ޒިފްލީނާ ފްލެޓު ބައްލަވައިގެން މައްސަލާގައި ކޮރަޕްޝަންގެ ދައުވާ ކުރުމާ މެދު ގޮތެއް ނިންމަން ޕީޖީއަށް ފޮނުވައިފި

ކުރީގެ ސްޓޭޓް މިނިސްޓަރު ޒިފްލީނާ: އޭނާ ފްލެޓް ބައްލަވައިގެން މައްސަލަ އޭސީސީއަށް ހުށަހެޅީ ޖުލައި 14، ގަ --- ފޮޓޯ: އަދަދު

ކުރީގެ ސްޓޭޓް މިނިސްޓަރު ޒިފްލީނާ: އޭނާ ފްލެޓް ބައްލަވައިގެން މައްސަލަ އޭސީސީއަށް ހުށަހެޅީ ޖުލައި 14، ގަ --- ފޮޓޯ: އަދަދު

ޖެންޑާ މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު ޒިފްލީނާ ހަސަން 3.5 މިލިއަން ރުފިޔާއަށް ފުލެޓެއް ބައްލަވައިގެން މައްސަލާގައި އޭނާގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާ ކުރުމާ މެދު ގޮތެއް ނިންމުމަށް އެ މައްސަަލަ ބެލި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕީޖީ އޮފީހަށް ފޮނުވައިފި އެވެ.

އާންމު ފަރާތަކުން މި މައްސަލަ ފުރަތަމަ ހުށަހަޅާފައިވަނީ ފުލުހުންނަށެވެ. ނަމަވެސް, ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގު ކުރުމުގެ އިހުތިސޯސް އޮންނަނީ އޭސީސީއަށް ކަމަށް ވާތީ ފުލުހުން އެ މައްސަލަ އެ ކޮމިޝަނަށް ހުށެހެޅި އެވެ.

މައްސަލަ ހުށެހެޅިތާ މަސް ދުވަހުގެ ތެރޭގައި ތަހުގީގު ނިންމާ ކޮރަޕްޝަނުގެ ދައުވާ ކުރުމާ މެދު ގޮތެއް ނިންމުމަށް ޕީޖީ އޮފީހަށް ފޮނުވާފައިވާކަން، އޭސީސީގެ މީޑިއާ އޮފިޝަލް ހަސަން މަނިކު "އަދަދު" ކަށަވަރުކޮށްދެއްވި އެވެ.

ނަމަވެސް މިވަގުތު ތަހުގީގުގެ އެއްވެސް ތަފުސީލެއް ދެވެން ނެތް ކަމަށް އޭނާ ވިދާޅުވި އެވެ. މި މައްސަލަ ހުށަހެޅީ ޖުލައި 14، ގަ އެވެ.

މި މައްސަލަ ފެންމަތިވީ ފައިސާ ދެއްކުމުން ފުލެޓުގެ މިލްކުވެރިކަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ޒިފްލީނާގެ ނަން މައްޗަށް ބަދަލުކުރަން ސިވިލް ކޯޓުން ކުރި ހުކުމާ ގުޅިގެންނެވެ. އެއާއެކު މި ސަރުކާރުގެ ގިނަ އޮފިޝަލުންނާއި އާންމުން ދިޔައީ މި މައްސަލަ ބަލަން ޖެހޭނެ ކަމަށް ސޯޝަލް މީޑިއާގައި ބުނަމުންނެވެ.

ސިވިލް ކޯޓުގެ ހުކުމުން އެނގޭ ގޮތުން ޒިފްލީނާ 3.5 މިލިއަން ރުފިޔާއަށް ބައްލަވައިގެންނެވީ 1200 އަކަ ފޫޓުގެ ފުލެޓެކެވެ.

އެމްޑީޕީގެ އެކި މަގާމުތައް މީގެ ކުރިން އަދާކުރެއްވި ޒިފްލީނާއަށް ނިމިދިޔަ އެ ޕާޓީގެ ސަރުކާރުގައި ސްޓޭޓް މިނިސްޓަރުކަން ދިނީ 2019 ގަ އެވެ. އެއަށްފަހު މި އަހަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އޭނާ ވަނީ އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާފަ އެވެ. ނަމަވެސް, އެ ޕާޓީއަށް ބޮޑު ނާކާމިޔާބީއެއް ކުރިމަތިވި އެ އިންތިހާބުގައި ޒިފްލީނާ ވެސް ކާމިޔާބު ލިބިފައި ނުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޮޑު އަގުގައި ޑޮލަރު ވިއްކުމުގެ ތުހުމަތުގައި 3 ބިދޭސީން ބަންދަށް

ހުއްދަނެތި ބޮޑު އަގުގައި ބޭރު ފައިސާ ގަނެވިއްކާ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ ތިން މީހަކު ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ވަނީ އަތުލައިގަނެފަ. މި މީހުން އަތުލައިގަތީ ކަޅު ބާޒާރުގައި ޑޮލަރުގެ މުއާމަލާތްކުރާ ފަރާތްތައް ހޯދުމަށް ސަރުކާރުން އެކުލަވާލާފައިވާ ހާއްސަ ޓާސްކްފޯހަށް ލިބުނު މައުލޫމާތަކާ ގުޅިގެން.

ޖަރުމަނު ކޮންސުލޭޓު ބަންދުކުރީ ސަރުކާރާ ހެދި: ނަޝީދު

ނަޝީދު ތުހުމަތުކުރައްވާފައިވާ ގޮތުގައި ޖަރުމަނު ސަރުކާރުން ރާއްޖޭގައި ހުންނަ އެ ގައުމުގެ ކޮންސިއުލޭޓް ބަންދުކުރީ، އޮނަރަރީ ކޮންސުލްގެ މަގާމަށް ވަކި މީހަކު އައްޔަންކުރުން ދިވެހި ސަރުކާރުން ނުފޫޒު ފޯރުވުމުން.

ޔާމީނަށް ހުކުމް އިއްވުން މި މަހު 29 އަށް ތާވަލުކޮށްފި

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް ނިންމާލައިފި. ޔާމީންގެ ފަރާތުން ހުލާސާ ބަޔާން ހުށަހަޅަމުން ވަކީލުން ވިދާޅުވީ، އެމަނިކުފާނާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކިތަކުގައި ފުށުއެރުންތަކެއް ހުރި ކަމަށާއި ކުށް ސާބިތުވާވަރުގެ ހަރުދަނާ ހެއްކެއް ނެތް ކަމަށް.

މީހުންގެ އަގުވައްޓާލަން އޭސީސީއަށް ހުށަހެޅުން ހުއްޓުވަން އުސޫލެއް

އޭސީސީން ބުނީ އަސާސެއް ނެތް ކަންކަމުގައި މީހުންގެ އަގުވައްޓާލުމަށް ހުށަހަޅާ މައްސަލަތަކުގައި އަމަލުކުރާނެ ހާއްސަ އުސޫލެއް އެކުލަވާލުމުގެ މަސައްކަތް މިހާރު އޮތީ ފަހު މަރުހަލާގައި ކަމަށް. އީޔޫގެ އެހީތެރިކަމާއެކީ އެކުލަވާލާ މި ސްޓްރެޓެޖީގެ ސަބަބުން ނުބައި ނިޔަތުގައި ހުށަހަޅާ މައްސަލަތަކަށް ހައްލެއް ލިބޭނެ ކަމަށް އެ ކޮމިޝަނުން ބުނި.

ގަވާއިދާ ހިލާފަށް ވަދެ އުޅުނު ތިން މަސް ބޯޓު ހިފަހައްޓައިފި

ރާއްޖޭގެ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެ އުޅުނު ބޭރުގެ ތިން މަސް ބޯޓު އަތުލައިގަތީ އެމްއެންޑީއެފް ކޯސްޓްގާޑާއި އެއާ ކޯ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި. އަރިއަތޮޅުގެ ހުޅަނގުން އަތުލައިގަތް މި ބޯޓުތައް މިހާރު މާލެ ސަރަހައްދަށް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުން.

ގޯތި ދޫކުރުމުގެ އުސޫލު ބަދަލުކޮށް ކުރިމަތިލާން ހުޅުވާލައިފި

ކ. ހުރާއިން 150 ގޯތި ދޫކުރުމުގެ އުސޫލަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު އެ ރަށު ކައުންސިލުން އަލުން ވަނީ ހުޅުވާލައިފި. އައު އުސޫލުގެ ދަށުން ރަށުގައި ދިރިއުޅޭ އާއިލާތަކަށާއި އުފަން ރަށްވެހިންނަށް އިސްކަންދޭ ގޮތަށް ޕޮއިންޓް ދިނުމުގެ މިންގަނޑުތަކަށް ވަނީ ބަދަލުތަކެއް ގެނެސްފައި.

ރަސްމާލޭގެ ތަންތަން ދާއިމީކުރުމުގެ ފުރުސަތެއް ނެތް: މުއްތަލިބު

ރަސްމާލެ މަޝްރޫއަކީ އިޒްރޭލު މީހުން ވަޒަންވެރިކުރުވަން ހިންގާ މަޝްރޫއެއް ކަމަށް ބުނެ ދެކެވޭ ވާހަކަތައް ދޮގުކުރައްވައި، މުއްތަލިބު ވިދާޅުވީ ބިންތައް އަބަދުވެސް އޮންނާނީ ދިވެހި ދައުލަތުގެ ފުރިހަމަ ބާރުގެ ދަށުގައި ކަމަށް. އަދި، މި ޝަހަރުގައި ދިވެހިންގެ ނިސްބަތް ގިނަ ކުރަން ތަންތަން ވިއްކާއިރު ދިވެހިންނަށް އިސްކަން ދޭން ކަމަށް އޭނާ ވިދާޅުވި.

Newsletter

Get the latest news delivered straight to your inbox