އެލްޖީއޭގެ ސީއީއޯގެ މަގާމުން ޒުލްފާ ވަކިކޮށް، ފޮރިން މިނިސްޓްރީއަށް ބަދަލުކޮށްފި

އެލްޖީއޭގެ ސީއީއޯ ކަމުން ވަކިކުރި ޒުލްފާ: ޒުލްފާ މަގާމުން ވަކިކުރިކަން ވަނީ ކަށަވަރުކޮށްދެއްވާފައި (ވ) -- ފޮޓޯ: ރައީސް އޮފީސް

އެލްޖީއޭގެ ސީއީއޯ ކަމުން ވަކިކުރި ޒުލްފާ: ޒުލްފާ މަގާމުން ވަކިކުރިކަން ވަނީ ކަށަވަރުކޮށްދެއްވާފައި (ވ) -- ފޮޓޯ: ރައީސް އޮފީސް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ސީއީއޯ ކަމުން ޑރ. މަރިޔަމް ޒުލްފާ ވަކިކޮށް، ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށް މިއަދު ބަދަލުކޮށްފި އެވެ.

އެލްޖީއޭގެ ސީއީއޯ ކަމުން ވަކިކޮށް ފޮރިން މިނިސްޓްރީއަށް ބަދަލުކުރިކަން ކަށަވަރުކޮށްދެއްވައި ޒުލްފާ "އަދަދު" އަށް ވިދާޅުވީ އެގޮތަށް ނިންމީ ކީއްވެގެންކަން ނޭނގޭ ކަމަށާއި ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކޮންމެ ނިންމެވުމަކަށް އިހުތިރާމް ކުރައްވާނެ ކަމަށެވެ.

"އަޅުގަނޑު މިހުރީ ގައުމުގެ ހިދުމަތުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވާ ކޮންމެ ކަމެއް ކުރަން ތައްޔާރުވެގެން. އެގޮތުގެ މަތިން ގައުމަށް ހިދުމަތް ކުރަން ވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި އަޅުގަނޑު ހިމެނޭ. ރައީސް އޭރުގައި ވިދާޅުވީ މަތީ ތައުލީމު ހާސިލުކޮށްގެން އަދި އެކްސްޕީރިއަންސް ހުރި ބޭފުޅުން ވަޑައިގަތުމަށް މަރުހަބާ ކިޔާނެ ކަމަށް،" ޒުލްފާ ވިދާޅުވި އެވެ.

"އެގޮތުގެ މަތިން އަޅުގަނޑު ވެސް ރައީސް އަރިހުގައި ދަންނަވައިގެން ސީވީ ފޮނުވައިގެން ހިދުމަތް ކުރަން ބޭނުންވި މީހެއް ގޮތަށް ރާއްޖެ އައީ. އައިމަ އަޅުގަނޑަށް ވެސް ފުރުސަތު ދެއްވީ ގައުމަށް ހިދުމަތް ކުރުމުގެ. ވިދާޅުވާ ކޮންމެ ހިދުމަތެއް ކުރުމުގައި އަޅުގަނޑު ދެމިހުންނާނީ،"

ޒުލްފާ އެލްޖީއޭގެ ސީއީއޯގެ މަގާމަށް މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ރައީސް މުއިއްޒު އައްޔަނުކުރެއްވީ ކުރީ ސަރުކާރުގައި އެ މަގާމުގައި ކުރިން ހުންނެވި އަފްޝަން ލަތީފް އިސްތިއުފާ ދިންތާ ހަތް މަސް ފަހުންނެވެ.

ވެރިކަން ކުރާ ޕާޓީ، ޕީއެންސީއާ ޒުލްފާ ގުޅިވަޑައިގަތީ ރައީސް މުއިއްޒު އިންތިހާބު ކާމިޔާބުކުރެއްވި ފަހުންނެވެ.

ޒުލްފާ ކުރިން ހުންނެވީ އެމްޑީޕީގަ އެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ކެބިނެޓުގައި ޓޫރިޒަމް މިނިސްޓަރުކަން ވެސް ކުރެއްވި އެވެ. އަދި ނަޝީދުގެ ވެރިކަން ބަދަލުވުމަށް ފަހު، ޒުލްފާ ރާއްޖޭން ބޭރަށް ދިރިއުޅުން ބަދަލުކުރެއްވި އެވެ.

ޒުލްފާ އަކީ ގާނޫނީ ދާއިރާއިންނާއި، އާބަން ޕްލޭނިން އަދި ބިޒްނަސްގެ ދާއިރާއިން މަތީ ތައުލީމް ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox