ޑިމޮކްރެޓުން އެދުނީ ކެންޑިޑޭޓުން ނުނެރުނަސް ޕާޓީތަކަށް ގޮނޑި ލިބޭ ގޮތަށް ވޯޓު ކަރުދާހަށް ބަދަލު ގެންނަން

ޑިމޮކްރެޓުންގެ ލީޑަޝިޕު ޖަލްސާއެއްގައި: އެ ޕާޓީން ގޮވާލީ ކެންޑިޑޭޓަކު ނެތަސް ޕާޓީތަކަށް ގޮނޑި ލިބޭގޮތް ހަދަން --- ފޮޓޯ: މިރާޝް ނާޝިމް / އަދަދު

ޑިމޮކްރެޓުންގެ ލީޑަޝިޕު ޖަލްސާއެއްގައި: އެ ޕާޓީން ގޮވާލީ ކެންޑިޑޭޓަކު ނެތަސް ޕާޓީތަކަށް ގޮނޑި ލިބޭގޮތް ހަދަން --- ފޮޓޯ: މިރާޝް ނާޝިމް / އަދަދު

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދާއި އެކުލަވާލެވިފައިވާ ގޮތަށް ބަދަލު ގެންނައިރު، ކެންޑިޑޭޓަކު ނެރުމަކާ ނުލާވެސް ސިޔާސީ ޕާޓީތަކަށް ގޮނޑި ލިބޭނެ ގޮތައް އިންތިހާބު ފަރުމާ ކުރަން ދަ ޑިމޮކްރެޓްސް އިން ހުށަހަޅައިފި އެވެ.

މަޖިލީހުގެ މެންބަރުންގެ އަދަދު އެއްވަރެއްގައި ހިފެހެއްޓުމަށް ޓަކައި ގާނޫނަށް ބަދަލުކުރުމާ މެދު ޕާޓީތަކުގެ ހިޔާލު ހޯދަން މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި ޑިމޮކްރެޓުންގެ ނައިބު ރައީސް އާޝިޔަތު އަލައިކާ އަދުނާން ވިދާޅުވީ، އެ ޕާޓީންވެސް މަޖިލީހުގެ މެންބަރުންގެ އަދަދު މަދުކޮށް އެއްވަރެއްގައި ހިފެހެއްޓުމަށް ތާއީދުކުރާ ކަމަށެވެ.

އެއީ އެ ޕާޓީން ނިމިދިޔަ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބުގެ ކެމްޕޭނުގައި ހުށަހެޅި މެނިފެސްޓޯތަކުގައިވެސް ހިމެނި ސިޔާސަތެއްކަން އޭނާ ފާހަގަކުރެއްވި އެވެ. ނަމަވެސް، އެހެން ޕާޓީތަކާ ހިލާފަށް ޑިމޮކްރެޓުން އެދެނީ މަޖިލިސް އެކުލެވޭ ގޮތަށްވެސް ބަދަލުތަކެއް ގެންނާށެވެ.

އެގޮތުން ޕާޓީތަކުން ބޭނުންވާ ބަޔަކު އައްޔަން ކުރުމަށް ވަކި ހާއްސަ ގޮނޑިތަކެއް ހިމަނައި، ރައްޔިތުން ޕާޓީތަކަށް ވޯޓުލާ ގޮތަށް ހެދުމަށް ފެންނަ ކަމަށް އަލައިކާ މިއަދު ހުށަހެޅުއްވި އެވެ.

"ވޯޓިން ކަރުދާހުގަ ޕާޓީއަށް ވޯޓުލެވޭ ގޮތަށް ހަދާފަ. އަދި މެންބަރަކަށް ވޯޓުލެވޭ ގޮތް ހެދޭނެ. އެހެންވީމަ އެންޑް އޮފް ދަ ޑޭގަ ވޯޓިން ނިމި ގުނާއިރު އިނގޭނެ ކޮންމެ ޕާޓީއަކަށްވެސް ލިބިފައިވާ ރެޕްރެޒެންޓޭޝަން. އޭރުން ޕާޓީތަކަށް އެބަލިބޭ އެމީހުން ރެޕްރެޒެންޓުކުރާނެ ސްލޮޓެއް،"

ޑިމޮކްރެޓުން ދެކޭ ގޮތުގައި މިއީ މަޖިލިސް މެންބަރުން ޕާޓީ ބަދަލުކުރުން މަދުކުރަންވެސް އެޅޭނެ ރަނގަޅު ފިޔަވަޅެކެވެ. ސަބަބަކީ އެ ސްލޮޓުތަކަށް ލަނީ ޕާޓީ ތަމްސީލުކުރާނެ މީހުން ކަމަށް ވާތީ ކަމަށާއި ޕާޓީއަށް ލިބޭ ސްލޮޓު މެންބަރު ބަދަލުވިޔަސް ނުގެއްލޭނެތީ ކަމަށް އަލައިކާ ވިދާޅުވި އެވެ.

މިއީ ބައެއް ގައުމުތަކުގައި ގާނޫނު ހަދާ މަޖިލީހަށް މެންބަރުން ހޮވުމުގައި ގެންގުޅޭ ސިޔާސަތެކެވެ. އެގޮތުން ޕާޓީތަކަށް ވަކިވަރަކަށް ހާއްސަކުރާ ގޮނޑިތަކަށް އައްޔަންކުރާނެ ބަޔަކު ކަނޑައަޅާނީ ސީދާ ޕާޓީންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox