ލެވަކޫސަނުން ޖަރުމަނު ސުޕަ ކަޕް ކާމިޔާބުކޮށްފި

Aug 17, 2024, 9:00 PM
ލެވަކޫސަނުން ޖަރުމަނު ސުޕަ ކަޕް ކާމިޔާބުކޮށްފި

މިއުނިކް (އޮގަސްޓް 18) - ޕެނަލްޓީ ޖަހައިގެން، 4-3 އިން ސްޓުޓްގާޓް ބަލިކޮށް، ބަޔާ ލެވަކޫސަނުން ޖަރުމަނުގެ ސުޕަ ކަޕް ކާމިޔާބުކޮށްފި އެވެ.

މެޗުގެ ބޮޑުބައި ލެވަކޫސަނުން ކުޅުނީ އެއް ކުޅުންތެރިއަކު މަދުކޮށް، އެއީ ފުރަތަމަ ހާފުގެ 37 ވަނަ މިނިޓްގައި ލެވަކޫސަންގެ މާޓިން ޓެރިއާ އަށް ރަތް ކާޑެއް ދެއްކުމުންނެވެ. ލެވަކޫސަންގެ ޓެރިއާ އަށް ރަތެއް ދެއްކިއިރު، މެޗުގެ ސްކޯ އަކީ، 1-1 އެވެ.

މިދިޔަ ސީޒަނުގައި ޖަރުމަނު ލީގާއި ކަޕްގެ ޗެމްޕިއަންކަން ހޯދި ލެވަކޫސަނުން ވަނީ 11 ވަަނަ މިނިޓްގައި، ވިކްޓަ ބޮނިފޭސް ޖެހި ގޯލުންނެވެ. އޭގެ ހަތަރު މިނިޓް ފަހުން ލެވަކޫސަނަށް އެއްވަރުކޮށްދިނީ ކްރިސް ފުހްރިޗް ނެގި ހުރަަހަކުން އެންޒޯ މިލޮޓް އެވެ.

އެ ނަތީޖާގައި އޮވެ، ފުރަތަމަ ހާފު ނިމުނު ކަމުގައި ވިޔަސް، ލެވަކޫސަނަށް ދިޔައީ އުނދަގޫ ކޮށެވެ. އެއީ، މި ފަހަރު ލެވަކޫސަނުން ސޮއިކުރި ޓެރިއާ އަށް ރަތެއް ދެއްކުމުންނެވެ. އޭނާ އަށް ސީދާ ރަތެއް ދެއްކީ ސްޓުޓްގާޓްގެ އެރްމެޑިން ޑެމިރޯވިޗަށް ނުރައްކާތެރި ފައުލެއް ކުރުމުންނެވެ.

ލެވަކޫސަނުގެ ކުޅުންތެރިއަކު މަދުވުމުގެ ފައިދާނަގައި، ސްޓުޓްގާޓުން ވަނީ 63 ވަަނަ މިނިޓްގައި ޑެނިސް އުންޑާވް ޖެހި ގޯލުން ލީޑުނަގައިފަ އެވެ. އެކަމަކު، މެޗުގެ ފުރިހަމަ ވަގުުތު ހަމަވާން ދެ މިނިޓަށް ވެފައި ވަނިކޮށް ޕެޓްރިކް ޝިކް ވަނީ ލަނޑު ޖަހައި، ލެވަކޫސަނަށް އެއްވަރުކޮށްދީފަ އެވެ.

ނަތީޖާ ނެރެން ޕެނަލްޓީ ޖަހަން ޖެހުނުއިރު، ލެވަކޫސަނުން ހަތަރު ޕެނަލްޓީ ވެސް ކާމިޔާބުކުރި އެވެ. އެކަމަކު، ސްޓުޓްގާޓުން ޖެހި ފަސް ޕެނަލްޓީގެ ތެރެއިން، ފެލިކްސް ކްރަޓްޒިގް އާއި ސިލަސް އަތުން ޕެނަލްޓީ ނާކާމިޔާބުވެ އެ ޓީމު ބަލިވީ އެެވެ.

މިއީ، ޒަބީ އަލޮންސޯގެ ކޯޗުކަމުގައި، މިދިޔަ 13 މަސް ދުވަސް ތެރޭގައި، ލެވަކޫސަނުން ހޯދި ތިން ވަނަ ތަށްޓެވެ. ލެވަކޫސަނުގެ ތާރީހުގައި ޖުމްލަ ފަސް ތަށި ހޯދިއިރު، ތިން ތަށި ކާމިޔާބުކުރީ އަލޮންސޯއާ އެކު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox