ރާއްޖެއިން އިންޑިއާއާއެކު ގުޅުން ބަދަހި ކުރިޔަސް ޗައިނާއަށް މައްސަލައެއް ނެތް: ގްލޯބަލް ޓައިމްސް

ރައީސް މުއިއްޒު އަދި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޖައިޝަންކަރު: ޗައިނާއިން ބުނަނީ ރާއްޖެއިން އިންޑިއާއާއެކު ގުޅުން ބަދަހި ކުރަން އެގައުމުން އެދޭ ކަމަށް -- ފޮޓޯ: ރައީސް އޮފީސް

ރައީސް މުއިއްޒު އަދި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޖައިޝަންކަރު: ޗައިނާއިން ބުނަނީ ރާއްޖެއިން އިންޑިއާއާއެކު ގުޅުން ބަދަހި ކުރަން އެގައުމުން އެދޭ ކަމަށް -- ފޮޓޯ: ރައީސް އޮފީސް

ޗައިނާއިން ބޭނުންވަނީ ދިވެހިރާއްޖެއިން ހަމައެކަނި އެގައުމާއެކު އެކަނި ގުޅުން ބަދަހި ކުރަން ނޫން ކަމަށާއި ރާއްޖެއިން އިންޑިއާއާއެކު ގުޅުން ބަދަހި ކުރުމަކީ ޗައިނާއަށް މައްސަލައެއް ނޫން ކަމަށް އެ ގައުމުގެ ފޮރިން ޕޮލިސީ ތަޖުރިބާކާރަކު އާދީއްތަ ދުވަހު ބުނެފި އެވެ.

ރާއްޖެ/ޗައިނާ ގުޅުމުގެ ސަބަބުން މި ސަރަހައްދުގައި އިންޑިއާގެ ބާރު ކުޑަވާނެ ކަމަށް އިންޑިއާއިން ދެކުނު ނަމަވެސް ޗައިނާއިން ދެކެނީ ރާއްޖެ އާއި ޗައިނާއާ ދެމެދު އޮންނަ ގުޅުމަކީ "އާދައިގެ" ގުޅުމެއްގެ ގޮތުގައި ކަމަށް ސިޗުއާން އިންޓަނޭޝަނަލް ސްޓަޑީޒް ޔުނިވާސިޓީގެ ޕްރޮފެސަރު ލޮންގް ސީންޗަން ވިދާޅުވި އެވެ.

ޗައިނާ ސަރުކާރުގެ ހަބަރުތައް ގެނެސްދޭ ގްލޯބަލް ޓައިމްސް އަށް ދެއްވި އިންޓަވިއުއެއްގައި ސީންޗަން އިތުރަށް ވިދާޅުވީ، ރާއްޖެއިން އިންޑިއާއާއެކު ގުޅުން ބަދަހި ކުރަން ޗައިނާއިން އެދޭ ކަމަށާއި ސައުތު އޭޝިޔާގެ ކުދި ގައުމުތަކުން ވަކި ގައުމުތަކަކާއެކު އެކަނި ގުޅުން ބަދަހި ކުރަން ބާރު އެޅުމަކީ ޗައިނާގެ ޕޮލިސީއެއް ނޫން ކަމަށެވެ.

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމާނިއަމް ޖައިޝަންކަރު މިދިޔަ ހުކުރު ދުވަހު ރާއްޖެ ވަޑައިގަތީ ރާއްޖެ/ޗައިނާ ގުޅުން ވެސް އެޖެންޑާގައި ހިމަނައިގެން ކަމަށް ބައެއް އިންޑިއާ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ކަމަށް ގްލޯބަލް ޓައިމްސް އިން ބުނެ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވި ފަހުން ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮތް ގުޅުން ގޯސްވެފައިވާކަން ވެސް އެ ނޫހުން ފާހަގަ ކުރި އެވެ. އަދި އިންޑިއާއިން ހަދިޔާކޮށްފައިވާ ތިން އޭވިއޭޝަން ޕްލެޓްފޯމް އޮޕަރޭޓު ކުރާ އެ ގައުމުގެ ސިފައިން ރާއްޖެއިން ބޭރު ކުރުމުން އިންޑިއާއިން "ލަދުގަތް" ކަމަށް ވެސް ގްލޯބަލް ޓައިމްސް އިން ބުންޏެވެ.

އޭގެ އިތުރުން، އިންޑިއާއިން ރާއްޖެއާއެކު އޮގް ގުޅުން ބަދަހި ކުރަން ވަރަށް ބޮޑަށް ބޭނުންވާ ކަމަށާއި މިފަހުން ގުޅުމަށް އެރި ލޮޅުމުގެ ތެރެއިން ރާއްޖެ ދުރުކޮށްލައިފި ނަމަ ޗައިނާ އާއި ރާއްޖެ މާ ބޮޑަށް ގާތްވުމުގެ ފުރުސަތު އޮންނާނެކަން އިންޑިއާއިން ގަބޫލު ކުރާ ކަމަށް ވެސް އެ ނޫހުގައި ބުނެފައި އޮތެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox