ހުލާސާކޮށް އިއްޔެ: ބާރު ލިބިވަޑައިގަތުމާއެކު ރަމީޒު "އެއްލައިލުން!"

ފިތުރު އީދާ ދިމާކޮށް، މާލެ ދިއްލުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް މުއިއްޒު، ރަމީޒުއާ ސަލާމް ކުރައްވަނީ. މިއީ ރައީސް މުއިއްޒު އާއި ރަމީޒު، ރަސްމީ އިވެންޓެއްގައި ބައްދަލުވި އެންމެ ފަހު ފަހަރު. -- ފޮޓޯ: ރައީސް އޮފީސް

ފިތުރު އީދާ ދިމާކޮށް، މާލެ ދިއްލުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް މުއިއްޒު، ރަމީޒުއާ ސަލާމް ކުރައްވަނީ. މިއީ ރައީސް މުއިއްޒު އާއި ރަމީޒު، ރަސްމީ އިވެންޓެއްގައި ބައްދަލުވި އެންމެ ފަހު ފަހަރު. -- ފޮޓޯ: ރައީސް އޮފީސް

ރައީސް ޑރ. މުހައްމަދު މުއިއްޒަށް ރިޔާސީ ޓިކެޓު ހޯދައި ދިނުމަށް އެންމެ ބޮޑަށް މަސައްކަތް ކުރެއްވި، އަދި އެ މަނިކުފާނުގެ އެންމެ އަރިސް ބޭފުޅެއްގެ ގޮތުގައި ހުންނެވި ރައީސް އޮފީހުގެ މިނިސްޓަރު، އާދަމް ރަމީޒު މަގާމުން ވަކިކުރިކަން އިއްޔެ ރިޕޯޓުކުރި އެވެ.

އަދަދު ނޫހަށް ކަށަވަރުވެފައިވާ ގޮތުގައި ރަމީޒު ވަޒީފާއިން ވަކިކުރީ ބުދަ ދުވަހު އެވެ. ރައީސް އޮފީހުގެ ވެބްސައިޓުން ރަމީޒުގެ ފޮޓޯ ވަނީ ނަގައިފަ އެވެ. މިކަމާ ގުޅޭ ގޮތުން ރައީސް އޮފީހުގެ ރަސްމީ ބަހެއް ނުލިބުނެވެ.

މިނިސްޓަރެއްގެ ފެންވަރުގައި ހުންނެވި ބޭފުޅަކު ރައީސް މުއިއްޒު ވަކިކުރި މިއީ ފުރަތަމަ ފަހަރެވެ.

ރައީސް އޮފީހުން ބަލަމުންދާ މައްސަލައަކާ ގުޅިގެން މިދިޔަ ޖޫން 27، އިން ފެށިގެން ރަމީޒު ހުރީ ސަސްޕެންޝަނުގަ އެވެ. ނަމަވެސް އޭނާގެ ބަލަމުން ދިޔައީ ކޮން މައްސަލައެއް ކަމެއް ސަރުކާރުން ހާމައެއް ނުކުރެ އެވެ.

ރައީސް މުއިއްޒަށް ރިޔާސީ ޓިކެޓު ހޯދައި ދިނުމަށް އެންމެ ބޮޑަށް މަސައްކަތް ކުރެއްވީ ރަމީޒެވެ. ޕީޕީއެމްއިން ރަމީޒު ވަކިކުރީ ވެސް ރައީސް މުއިއްޒަށް ޓިކެޓު ހޯދައި ދިނުމަށް ސިއްރިޔާތުގައި މަސައްކަތް ކުރަމުން ދިޔަ ކަމަށް ތުހުމަތުކޮށްފަ އެވެ.

ރައީސް މުއިއްޒުގެ "ކަނާތުގެ ގޮތުގައި" ފެނިގެން ދިޔަ ރަމީޒުއާ އޮތް ގުޅުން ދުރުކަން ފާހަގަ ވެގެން ދިޔައީ ނިމިގެން ދިޔައީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ވަކި ހިސާބުންނެވެ. އެ އިންތިހާބުގެ ތެރޭގައި ރައީސް މުއިއްޒުގެ އަރިހުގައި ދަތުރުތަކުގައި ވެސް، އަދި ބައެއް ކެންޑިޑޭޓުންގެ ކެމްޕޭނުގައި ވެސް ރަމީޒު ބައިވެރިވެވަޑައިގަތެވެ.

ރައީސް މުއިއްޒު އާއި ރަމީޒުގެ ގުޅުން ގާތް ވެގެން ދިޔައީ ސިޓީ ކައުންސިލްގެ މޭޔަރަކަށް ހުންނެވި ދުވަސްވަރު އެވެ. އޭރު ސިޓީ ކައުންސިލުގެ އެންމެ ބާރުގަދަ މެންބަރަކަށް ވެސް ހުންނެވީ ރަމީޒު އެވެ. އަދި މުހިއްމު ކޮމިޓީތައް ބެލެހެއްޓުން ހަވާލުކޮށްފައި އޮތީ ވެސް އޭނާއާ އެވެ. ނަމަވެސް، ބާރު ލިބިވަޑައިގަތުމާއެކު ފެނިގެން މިދިޔައީ ރަމީދު ދުރުކޮށްލި ތަނެވެ. ސަބަބެއް، ހާމައެއް ނުކުރެ އެވެ. ބަލަމުން ދިޔައީ ކޮން މައްސަލައެއް ކަމެއް ވެސް ނުބުނެ އެވެ.

މުހިއްމު ބައެއް ހަބަރު

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox