާތެރިކަން ވަރުގަދަ ކުރުމަށްޓަކައި އިތުރަށް ކުރަން ޖެހޭ ކަންކަން ފާހަގަ ކުރެވޭ މިންވަރަކުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިގެން ބަދަލުތަކެއް ގެންނާނަން،" ހަލީލް ވިދާޅުވި އެވެ.

މިހާތަނަށް ކާބޯތަކެތި ތައްޔާރުކުރާ ތަންތަން މޮނިޓާ ކުރަމުން އައީ ޕަބްލިކް ހެލްތު ގާނޫނުގެ ދަށުން އެޗްޕީއޭއިންނެވެ. އެ އިދާރާއިން މިހާރު ތަންތަން ބަންދުކުރަނީ އާންމު ސިއްހަތުގެ ގާނޫނާ ހިލާފުވެގެންނެވެ.

ހަލީލު ވިދާޅުވީ ދެން މިކަން ކުރާނީ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ ގާނޫނުގެ ދަށުން އެމްއެފްޑީއޭއިން ކަމަށެވެ. އަދި އެކަމަށްޓަކައި ހާއްސަ ގަވާއިދުތައް ހެދި، ތަންތަން ހުންނަން ޖެހޭނެ މިންގަނޑުުތައް ކަނޑައެޅިގެން ދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ގާނޫނު ތަންފީޒު ވެގެންދާއިރު ސާފުތާހިރުކަން ހުންނަންވީ މިންގަނޑުތައް ބަޔާންކުރެވިގެންދާނެ. މި ގާނޫނުގެ ދަށުން ގަވާއިދުތަކެއް ހެދިގެންދާނެ. އެ ގަވާއިދުތަކުގެ އަލީގައި ބަޔާން ކުރެވިގެންދާނެ ކަންމަތީގައި ހުންނަ ފިހާރައިގައި ހުންނަ ގުޅަ ޕެކެޓް އުފެއްދީ ކޮންތާކުންކަން ލޭބަލް ކުރެވޭނެ،" ހަލީލު ވިދާޅުވި އެވެ.

އޭގެ އިތުރުން ރައްޔިތުންގެ ސިއްހީ ރައްކާތެރިކަން ކޮމްޕްރޮމައިޒް ނުކުރާނެކަން ފާހަގަކުރައްވާ ހަލީލް ވިދާޅުވީ ގާނޫނުގެ ދަށުން ތަންތަނާ ގުޅޭގޮތުން ޖިނާއީ ދައުވާ ކުރުމާއި ޖޫރިމަނާ ކުރަން ފުރުސަތު ލިބޭ ކަމަށެވެ.

އެގޮތުން ކުށުގެ ބާވަތުން ތަންތަން 10،000ރ. އިން ފެށިގެން 50،000ރ. އާ ދެމެދު އަދަދެއްގައި ޖޫރިމަނާ ކުރެވޭ ކަމަށާއި އެންމެ ބޮޑު އަދަދަކުން ޖޫރިމަނާ ކުރެވިގެންދާނީ އެއް މިލިއަން ރުފިޔާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެގްރޯނެޓުގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ސިނާނު އައްޔަނުކޮށްފި

މިފްކޯގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި ހިންގާ އެގްރޯނެޓުގެ އެމްޑީގެ މަގާމަށް ސިނާން އައްޔަނުކުރީ ކުރިން އެ މަގާމުގައި ހުންނެވި ހުސައިން ދީދީ ވަކިކުރުމާ ގުޅިގެންނެވެ.

އުތުރުގެ ރަށެއްގައި ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް

ރާއްޖޭގެ އުތުރުގެ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފިއެވެ. ކުޑަކުއްޖެއްގެ މަސްލަހަތު ހިމެނޭތީ، މި ހާދިސާ ހިނގި ރަށާއި އިތުރު ތަފުސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.

ދިވެއްސަކު މަރުވި އެކްސިޑެންޓުގަ ކާރު ދުއްވި މީހާ މެތަށް ޕޮޒިޓިވް

މެލޭޝިއާގައި ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި އުމުރުން 21 އަހަރުގެ ދިވެހި ދަރިވަރަކު މަރުވެފައިވާއިރު، އޭނާ އިން ކާރު ދުއްވި ޑްރައިވަރު ވަނީ މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައެވެ. މި ހާދިސާއާ ގުޅިގެން 37 އަހަރުގެ ޑްރައިވަރު ހައްޔަރުކޮށްފައިވާއިރު، އެކްސިޑެންޓުވި ކާރުގައި ދެން އިން ފަސިންޖަރަށް ބޮޑު އަނިޔާއެއް ލިބިފައެއް ނުވެއެވެ.

ޑޭޓާ ހަބަކަށްވުމުގެ ފުރުސަތު ސަރުކާރުން ގެއްލުވާލައިފި: ފައްޔާޒް

މި މަޝްރޫއު ހުއްޓުނީ ކޭބަލް އޮޕަރޭޝަނަލައިޒް ކުރަން ބޭނުންވާ ފައިސާ މި ސަރުކާރަށް ހަމަޖައްސައިނުދެވުމުން ކަމަށާއި، މީގެ ސަބަބުން އިންޓަނެޓްގެ އަގު ހެޔޮކުރުމަށް އޮތް ދޮރު ބަންދުވާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އައްޑޫގެ ޑްރަގު ލޯޑު، އަބުޗާ ޕެރޯލް ބޯޑުން ދޫކޮށްލައިފި

98 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މައްސަލައިގައި 25 އަހަރަށް ޖަލަށްލާފައިވާ އަބްދުﷲ އިބްރާހިމް (އަބުޗާ)، ގާނޫނާ ހިލާފަށް ޕެރޯލް ބޯޑުން ދޫކޮށްލައިފިއެވެ. ޖަލުތަކާއި ޕެރޯލްގެ ގާނޫނު ބުނާގޮތުން އޭނާއަށް ޕެރޯލްގެ ފުރުސަތު ލިބެންޖެހެނީ ހުކުމުގެ ދެބައިކުޅަ އެއްބައި ކަމަށްވާ 12 އަހަރާއި ބައި ފުރިހަމަކުރުމުން ކަމަށްވިޔަސް، އޭނާ ދޫކޮށްލާފައިވަނީ އެ މުއްދަތު ހަމަނުވަނީހެވެ.

މޮންޓިލިއަން އިންޓަނޭޝަނަލްގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބުނު ކުރީގެ ނައިބު ރައީސް އަދީބުގެ މަސްލަހަތު އޮތް މޮންޓިލިއަން އިންޓަނޭޝަނަލްގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާކުރަން އޭސީސީން ޕީޖީއަށް ފޮނުވައިފިއެވެ. އެ ކުންފުންޏަށް އެސްއޯއެފް މެދުވެރިކޮށް 150,000 ޑޮލަރު ލިބިފައިވާތީ، އެ ފައިސާ އަނބުރާ ހޯދުމަށްވެސް އޭސީސީން ވަނީ އެދިފައެވެ.

އައްޑޫ ހޮސްޕިޓަލުން އަގު ބޮޑުކޮށް ތަކެތި ގަތުމުން ބޮޑު ގެއްލުމެއް

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލަށް ބޭނުންވާ ތަކެތި ގަތުމުގައި ބަލްކް ޑިސްކައުންޓް ނުލިބޭ ގޮތަށް ވަކިވަކި ޔުނިޓް އަގުގައި ތަކެތި ގަތުމާއި، ބީލަންތައް އިވެލުއޭޓް ކުރުމުގައި ގެންގުޅުނު ނުރަނގަޅު އުސޫލުތަކުގެ ސަބަބުން މިލިއަނުން ގެއްލުންވެފައިވާކަން އޮޑިޓާ ޖެނެރަލް އޮފީހުން ފާހަގަކޮށްފައިވޭ.

Newsletter

Get the latest news delivered straight to your inbox