ޝިއުނާ، މަލްޝާ އަދި މަހްޒޫމް ގޭގައި ބައިތިއްބައިގެން މަސައްކަތެއް ނުކުރުވައި މުސާރަ ދޭތާ ހަތް މަސް

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ސޯޝަލް މީޑިއާގައި ފުރައްސާރަކުރި މައްސަލައިގައި އެ ތިން ނައިބު ވަޒީރުން މުއްދަތެއް ނެތް ގޮތަށް ސަސްޕެންޑު ކުރީ މި އަހަރުގެ ޖެނުއަރީ 7، ގަ -- ފޮޓޯ: ފައިލް

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ސޯޝަލް މީޑިއާގައި ފުރައްސާރަކުރި މައްސަލައިގައި އެ ތިން ނައިބު ވަޒީރުން މުއްދަތެއް ނެތް ގޮތަށް ސަސްޕެންޑު ކުރީ މި އަހަރުގެ ޖެނުއަރީ 7، ގަ -- ފޮޓޯ: ފައިލް

ޖެނުއަރީ މަހު ސަސްޕެންޑު ކުރި ޔޫތު މިނިސްޓަރީގެ ތިން ނައިބު ވަޒީރުން ކަމަށްވާ، މަލްޝާ ޝަރީފާއި މަރިޔަމް ޝިއުނާ އަދި މަހުޒޫމް މާޖިދު ލައްވައި ފާއިތުވި ހަތް މަސްދުވަހު ރަސްމީ އެއްވެސް މަސައްކަތެއް ނުކުރުވައި މުސާރައިގެ ގޮތުގައި ހަ ލައްކައަށް ވުރެ ގިނަ ރުފިޔާ ދައުލަތުން ދީފި އެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ސޯޝަލް މީޑިއާގައި ފުރައްސާރަކުރި މައްސަލައިގައި އެ ތިން ނައިބު ވަޒީރުން މުއްދަތެއް ނެތް ގޮތަށް ސަސްޕެންޑު ކުރީ މި އަހަރުގެ ޖެނުއަރީ 7، ގަ އެވެ. ނައިބުންތައް ސަސްޕެންޑުކުރީ މައްސަލަ އިތުރަށް ބަލަން ކަމަށް ރައީސް އޮފީހުގެ ކޮމިއުނިކޭޝަން މިނިސްޓަރު، އިބްރާހިމް ހަލީލް އޭރު ވިދާޅުވެފައިވެ އެވެ.

އެ ތިން ބޭފުޅުން ސަސްޕެންޑު ކުރި ފަހުން މި މައްސަލައިގެ އަޕްޑޭޓެއް ސަރުކާރުން ނުދެ އެވެ. ނޫސްވެރިން ސުވާލުކުރުމުން ރައީސް އޮފީހުން އަދިވެސް ދޭ ޖަވާބަކީ އެ މައްސަލަ "ބަލަމުންދާ" ކަމަށެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އެ ބޭފުޅުންނަށް ދޭ މުސާރައިގެ ތަފުސީލު ހޯދުމަށް މާޗު މަހު "އަދަދު" ނޫހުން ހުށަހެޅުމުން ޔޫތު މިނިސްޓަރީން ދިން ޖަވާބުގައި ސަސްޕެންޑު ކޮށްފައި ހުރި ކޮންމެ ޑެޕިއުޓީ ވަޒީރަކަށް ވެސް ކޮންމެ މަހަކު 31،500ރ. ދޭ ކަމަށް ބުނެފައިވެ އެވެ.

އެ ޖަވާބުގައި ބުނެފައި ވަނީ މާޗު މަހުގެ ނިޔަލަށް ސަސްޕެންޑުގައި ތިބި ޑެޕިއުޓީ މިނިސްޓަރުންނަށް މުސާރައިގެ ގޮތުގައި 283،500ރ. ދައުލަތުން ދީފައިވާ ކަމަށެވެ. އެއީ ކޮންމެ ބޭފުޅަކަށް 94،500ރ. އެވެ.

އޭގެފަހުން ހިނގާދިޔަ ހަތަރު މަސްދުވަހުގެ މުސާރަ އެއް ކޮށްލުމުން ސަސްޕެންޑު ކުރިފަހުން މިއަދާ ހަމައަށް ކޮންމެ ނައިބު ވަޒީރަކަށް މުސާރައާއި އިނާޔަތްތަކުގެ ގޮތުގައި 220،500ރ. ދައުލަތުން ދީފައިވެ އެވެ. ހިސާބުތައް އެއްކޮށްލުމުން ވަޒީފާގެ ރަސްމީ އެއްވެސް މަސައްކަތެއް ނުކުރުވައި ޝިއުނާ، މަލްޝާ އަދި މަހުޒޫމް އަށް މުސާރައާއި އިނާޔަތްތަކުގެ ގޮތުގައި ދިން ފައިސާގެ ޖުމުލަ 661،500ރ. އަށް އަރަ އެވެ.

އެ ތިން ބޭފުޅުންގެ ތެރެއިން ޝިއުނާ އާއި މަލްޝާއަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ވަރަށް ގާތް، އަދި ރައީސް މުއިއްޒުގެ މޭޔަރުކަމުގައި މާލެ ސިޓީ ކައުންސިލުގެ މީޑީއާގައި މަސައްކަތް ކުރެއްވި ދެ ކަނބަލުންނެވެ.

ސަސްޕެންޝަނުގައި ތިން ނައިބު ވަޒީރުން ބައިތިއްބައިގެން މުސާރަދެމުންދާއިރު، ފެނަކައިގައި މަސައްކަތް ކުރާ 700 އަށްވުރެ ގިނަ މުވައްޒަފުން ވަޒީފާއިން ވަކި ކުރަން އެ ކުންފުނިން ވަނީ ނިންމައިފަ އެވެ. ސަރުކާރުގެ މަގުހަދާ ކުންފުނި އާރުޑީސީންވެސް މި ވެރިކަމުގައި، ޖުލައި 1، ގެ ކުރިން 232 މުވައްޒަފަކު މަގާމުން ވަކިކުރި އެވެ.

ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮތް ޒަމާންވީ ގާތް ގުޅުމަށް ބުރޫ އަރައި ހުޅުގަނޑު ފަޅައިގެން ދިޔައީ އެ ތިން ބޭފުޅުން އެކްސްގައި ކުރެއްވި ޕޯސްޓުތަކެއްގެ ސަބަބުންނެވެ. މި މައްސަލައިގައި އިންޑިއާގެ މަޝްހޫރު ފިލްމީތަރިންނާއި އިންޑިއާގެ ސޯޝަލްމީޑިއާ އެކްޓިވިސްޓުން ރާއްޖެއާ ދެކޮޅަށް ވަރުގަދަ ކެމްޕޭނެއް ވެސް ކުރި އެވެ.

އެ ކަންތައްގަނޑުގެ ސަބަބުން ކުރިމަތިވަމުންދާ ގޮންޖެހުންތަކާ ގުޅިގެން ފަތުރުވެރިކަމުގެ އިންޑަސްޓްރީގައި ވިޔަފާރި ކުރާ ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރި އެވެ. އޭގެ ތެރޭގައި ޓްރެވަލް އެޖެންޓުގެ ޖަމިއްޔާ މަޓާޓޯ ވެސް ހިމެނެ އެވެ. މޯދީއަށް މަލާމާތް ކުރުން ރާއްޖޭގެ ފޮރިން މިނިސްޓްރީން ވެސް ކުށްވެރިކުރި އެވެ.

އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮތް ގުޅުމަށް ބުރޫ އެރުމުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް ފާހަގަކޮށްލެވޭ ވަރުގެ ހީނަރުކަމެއް އައިސްފައިވެ އެވެ.

އެކަން ގަބޫލުކޮށް އިންޑިއާ ފަތުރުވެރިންގެ އަދަދު އިތުރު ކުރުމަށްޓަކައި ޓޫރިޒަމް މިނިސްޓަރީން އިސްނަގައިގެން އެމްއެމްޕީއާރުސީއާއެކު ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މިދިޔަ މަހުގެ 31 އިން މިމަހުގެ ތިންވަނަ ދުވަހުގެ ނިޔަލަށް އިންޑިއާގެ ތިން ސިޓީއެއްގައި "ވެލްކަމް އިންޑިއާ" ގެ ނަމުގައި ރޯޑް ޝޯތަކެއް ވެސް ކުރިއަށް ގެންދިޔަ އެވެ. އެ ރޯޑް ޝޯ ތަކުގައި ޓޫރިޒަމް މިނިސްޓަރު، އިބްރާހިމް ފައިސަލް ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

އިންޑިއާއާއި ރާއްޖެއާ ދެމެދުގައި އޮތް ޒަމާންވީ ގުޅުމުގައި ލީ ރެނދު ބެއްދުމަށްޓަކައި ދިވެހި ސަރުކާރުން މަސައްކަތް ކުރަމުންދާއިރު، އިންޑިއާގެ ބޮޑު ވަޒީރަށް ފުރައްސާރަ ކުރި ބަޔަކަށް ގޭގައި ބައިތިއްބައިގެން ދައުލަތުން މުސާރަ ދޭތީ ގިނަ ބައެއްގެ ފާޑުކިޔުން އެކަމަށް އަމާޒުވެފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox