ސިވިލް ކޯޓާއި ކްރިމިނަލް ކޯޓުގައި މިއަދު އަޑުއެހުމެއް ނެތް

ސިވިލް ކޯޓު ހިންގާ ޖަސްޓިސް ބިލްޑިން: ކްރިިމިނަލް ކޯޓާއި ސިވިލް ކޯޓުގެ އަޑުއެހުންތައް މިއަދު ނެތް - ފޮޓޯ: އަދަދު ފައިލް

ސިވިލް ކޯޓު ހިންގާ ޖަސްޓިސް ބިލްޑިން: ކްރިިމިނަލް ކޯޓާއި ސިވިލް ކޯޓުގެ އަޑުއެހުންތައް މިއަދު ނެތް - ފޮޓޯ: އަދަދު ފައިލް

ސަރުކާރު ބަންދު ކުރަން ނިންމުމުން ސިވިލް ކޯޓާއި ކްރިމިނަލް ކޯޓުގައި މިއަދު އަޑުއެހުމެއް ތާވަލުނުކުރަން ނިންމައިފި އެވެ.

ސިވިލް ކޯޓުގެ ރަސްމީ އެކްސް އެކައުންޓުން ކުރި ޕޯސްޓެއްގައި ބުނީ "ސިވިލް ކޯޓު ރަސްމީކޮށް މިއަދު ނުހުޅުވާނެ" ކަމަށެވެ. އެ ކޯޓުގެ ރަޖިސްޓްރާ އަބްދުއްސަލާމް ވިދާޅުވީ ކޯޓު ބަންދު ކުރަން ނިންމީ، ކޯޓުގައި އެއްވެސް މައްސަލައެއް މިއަދު ކުރިއަށް ނުގެންދާ ގޮތަށެވެ. އެހެންވެ އަޑުއެހުމެއް ތާވަލުކޮށްފައެއް ނުވެ އެވެ.

ކްރިމިނަލް ކޯޓުން ބުނީ ވިއްސާރައިގެ ސަބަބުން ކޯޓުގެ އިމާރާތަށް ފެނުގެ އަސަރު ވެސް ކޮށްފައިވާ ކަމަށާއި އެހެންވެ މިއަދަށް ކޯޓުން ތާވަލުކޮށްފައިވާ މައްސަލަތަކުގެ އަޑުއެހުންތައް ކެންސަލް ކޮށްފައިވާ ކަމަށެވެ. ނަމަވެސް ބަންދާ މެދު ގޮތެއް ނިންމުމުގެ އަޑުއެހުންތައް އޮންނާނެ ކަމަށް ކޯޓުން ބުންޏެވެ.

ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި މިއަދު ކަނޑައެޅީ، މިދިޔަ ތިން ދުވަހު ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަށް ކުރި ވިއްސާރާގައި 20 އަށް ވުރެ ގިނަ ރަށުގައި ފެން ބޮޑުވެ ދިރިނޫޅެވޭ ވަރަށް ބައެއް ގެތަކަށް ގެއްލުން ލިބުމުންނެވެ. އޭގެ ބޮޑު އަސަރެއްކުރީ މާލެއާއި ހއ. އަތޮޅުގެ މީހުން ދިރިއުޅޭ 14 ރަށަކަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox