ސަފީރު ފަޒީލް ޗައިނާ ސަރުކާރުގެ ތެޔޮ ކުންފުނީގެ ނައިބު ރައީސް އާ ބައްދަލުކުރައްވައިފި

ރާއްޖޭގެ ސަފީރު ފަޒީލް ސީއެންޕީސީ ނައިބު ރައީސް އާ ބައްދަލުކުރައްވަނީ --- ފޮޓޯ: ޗައިނާގައި ހުންނަ ރާއްޖޭގެ އެމްބަސީ

ރާއްޖޭގެ ސަފީރު ފަޒީލް ސީއެންޕީސީ ނައިބު ރައީސް އާ ބައްދަލުކުރައްވަނީ --- ފޮޓޯ: ޗައިނާގައި ހުންނަ ރާއްޖޭގެ އެމްބަސީ

ރާއްޖެއިން ޗައިނާއަށް ކަނޑައަޅާފައި ހުންވާ ސަފީރު ޑރ. ފަޒީލް ނަޖީބު، ޗައިނާ ނޭޝަނަލް ޕެޓްރޯލިއަމް ކޯޕަރޭޝަން (ސީއެންޕީސީ) ގެ ނައިބު ރައީސް އާ ބައްދަލުކުރައްވައިފި އެވެ.

ޗައިނާގައި ހުންނަ ރާއްޖޭގެ އެމްބަސީން ކުރި ޕޯސްޓެއްގައި ބުނީ މި ބައްދަލުވުމުގައި އެކުގައި މާލީ ކަންކަމުގައި އެ ކުންފުންޏާއެކު ދިވެހި ސަރުކާރުން އެކުގައި މަސައްކަތް ކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރި ކަމަށެވެ.

ކުރިއަށް އޮތް ތަނުގައި އިތުރު މަޝްވަރާތަކަށް ބައްދަލުކުރުމަށް ދެ ފަރާތުން އެއްބަސްވި ކަަމަށް ވެސް އެ ޕޯސްޓުގައި ބުނެފައިވެ އެވެ.

ސީއެންޕީސީ އަކީ އެ ގައުމުގެ ސަރުކާރުން 82 ޕަސެންޓު ހިއްސާވާ ތެލާއި ގޭހުގެ ވިޔަފާރިކުރާ ކުންފުންޏެކެވެ. މިއީ މިހާރު ދުނިޔޭގައި އޮތް އެންމެ ބޮޑު އެއް ކުންފުންޏެވެ. އެގޮތުން 2022 ގައި ފޯޗިއުން ގްލޯބަލް 500 އިން އެކުލަވާލާ އެންމެ ގިނަ އާމްދަނީ ލިބުނު ކުންފުނިތަކުގެ ލިސްޓުގެ ހަތަރުވަނަ ސީއެންޕީސީ އިން ހޯދި އެވެ.

ރާއްޖެއިން ޗައިނާއަށް ކަނޑައަޅާފައި ހުންނަ ސަފީރުގެ މަގާމަށް، ރައްޔިތުންގެ މަޖިލީހުގެ ރުހުމާއެކު ރައީސް ޑރ. މުހައްމަދު މުއިއްޒު، ފަޒީލް އައްޔަންކުރެއްވީ މެއި 7، ގަ އެވެ. އޭގެ ކުރިން އޭނާ ހުންނެވީ އެމްބެސެޑާ އެޓް ލާޖުގެ މަގާމުގަ އެވެ. ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމާއި އެމްއެމްއޭގެ ގަވަރުނަރުކަން ވެސް އޭނާ ކުރިން ކުރެއްވި އެވެ.

ޕީއެންސީގެ ވެރިކަމުގައި ހާރިޖީ ގޮތުން އެންމެ ގާތްކޮށް ގެންގުޅެނީ ޗައިނާ އެވެ. އެގޮތުން ރައީސް މި އަހަރުގެ ޖެނުއަރީގައި ކުރެއްވި ދަތުރުގައި 20 އަށްވުރެ ގިނަ އެއްބަސްވުމުގައި ސޮއިކުރައްވާ ގިނަ މަޝްވަރާތަކެއް ބޭއްވި އެވެ.

އޭގެފަހުންވެސް ވަޒީރުންގެ އެކި ވަފުދުތަކުން ޗައިނާއަށް ގޮސް އެ ގައުމުގެ އިސްވެރިންނާއެކު މާލީ އެހީ ހޯދުމާއި ފަތުރުވެރިކަން ކުރިއެރުވުން އަދި މަޝްރޫއުތައް ހިންގުމުގެ ދާއިރާއިން ދެ ގައުމުގެ ދެމެދުގައި ގިނަ މަޝްވަރާތަކެއް ވަނީ ކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox