އަދާލަތުން ތާއީދު ކުރަނީ އަންހެނުންނަށް މަޖިލީހުގެ ވަކި ޕަސެންޓެއް ކަނޑައަޅަން

މިއަދު މަޖިލީހުގައި ކުރިއަށްދިޔަ މިނިވަން މުއައްސަސާތަކުގެ ކޮމެޓީ ބައްދަލުވުމުގެ ތެރެއިން : ފޮޓޯ: ރައްޔިތުންގެ މަޖިލިސް

މިއަދު މަޖިލީހުގައި ކުރިއަށްދިޔަ މިނިވަން މުއައްސަސާތަކުގެ ކޮމެޓީ ބައްދަލުވުމުގެ ތެރެއިން : ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ އަދަދު ވަކި ވަރަކަށް ހިފަހައްޓާ ގޮތަށް ގާނޫނަށް ބަދަލު ގެންނައިރު، މަޖިލީހުގެ ވަކި ޕަސެންޓެއް އަންހެނުންނަށް ހާއްސަ ކުރަން ތާއީދު ކުރާ ކަމަށް އަދާލަތު ޕާޓީން މިއަދު ބުނެފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު، ރާއްޖޭގެ އާބާދީ އިތުރުވާ ނިސްބަތުން އިތުރު ނުވާ ގޮތަށް ބަދަލުކުރަން ރައްޔިތުންގެ މަޖިލީހުން ކުރާ މަސައްކަތުގައި، މަޖިލީހުން ގެންދަނީ ޕާޓީތަކުގެ ހިޔާލު ހޯދަމުންނެވެ. އެގޮތުން ބޮޑު ދެޕާޓީ ކަމަށްވާ އެމްޑީޕީ އާއި ޕީއެންސީގެ ހިޔާލު ހޯދުމަށް ފަހު މިއަދު ހޯދީ ކުދި ޕާޓީތަކުގެ ހިޔާލެވެ.

މެންބަރުންގެ އަދަދު ހިފެހެއްޓުމާ މެދު ޕާޓީތަކުގެ ހިޔާލު ހޯދަން އެމްއާރްއެމް، އެމްޑީއޭ އަދި އަދާލަތު ޕާޓީގެ މަންދޫބުން ބައިވެރިކޮށްގެން މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި އަދާލަތު ޕާޓީގެ ރެޖިސްޓްރާ، އާދަމް މުހައްމަދު ވިދާޅުވީ އަންހެނުންނަކީ ރާއްޖޭގެ އާބާދީގެ ބޮޑު އިންސައްތައެއް ކަމަށާއި މަޖިލީހުގައި އަންހެނުންނަށް މަޖިލީހުގެ ވަކި އިންސައްތައެއް ކަނޑައަޅަން ފެންނަ ކަމަށެވެ.

"ދިވެހިރާއްޖޭގެ އާބާދީގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ އަދަދެއް އަންހެން ކަނބަލުންނަކީ، އެހެން ނަމަވެސް މުޅި މަޖިލީހުގައި މި ތިއްބެވީ ތިން މެންބަރުން، ލާމަރުކަޒީ ނިޒާމުގެ ތެރެއިން އެބަ އޮތް ކޯޓާ ސިސްޓަމެއް ކަނޑައެޅިގެން އަންހެން ބޭފުޅުންގެ ރިޕްރެޒެންޓޭޝަން އޭގެ ތެރެއަށް. އިލެކްޓޯރަލް ސިސްޓަމް ސިސްޓަމް ތެރެއަށް ގެނެވޭނެ ގޮތެއް ހަމަޖައްސަވާފައި،" އާދަމް މުހައްމަދު ވިދާޅުވި އެވެ.

"މިގޮތަށް ހަމަ ޖައްސާއިރުގައި އަޅުގަނޑަށް ފެނޭ، ދިވެހިރާއްޖޭގެ މި އޮންނަ އާބާދީގެ 50 ޕަސެންޓަށް ވުރެ ބޮޑު ބައެއް ޑިމޮކްރެޓިކް ޑިވިޑެންޓު ނެގުން ނުވަތަ އަބާދީގެ މި ހުންނަ އެޑްވާންޓޭޖު ނެގުން އެ ބޭފުޅުންގެ ރިސޯސަސް ބޭނުން ކުރަން މަޖިލީހުގެ ތެރެއިން ކޯޓާއެއް ކަނޑައަޅުއްވާފައި އެކަން އިންޕްލިމެންޓު ކުރުން މީގެ ތެރެއަށް ދާއިރުގައި،"

އަންހެނުންގެ އިތުރުން އެކި ދާއިރާތަކުގައި މަސައްކަތް ކުރާ ފަރާތްތަކަށް ވެސް މަޖިލީހުން ވަކި ޕަސެންޓޭޖެއް ދޭން ފެންނަ ކަމަށް އާދަމް ވިދާޅުވި އެވެ.

އެގޮތުން ވަސީލަތްތައް ބެހިފައި ހުންނަނީ ރާއްޖޭގެ އެކި ސަރަހައްދުތަކަށް ކަން ފާހަގަ ކުރައްވައި އާދަމް ވިދާޅުވީ ދުނިޔޭގެ ކުރި އަރާފައި ހުންނަ ގައުމުތަކުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ފައިނޭންޝިއަލް ދާއިރާ ފަދަ ތަފާތު ދާއިރާތަކުގެ މީހުންނަށް ވަކި ކޯޓާއެއް މަޖިލީހުން ހަމަޖައްސާފައި ހުންނަ ކަމަށެވެ. އެހެންކަމުން ރާއްޖޭގެ ގާނޫނަށް ބަދަލު ގެންނައިރު، އެކަންކަމަށް ވެސް ވިސްނުން މުހިންމު ކަމަށް އާދަމް ވިދާޅުވި އެވެ.

އަވައްޓެރި ބަންގްލަދޭޝްގެ ވެރިކަން ބަދަލުވެގެންދިޔަ ގޮތުން މިސާލު ނަންގަވައި އާދަމް ވިދާޅުވީ އެއީ ރާއްޖޭގައި ވެސް ވުން ގާތް ކަމެއް ކަމަށާއި ވަކީން ހާއްސަކޮށް އަންހެނުންނަށް މަޖިލީހުން ވަކި ކޯޓާއެއް ކަނޑައަޅަން ޖެހޭ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

"އަންހެން ކަނބަލުންނަށް ރިޕްރެޒެންޓޭޓު ނުކުރެވޭ ކަމަށްވަންޏާ ކޮންމެވެސް ހިސާބަކުން އެކަންކަން އަންނާނެ ބޮޑުވެގެން އަންނައިރުގައި މިވަރުގެ ބަދަލެއް ގެންނައިރުގައި އަޅުގަނޑުގެ ސަޖެސްޝަނެއް އެއީ ހަމަ ތިބޭފުޅުން އެކަންކަމާ މެދު ވިސްނާލެއްވުން، އެޓްލީސްޓު މި އަންހެން ކަނބަލުންގެ ކަންތަކާ އަޅުގަނޑަށް ހީވަނީ ވަރަށް ބޮޑަށް ތިބޭފުޅުން ވިސްނާލެއްވުން އެއީ ވަރަށް ރަނގަޅު ކަމަކަށް ވާނެހެން،" އާދަމް ވިދާޅުވި އެވެ.

މަޖިލިސް މެންބަރުންގެ އަދަދު ވަކިވަރެއްގައި ހިފެހެއްޓުމަށް މަސައްކަތް ކުރަނީ އިތުރުވަމުންދާ އާބާދީއާއެކު މަޖިލިސް މެންބަރުންގެ އަދަދު އިތުރުވިޔަ ނުދީ އެއްވަރެއްގައި ހިފެހެއްޓުމަށްޓަކަ އެވެ. ގާނޫނު މިހާރު އޮންނަ ގޮތުން ކޮންމެ 5000 ރައްޔިތުން ތަމްސީލު ކުރާ މެންބަރެއް މަޖިލީހުގައި ހުންނަވަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox