ހުލާސާކޮށް އިއްޔެ: ފެނަކައިން 700 މުވައްޒަފުން ވަކިކުރުން

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުއާޒު -- ފޮޓޯ: އަދަދު

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުއާޒު -- ފޮޓޯ: އަދަދު

ފެނަކަ ކޯޕަރޭޝަންގެ ހަރަދު ކުޑަކުރުމުގެ ގޮތުން ކަމަށް ބުނެ އެ ކުންފުނީގެ އެކި މަޝްރޫއުތަކަށް ނަގާފައިވާ 731 ކޮންޓްރެކްޓް މުވައްޒަފުން މި މަހަށް ފަހު ވަކި ކުރަން ނިންމައިފި އެވެ.

"ހުރިހާ ރަށަކުން ވެސް އެބަ ދޫކޮށްލަން ކޮންޓްރެކްޓަށް ނަގާފައި ތިބި މުވައްޒަފުން. މި ހަފްތާ ތެރޭގައި ހުރިހާ މުވައްޒަފުންނަށް އެކަން އަންގާ ނިމޭނެ. ޖުމްލަ 731 މުވައްޒަފުން އެބަ ދޫކޮށްލަން،" ފެނަކައިގެ އެމްޑީ މުއާޒް މުހައްމަދު ރަޝީދު ވިދާޅުވި އެވެ.

މުއާޒު ވިދާޅުވީ މިވަގުތު މަޝްރޫއުތަކަށް ކޮންޓްރެކްޓަށް މުވައްޒަފުން ނަގައިގެން ކުރިއަށް ދެވެން ނެތް ކަމަށާއި ވިސްނުމަކީ އެ މަޝްރޫއުތައް ބިޑަށް ލައިގެން ޕްރައިވެޓް ކުންފުނިތަކަށް ދިނުމަށް ކަމަށެވެ.

މަޝްރޫއުތައް ހުއްޓުނީ ސަރުކާރުގެ މާލީ ހާލަތު އިންތިހާއަށް ދަށަށް ދިޔުމުންނެވެ.

މަޝްރޫއުތައް ހުއްޓިފައި ވިޔަސް އެ މަޝްރޫއުތަކަށް ނަގާފައި ތިބި މުވައްޒަފުންނަށް މުސާރަ ދޭން ޖެހޭތީ އުނދަގޫތަކެއް ދިމާވާކަން ފާހަގަކުރައްވާ މުއާޒު ވިދާޅުވީ އެ މުވައްޒަފުންނަށް ހަތް މިލިއަނާއި ނުވަ މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކަށް ފައިސާ ހަރަދުވާ ކަމަށެވެ.

ސަރުކާރުން ގިނަ އަދަދެއްގެ ސިޔާސީ މުވައްޒަފުން ނަގައި، އެ މުވައްޒަފުންނަށް ބޮޑު ހޭދައެއްކޮށް، ސަރުކާރު ހިއްސާވާ ކުންފުނިތަކުން އާދައިގެ މުވައްޒަފުންނާ ގުޅޭ މިފަދަ ނިންމުންތައް ނިންމާތީ ގިނަ ބަޔަކު އަންނަނީ ހިތްހަމަނުޖެހުން ފާޅުކުރަމުންނެވެ.

ހދ، ދިއްދޫ ފެނަކައިގެ 21 މުވައްޒަފަކު ވަކިކުރަން ނޯޓިސް ދީފައިވާތީ އެ ރަށުގައި އިއްޔެ މުޒާހަރާ ކުރި އެވެ.

މުހިއްމު ބައެއް ހަބަރު

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox