ޝަހީމުގެ އަބުރަށް ހުތުރުވާ ގޮތަށް ފެތުރި ފޭކު ވީޑިއޯ ޕީއެންސީން ދެ ދުވަސް ފަހުން ކުށްވެރިކޮށްފި

އިސްލާމިކް މިނިސްޓަރު ޝަހީމް ރައީސް މުއިއްޒު އާއެކު: ޝަހީމުގެ އަބުރަށް ހުތުރުވާ ގޮތަށް އެނބުރި ފޭކު ވީޑިއޯ ޕީއެންސީން ކުށްވެރިކުރީ ދެ ދުވަސް ފަހުން --- ފޮޓޯ: އަދަދު

އިސްލާމިކް މިނިސްޓަރު ޝަހީމް ރައީސް މުއިއްޒު އާއެކު: ޝަހީމުގެ އަބުރަށް ހުތުރުވާ ގޮތަށް އެނބުރި ފޭކު ވީޑިއޯ ޕީއެންސީން ކުށްވެރިކުރީ ދެ ދުވަސް ފަހުން --- ފޮޓޯ: އަދަދު

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމުގެ އަބުރަށް ހުތުރުވާ ގޮތަށް އޭނާ ފެންނަ ކަމަށް ބުނެ ފޭކު ވީޑިއޯއެއް ސޯޝަލް މީޑިއާގައި ފެތުރިތާ ދެ ދުވަސް ފަހުން ވެރިކަންކުރާ ޕީއެންސީން އެކަން ކުށްވެރިކޮށްފި އެވެ.

ޕީއެންސީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، ޝަހީމުގެ އަބުރަށް ގެއްލުންދިނުމުގެ ނިޔަތުގައި ސޯޝަލް މީޑިއާގައި އަދި ބައެއް ނޫސްތަކުގައި ދޮގު ވާހަކަތަކެއް ދައްކަމުންދާތީ އެކަން ކުށްވެރިކުރާ ކަމަށެވެ.

ނަމަވެސް ޝަހީމަކީ ހުލްގު ހެޔޮ ދީނީ ލީޑަރެއް ކަމަށާއި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިސްލާމީ މެނިފެސްޓޯ ތަންފީޒުކުރަން ވަޒީރު ކުރައްވާ މަސައްކަތަށް ޕާޓީން ފަހުރުވެރިވާ ކަމަށް ބަޔާނުގައިވެ އެވެ.

"ޑރ. ޝަހީމް އަލީ ސައީދަކީ ފުރައްސާރަކޮށް ހަގީގަތާ ހިލާފު ދޮގު އިލްޒާމުތަކުން ފަހަތަށް ޖެހިވަޑައިގަންނަވާނެ ބޭފުޅެއް ނޫން. އެއީ ދީނީ އިލްމު ލިބިވަޑައިގެން ހުންނެވި އަޒުމް ވަރުގަދަ ސިޔާސީ ލީޑަރެއް" ޕީއެންސީގެ ބަޔާން ނިންމާލަމުން ގޮވާލާފައިވަނީ މި ފިނޑި އަމަލު ހުއްޓައިލުމަށެވެ.

މީގެ ދެ ދުވަސްކުރިން އަންހެނަކާއި ފިރިހެނަކު ބަދުއަހުލާގީ އަމަލެއް ހިންގާ މަންޒަރު ފެންނަ ވީޑިއޯ ސޯޝަލް މީޑިއާގައި އާންމުކޮށް، އެއަށް ފަހު ވީޑިއޯއިން ފެންނަނީ ޝަހީމު ކަމަށް ބަޔަކު ތުހުމަތުކުރި އެވެ. އެ ވީޑިއޯއިން ފެންނީ ޝަހީމް ނޫންކަން ހަމަ އެ ދުވަހު ކަށަވަރު ވިއެވެ.

މި ވީޑިއޯ އާންމުވެ ދައުރުވާން ފެށުމާއެކު "އަދަދު" އިން އިތުރަށް ހޯދި ހޯދުންތަކުގައި އެނގުނު ގޮތުގައި މިއީ ޕާކިސްތާނުގެ ދެ މީހެއްގެ ވީޑިއޯއެކެވެ. އެ ވީޑިއޯގެ އަސްލު އިންޓަނެޓުގެ އެކި ސައިޓުތަކުން ފެންނަން އެބަހުއްޓެވެ.

ވީޑިއޯގެ އިތުރުން މި ފަހުން ޝަހީމަށް ފާޑުކިޔުން އަމާޒުވީ މިދިޔަ ހަފުތާގައި ހަމާސްގެ ލީޑަރު އިސްމާއިލް ހަނިއްޔާ ޝަހީދުކޮށްލަން އިޒްރޭލުން ދިން ހަމަލާ ކުށްވެރިނުކުރުމާއި ހަނިއްޔާގެ މައްޗަށް ގައިބުގައި ކަށުނަމާދު ކުރަން އިމާމުންނަށް ނޭންގުމުންނެވެ. އަދި، އޭނާގެ ޕީއެޗްޑީގެ ސައްހަކަމާމެދު ސުވާލު އުފައްދައި ގެން ވެސް ސޯޝަލް މީޑިއާ ގައި ވާހަކަ ފެތުރި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox