އިންޑިއާ އައުޓް ހަރަކާތް: ރައީސް ވިދާޅުވީ ހަމަނުޖެހުމަށް ޖާގަ ނުދެއްވާނެ ކަމަށް

ސިޓީ ކައުންސިލުގެ ބެރުގައި ހުންނަވައި "އަދަދު" އަށް ރައީސް އިންޓަވިއެއް ދެއްވަނީ -- ފޮޓޯ: އަދަދު

ސިޓީ ކައުންސިލުގެ ބެރުގައި ހުންނަވައި "އަދަދު" އަށް ރައީސް އިންޓަވިއެއް ދެއްވަނީ -- ފޮޓޯ: އަދަދު

އިންޑިއާ ސިފައިން ރާއްޖޭގައި ގާއިމުވެ ތިބި ކަމަށް ބުނެ ޕީއެންސީ-ޕީޕީއެމުން އިސްނަގައިގެން ފެށި އިންޑިއާ އައުޓް ހަރަކާތް މި ވެރިކަމުގައި ކުރިއަށް ގެންދިޔުމުގެ ފުރުސަތު ދެއްވާނަންތޯ ސުވާލު ކުރުމުން، ދިވެހި ސަރުކާރުގެ ހާރިޖީ ސިޔާސަތާ ހިލާފު އެއްވެސް ކަމެއް ހިންގުމުގެ ޖާގަ ނުދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މާލެ ސިޓީ ކައުންސިލާ ބައްދަލު ކުރެއްވުމަށްފަހު ނުކުމެވަޑައިގެން "އަދަދު" އަށް ރައީސް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ވިދާޅުވީ އެމަނިކުފާނަށް ދިވެހިން ވޯޓު ދިނީ މި ސަރުކާރުގެ ހާރިޖީ ސިޔާސަތު ބަލައިގެންފައި ކަމަށެވެ. އަދި ގައުމު ކުރިއަށް ގެންދާނީ އެ ހާރިޖީ ސިޔާސަތުގެ ދަށުން ކަމަށް ރައީސް ވިދާޅުވި އެވެ.

އެއަށްފަހު ރައީސް ވިދާޅުވީ މި ގައުމަށް ބޭނުންވަނީ ހަމަޖެހުމާއި ތަރައްގީ އާއި ރައްކާތެރިކަން ކަމަށެވެ.

"އެ ތިން ކަންތައް ޔަގީންވާ ގޮތަށް މި ގައުމުގެ ކަންކަން ކުރިއަށް ދާނީ، ކުރިއަށް އޮތް ތަނުގައި، އެއާ ދެކޮޅަށް މި ގައުމުގެ ހަމަޖެހުން ނަގާލަން، މި ގައުމުގެ ތަރައްގީ ހުއްޓުވައިލަން، މި ގައުމުގެ ރައްކާތެރިކަމާއި މިނިވަންކަން ގެއްލޭނެ ގޮތަކަށެއް ދިވެހި ރައްޔިތުން ވެސް ފުރުސަތެއް ނުދޭނެ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މި ސަރުކާރުގެ ހާރިޖީ ސިޔާސަތަކީ ހުރިހާ ގައުމަކާ ވެސް ގުޅިގެން ކުރިއަށް ދިޔުން ކަމަށެވެ.

އިންޑިއާ އައުޓް ގަރާރު އުވައިލައްވާނެތޯ ސުވާލު ކުރުމުން ރައީސް ސީދާ ޖަވާބެއް ނުދެއްވި އެވެ. އަދި، އިންޑިއާ އައުޓް ހަރަކާތް ނުހިންގޭނެތޯ ސުވާލު ކުރުމުން ވެސް ޖަވާބު ދެއްވަން އުޒުރުވެވަޑައިގެންނެވި އެވެ.

"އަޅުގަނޑު މި ދެންނެވީ އަޅުގަނޑުގެ، ދިވެހި ސަރުކާރުގެ ސިޔާސަތު، އަޅުގަނޑު މި ދެންނެވީ ސިޔާސަތު، ވަރަށް ސާފުކޮށް ހުރިހާ ސުވާލަކަށް ވެސް ޖަވާބު ދީފިން،" ރައީސް ވިދާޅުވި އެވެ.

އިންޑިއާ އައުޓް ހަރަކާތާ ގުޅޭ ގޮތުން ރައީސް މިފަދައިން ވާހަކަ ދެއްކެވިއިރު، ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޭބި ކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި އިންޑިއާ އައުޓް ކެމްޕޭނު ކުރިއަށް ގެންދަވާނެ ކަމަށް އެ ކެމްޕޭނުގެ އެއް މޭސްތިރިޔާ، ރައީސް ޔާމީން ވިދާޅުވެފައިވެ އެވެ.

ޔާމީނަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމްގެ އިސްތިއުނާފު މައްސަލާގައި ހައި ކޯޓުން އެ ހުކުމް ބާތިލް ކުރި އަޑުއެހުމަށް ފަހު ހައި ކޯޓު ބޭރުގައި ހުންނަވައި މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ޔާމީން ވިދާޅުވީ އިންޑިއާ ސިފައިންގެ މައްސަލަ ހައްލު ނުވާ ކަމަށެވެ. އަދި ކުރީ ސަރުކާރުގައި ހިންގި އިންޑިއާ އައުޓް ކެމްޕޭނު ކުރިއަށް ގެންދަވާނެ ކަމަށް ޔާމީން އެދުވަހު ވިދާޅުވި އެެވެ.

އިންޑިއާ އައުޓް ހަރަކާތް ހިންގުމަށްފަހު ވެރިކަމަށް ވަޑައިގެން އިންޑިއާ އައުޓް ގަރާރު ބާތިލު ނުކުރާ މައްސަލައިގައި ވެސް ޔާމީން ފާޑު ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox