އިންޑިއާއިން ރައީސް މުއިއްޒު "ސައިޒު" ކޮށްލައިފި: ޖަމީލު

ކުރީގެ ނައިބު ރައީސް ޖަމީލު: އޭނާ ވިދާޅުވީ އިންޑިއާއިން ވަނީ ރައީސް މުއިއްޒު ސައިޒު ކޮށްލާފަ ކަމަށް --- ފޮޓޯ: އަދަދު

ކުރީގެ ނައިބު ރައީސް ޖަމީލު: އޭނާ ވިދާޅުވީ އިންޑިއާއިން ވަނީ ރައީސް މުއިއްޒު ސައިޒު ކޮށްލާފަ ކަމަށް --- ފޮޓޯ: އަދަދު

އިންޑިއާއަށް ދެކޮޅަށް ގެންގުޅުނު ބަސްމަގު ދޫކޮށްލަން މަޖުބޫރުކޮށް، އެ ގައުމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ސައިޒުކޮށްލައިފި ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ.

ރަސްމީ ދަތުރެއްގައި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމާނިއަމް ޖައިޝަންކަރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރާ ދިމާކޮށް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޖަމީލު ވިދާޅުވީ، ސިޔާސީ އަގީދާއެއް ނެތި ރައީސް މިއަދު އިންނެވީ "ކުޑަކަކޫ" މައްޗަށް ތިރިވެ ކަމަށެވެ.

"މުއިއްޒު ސައިޒުކޮށް އިންޑިއާގެ ޓާމްސްގައި ބިންމައްޗަށް ގެނައީ. މިއަދު މޮޅު މިވީ އިންޑިއާގެ ޑިޕްލޮމެސީ. ސާބިތުކޮށްދިނީ އިންޑިއާގެ ތަޖުރިބާ. ރައީސަކީ އަދި އެމެޗާ ބޭފުޅެއްކަން އަންގާލަދެއްވީ. ރަތް ރޮނގޭ، ބުލީ ނުކުރެވޭނެއޭ ވިދާޅުވިއިރު، މިއަދު ނާށިގަނޑު ދިއްކޮށް ސަލާން ޖަހަނީ،" ޖަމީލު ލިޔުއްވާފައިވެ އެވެ.

އިދިކޮޅުގައި އޮތްއިރު ޕީއެންސީ ކޯލިޝަނުގެ އިސް ސަފުގައި މަސައްކަތް ކުރެއްވި ޖަމީލު ވިދާޅުވީ މިދިޔަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގައި ރައީސް މުއިއްޒަށް ވޯޓުދިން ރައްޔިތުންނަށް ބޭވަފާތެރިވެފައިވާ ކަމަށާއި ރައްޔިތުން ލަދުގަންނަވާލާފައިވާ ކަމަށެވެ.

ޖަމީލަކީ، މި ސަރުކާރުގެ ފުރަތަމަ ހަފުތާގައި ޕީއެންސީ ކޯލިޝަނާ ފެޔަށްޖެހުނު ކުރީގެ ރައީސް އަބްދުﷲ ޔާމީނާއެކު މިހާރު އިދިކޮޅުގައި ހުންނެވި ބޭފުޅެކެވެ.

އޭނާ މިފަދަ ޕޯސްޓެއް ކުރައްވާފައި ވާއިރު، ޖައިޝަންކަރުގެ ދަތުރުގައި ރައީސްގެ އިތުރުން ސަރުކާރުގެ ވަޒީރުންނާ ވަނީ ބައްދަލުކުރައްވާފަ އެވެ. ދެ ގައުމުގެ ދެމެދުގައި ބޭއްވި މަޝްވަރާތަކުގައި އަސްކަރީ ގުޅުން އިތުރަށް ވަރުގަދަކުރަން ވަނީ އެއްބަސްވެފަ އެވެ.

އިންޑިއާގެ އެންމެ ނުފޫޒުގަދަ އެއް ވަޒީރު ރާއްޖެ ވަޑައިގެންފައި މިވަނީ އެ ގައުމާއެކު އޮތް ޒަމާނީ ގުޅުމަށް މި ސަރުކާރުގެ ކުރީކޮޅު އެރި ލޮޅުމުން އަރައިގަތުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ދަނޑިވަޅެއްގަ އެވެ.

އެ ގައުމާއެކު ގުޅުން ގޯސްވީ އިދިކޮޅުގައި ތިބެ ޕީއެންސީން ހިންގި އިންޑިއާ އައުޓް ކެމްޕޭނާއި ވެރިކަމާ ހަވާލުވުމަށްފަހު ރައީސް އިންޑިއާއަށް ރައްދުކޮށް ވިދާޅުވި ގަދަބަސްތަކުގެ ސަބަބުންނެވެ. ސަރުކާރުގެ ތިން ޑެޕިއުޓީ މިނިސްޓަރަކު އިންޑިއާގެ ބޮޑުވަޒީރު މޯދީއަށް ފުރައްސާރަކުރުމަކީ ވެސް ހާރިޖީ ނުތަނަވަސްކަން އިތުރުވި ސަބަބެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox