އިންޑިއާގެ މިނިވަންދުވަހުގެ މަރުހަބާއާއެކީ ރައީސް ފާހަގަކުރެއްވީ ދެ ގައުމުގެ ގުޅުމުން ލިބިފައިވާ ތަރައްގީ

ރައީސް މުއިއްޒު ރާއްޖޭގެ މިނިވަންދުވަހުގެ ޕެރޭޑު ބައްލަވާލައްވަނީ: ރައީސް ވިދާޅުވީ އިންޑިއާއާއެކު އޮތް ގުޅުމުގެ ސަބަބުން ރާއްޖެއަށް ލިބުނީ ތަރައްގީ ކަމަށް --- ފޮޓޯ: ރައީސް އޮފީސް

ރައީސް މުއިއްޒު ރާއްޖޭގެ މިނިވަންދުވަހުގެ ޕެރޭޑު ބައްލަވާލައްވަނީ: ރައީސް ވިދާޅުވީ އިންޑިއާއާއެކު އޮތް ގުޅުމުގެ ސަބަބުން ރާއްޖެއަށް ލިބުނީ ތަރައްގީ ކަމަށް --- ފޮޓޯ: ރައީސް އޮފީސް

އަވަށްޓެރި އިންޑިއާގެ 76 ވަނަ މިނިވަންދުވަހާ ގުޅިގެން އެ ގައުމުގެ ވެރިންނާއި ރައްޔިތުންނަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މަރުހަބާ ވިދާޅުވެއްޖެ އެވެ.

ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސް މުއިއްޒު ވިދާޅުވީ، އިންޑިއާއެކު އޮތް ޒަމާންވީ ގުޅުމާއެކު ރާއްޖެއަށާއި މި ސަރަހައްދަށް ލިބުނީ އަމާންކަމާއި ތަރައްގީ ކަމަށެވެ.

"އިންޑިއާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އެ ގައުމުގެ ރައީސް މުރްމޫ އަދި ބޮޑުވަޒީރު ނަރެންދުރަ މޯދީއަށާއި އެ ގައުމުގެ އެންމެހާ ރައްޔިތުންނަށް މަރުހަބާ ދަންނަވަން،" އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެމަނިކުފާނު ވިދާޅުވި އެވެ.

މި ވެރިކަމުގެ ކުރީކޮޅު އިންޑިއާއާއެކު އޮތް ޒަމާންވީ ގުޅުމަށް ބުރޫ އެރި އެވެ. ނަމަވެސް ރައީސް މިއަދު ވިދާޅުވީ މުސްތަގުބަލުގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށެވެ.

ރައީސް މުއިއްޒުގެ ސަރުކާރުގެ ފުރަތަމަ ދުވަހުން ފެށިގެން އިންޑިއާއާއެކު އޮތް ގުޅުން ދިޔައީ ގޯސްވަމުންނެވެ.

އެގޮތުން ރިޔާސީ އިންތިހާބުގެ ކުރިން އިދިކޮޅުގައި އޮތް އިރު ޕީއެންސީން ކުރިއަށް ގެންދިޔަ އިންޑިއާ އައުޓް ކެމްޕޭނާއި، ފުރަތަމަ ރަސްމީ ދަތުރުގައި އެ ގައުމަށް ވަޑައިނުގަތުމާއި، އިންޑިއާގެ ބޮޑުވަޒީރަށް ތިން ނައިބު ވަޒީރަކު ހަޖޫޖެހުން ވެގެންދިޔައީ ގުޅުން ގޯސްވި ބައެއް ސަބަބުތަކަށެވެ.

އިންޑިއާއާ އެންމެ ވާދަވެރި ޗައިނާއަށް ކުރެއްވި ދަތުރަށްފަހު ސީދާ ރައީސް މުއިއްޒުވެސް އިންޑިއާއަށް ބަހުގެ ހަމަލާތަކެއް ދެއްވި އެވެ.

ނަމަވެސް، ސަރުކާރާއި ރައީސް މިހާރު ގެންދަނީ އިންޑިއާއާއެކު ގުޅުން ބަދަހިކުރަން މަސައްކަތް ކުރަމުންނެވެ. މިދިޔަ ހަފުތާ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމާނިއަމް ޖައިޝަންކަރު ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުގެ ތެރެއިންވެސް މިކަން ފެނިގެންދިޔަ އެވެ.

އޭނާއާ ބައްދަލުކުރުމަށްފަހު ރައީސް ވިދާޅުވީ، އިންޑިއާއާއެކު އޮންނަ ޒަމާންވީ ގާތް ގުޅުން އިތުރަށް ބަދަހިކުރަން މި ސަރުކާރުން ފުރިހަމައަށް އެއްބާރުލުން ދޭނެ ކަމަށެވެ.

"ކުރިއަށް އޮތް އަހަރުތަކުގައި ރާއްޖެއާއި އިންޑިއާގެ ގުޅުން އިތުރަށް ބަދަހިވެ ވަރުގަދަވާތަން ދެކެން އަޅުގަނޑު ބޭނުންވޭ. އަޅުގަނޑު ދެ ގައުމަށްވެސް ކުރިއަށް އޮތްތަނުގައި އެދެނީ ސުލްހަވެރިކަމާއި، އަމާންކަން އަދި ކުރިއެރުން،" އޮގަސްޓު 10، ގައި ރައީސް ވިދާޅުވި އެވެ.

ޖެހިގެން އައި ދުވަހު ރައީސް ވަނީ ޕީއެންސީ-ޕީޕީއެމުން އިސްނަގައިގެން ފެށި އިންޑިއާ އައުޓް ހަރަކާތް މި ވެރިކަމުގައި ކުރިއަށް ގެންދިޔުމުގެ ފުރުސަތު ދެއްވާނަންތޯ ސުވާލު ކުރުމުން، ދިވެހި ސަރުކާރުގެ ހާރިޖީ ސިޔާސަތާ ހިލާފު އެއްވެސް ކަމެއް ހިންގުމުގެ ޖާގަ ނުދެއްވާނެ ކަމަށްވެސް ވިދާޅުވެފަ އެވެ.

އިތުރަށް ކިޔާލުމަށް

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox