ބީސީސީއިން މާލޭގައި 11 ބުރީގެ އިމާރާތެއް އަޅަނީ

ބީސީސީއިން ހިންގާ އެސްއެމްއީ ހަބު: ބީސީސީއިން މާލޭގައި 11 ބުރީގެ އިމާރާތެއް އަޅަން ވަނީ ނިންމާފަ - ފޮޓޯ: އަތޫފް އާތިފް / އަދަދު

ބީސީސީއިން ހިންގާ އެސްއެމްއީ ހަބު: ބީސީސީއިން މާލޭގައި 11 ބުރީގެ އިމާރާތެއް އަޅަން ވަނީ ނިންމާފަ - ފޮޓޯ: އަތޫފް އާތިފް / އަދަދު

ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ) މާލޭގައި 11 ބުރީގެ އިމާރާތެއް އަޅަން ނިންމައިފި އެވެ.

މަޝްރޫއުގެ އީއައިއޭ ރިޕޯޓުން އެނގޭ ގޮތުގައި ބީސީސީގެ އާ އިމާރާތް އަޅަނީ ޗާންދަނީ މަގަށް އިންނަ ދަނބު ގޯޅީގެ ކަންމަތީގަ އެވެ. އެ ބިން މިހާރު ވަނީ ބަންދުކޮށް އިމާރާތް ފެށުމަށް ތައްޔާރު ކޮށްފަ އެވެ.

ބީސީސީއިން އީއައިއޭއަށް ދިން މައުލޫމާތުން އެނގޭ ގޮތުގައި މި އިމާރާތް ތަރައްގީކުރަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ޖާގަ ދޫކުރުމަށް ހާއްސަކޮށްގެންނެވެ. ބެލެވޭ ގޮތުގައި އެ އިމާރާތުގައި ވިޔަފާރި ކުރުމަށާއި އޮފީސް ހިންގުމަށްވެސް ޖާގަ ދޫކުރާނެ އެވެ.

Advertisement

އެ އިމާރާތް އެޅުމުގެ މަސައްކަތް ކުރާނީ ރާއްޖޭގެ މަޝްހޫރު ކޮންސްޓްރަކްޝަން ކުންފުނި ފެޑޯ ކޮންސްޓްރަކްޝަން އިންނެވެ.

ބީސީސީގެ އާ އިމާރާތް ބެހިގެންދާނެ ގޮތް

  • އެއް ވަނަ ފަންގިފިލާ - ވިޔަފާރި ފިހާރަތައް
  • ދެ އަދި ތިން ވަނަ ފަންގިފިލާ - އޮފީސް ޖާގަތައް
  • ހަތަރު ވަނަ ފަންގިފިލާ - ފަންނުވެރިންނަށް ހާއްސަ އާޓް ސްޓޭޝަންތައް އަދި އޮފީސް ޖާގަތައް
  • ފަސް އަދި ހަ ވަނަ ފަންގިފިލާ - ޝެއާ ކުރެވޭ ނުވަތަ ވަކިން މަސައްކަތް ކުރެވޭ އޮފީސް ޖާގަތައް
  • ހަތް ވަނަ ފަންގިފިލާ - މީޓިން ރޫމާއި ޕޭންޓްރީ އެކުލެވޭ އޮފީސްތަައް
  • އަށް ވަނަ ފަންގިފިލާ - ގުދަން، ޕޭންޓްރީ އަދި ނަމާދު ކުރާނެ ޖާގަވެސް ހިމެނޭ އޮފީސްތައް
  • ނުވަ ވަނަ ފަންގިފިލާ - މީޓިން ރޫމްތަކާއި އެގްޒެކެޓިވް ރޫމްތައް ހިމެނޭ މާސްޓާ އޮފީހެއް
  • 10 އަދި 11 ވަނަ ފަންގިފިލާ - އިންޑޯ އަދި އައުޓްޑޯ ޖާގަ ހިމެނޭ ކެފޭ އެއް

އީއައިއޭގައި ވާގޮތުން އެ މަޝްރޫއު މަސައްކަތް ކުރިއަށް އޮތް ދެތިން ހަފުތާގެ ތެރޭގައި ފެށޭނެ އެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ ތިން އަހަރު ތެރޭގައި ނިންމާ ގޮތަށެވެ.

ބީސީސީއިން އާ އިމާރާތެއް އަޅަން ނިންމާފާ މިވަނީ ކުންފުނި ހިންގުމުގެ ހަރަދުބޮޑުވެ، ބީސީސީއިން ހިންގާ އެސްއެމްއީ ހަބުގެ ދެ ފްލޯއެއް ދޫކޮށްލަން ނިންމާފައިވާ ދުވަސްވަރެއްގަ އެވެ.

"ހަރަދު ބޮޑުވެގެން މި ދޫކޮށްލަނީ ބީސީސީއިން ހިންގާ ދެ ފްލޯ،" މެނޭޖިން އިބްރާހިމް ޒިޔާއު ޖުލައި 7، ގައި "އަދަދު" އަށް ވިދާޅުވި އެވެ.

ބީސީސީއިން ދޫކޮށްލަން ނިންމި ދެ ފްލޯގެ ތެރެއިން މަތީ ފްލޯއަކީ އެކި ކަހަލަ ގޭމްތައް ކުޅެވޭ ގޮތަށް ތަރައްގީކޮށް ހިންގަމުންދިޔަ ފްލޯއެކެވެ. އެސްއެމްއީ ހަބަކީ މިދިޔަ ސަރުކާރުގެ އިކޮނޮމިކް މިނިސްޓްރީން ކުރިއަށް ގެންދިޔަ މަޝްރޫއެއްގެ ދަށުން ވުޖޫދަށް ގެނެސްފައިވާ ތަނެކެވެ.

ރާއްޖޭގެ މާލީ ހާލަތު ގޯސްވެ ދައުލަތުން ވަނީ މި ދަނޑިވަޅުގައި ހަރަދުކުޑަކުރުމަށް ފިޔަވަޅުތަކެއްވެސް އަޅާފަ އެވެ. އެ ފިޔަވަޅުތަކުގެ ތެރޭގައި ބީސީސީ ފަދަ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހަރަދުކުޑަކުރުމަށްވެސް އަންގާފައިވެ އެވެ.

މި މަޝްރޫއަށް ފައިސާ ހަމަޖައްސާ ގޮތް ސާފެއް ނޫނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ މަޝްރޫއު ކުރިއަށްނުގެންދަން އަދާލަތުން އެދިއްޖެ

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރު މީހުންނަށް ދިގު މުއްދަތަކަށް ދިރިއުޅެވޭނެ ވަކި ސަރަހައްދުތަކެއް އުފެދޭތީ، އެކަމުގެ ސަބަބުން ރާއްޖޭގެ ދީނީ އެއްބައިވަންތަކަމާއި ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ބުނެ އަދާލަތު ޕާޓީން ކަންބޮޑުވުން ފާޅުކޮށްފިއެވެ. އެ ޕާޓީން ސަރުކާރަށް އިލްތިމާސްކުރީ ބޭރު މީހުން ވަޒަންވެރިވާ ގޮތަށް މަޝްރޫއު ކުރިއަށް ނުގެންގޮސް، އޭގެ ބަދަލުގައި ހޮލިޑޭ ހޯމްސް ފަދަ ވަސީލަތްތައް ތަރައްޤީކުރުމަށެވެ.

ރިސޯޓުތައް އޮޑިޓް ކުރަން ޖެހޭ ކަމަށް ގަވަރުނަރު ވިދާޅުވެއްޖެ

ރާއްޖޭގައި ހިންގާ 150 ރިސޯޓުގެ ތެރެއިން އިންކަމް ޓެކްސް ދައްކަނީ އެންމެ 50 ރިސޯޓުން ކަމަށްވާތީ، އެ ތަންތަނުގެ ހިސާބުތައް މީރާއިން އޮޑިޓްކުރަން ޖެހޭ ކަމަށް ގަވަރުނަރު ވިދާޅުވި. އަދި ބޭންކިން ސިސްޓަމަށް ވަންނަންޖެހޭ ޑޮލަރު އިތުރުކުރުމަށްޓަކައި އަންނަ އަހަރު މޮނިޓަރިން ވަރުގަދަކޮށް، ބައެއް އުސޫލުތައް ހަރުކަށި ކުރާނެ ކަމަށް ގަވަރުނަރު ފާހަގަކުރެއްވި.

ޑޮލަރުގެ އަގު މިއަދު ހުރީ 23.55ރ. އަށް ކަމަށް ސަލީމް ވިދާޅުވެއްޖެ

ރާއްޖޭގެ ކަޅުބާޒާރުގައި ޑޮލަރުގެ އަގު މިހާރު ހުރީ 23.55ރ. އަށް ކަމަށް މަޖިލީހުގެ ނައިބުރައީސް ސަލީމް ވިދާޅުވި. މިއީ އިއްޔެއާ އަޅާބަލާއިރު ބޮޑު އަދަދެއް ނަމަވެސް، މީގެ ކުރިން ޑޮލަރުގެ އަގު 23.70ރ. އަށް އުފުލުނު ކަމަށް އޭނާ ފާހަގަކުރެއްވި.

2027 ގެ ބަޖެޓަކީ ގައުމު ލޫޓުވައިލަން ހުށަހެޅި ސްކޭމެއް: އަމީން

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި ބަޖެޓަކީ ރައްޔިތުންނަށް އޮޅުވާލައި ގައުމު ލޫޓުވާލުމަށް ހިންގާ ބޮޑު "ސްކޭމެއް" ކަމަށް މެންބަރު އަމީން ވަނީ ތުހުމަތު ކުރައްވާފައި. އޭނާ ވިދާޅުވީ ބަޖެޓުގައި މަޝްރޫއުތަކުގެ ތަފްސީލު ނެތުމާއި، ސަރުކާރުން ވެފައިވާ ވައުދުތައް ފުދެމުން ނުދިއުމަކީ ރައްޔިތުންނަށް ވާ ފައިދާއެއް ނެތް ކަމެއްގެ ހެއްކެއް ކަމަށް.

ބޮޑު އަގުގައި ތަކެތި ގަތް މައްސަލަ: މުވައްޒަފުންނަށް ދައުވާކުރަނީ

އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލަށް ބޭނުންވާ ތަކެތި މާކެޓް އަގަށް ވުރެ ބޮޑު އަގުގައި ގަނެ ދައުލަތަށް މާލީ ގެއްލުން ދިން މައްސަލައިގައި، އެ ހޮސްޕިޓަލުގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން އޭސީސީން ވަނީ ނިންމާފައި. މީގެ ތެރޭގައި އޭއީއެޗްގެ ޕްރޮކިއުމަންޓް ހެޑާއި ބިޑް ކޮމިޓީގެ ތިން މުވައްޒަފަކު ހިމެނޭ.

ތަރައްގީގެ 22 މަޝްރޫއެއް ހިންގަން އެމްޓީސީސީއާ ހަވާލުކޮށްފި

ރާއްޖޭގެ އެކި ރަށްރަށުގައި މަގުހެދުމާއި، ބަނދަރު ތަރައްގީކުރުމާއި، ގޮނޑުދޮށް ހިމާޔަތްކުރުން ހިމެނޭހެން ތަރައްގީގެ 22 މަޝްރޫއެއް ހިންގުމަށް އެމްޓީސީސީއާ މިއަދު ވަނީ ހަވާލުކޮށްފައި. އޭގެ ތެރޭގައި ފުވައްމުލައް ސިޓީގައި އޮފީސް ކޮމްޕްލެކްސްއެއް އެޅުންވެސް ހިމެނޭއިރު، މީގެ ކުރިން އެ ކުންފުންޏާ ހަވާލުކުރި ގިނަ މަޝްރޫއުތަކެއް ހުއްޓިފައިވާކަން ފާހަގަކުރެވޭ.

"އިންވޮސްއަށް މަކަރުހަދާތީ ދައުލަތަށް ބޮޑެތި ގެއްލުންތަކެއް ލިބޭ"

މުދާ އެތެރެކުރާއިރު އިންވޮއިސްތަކުގެ އަސްލު އަގަށް މަކަރު ހަދައިގެން (އަންޑަ އިންވޮއިސް ކޮށްގެން) ދައުލަތަށް ލިބެންޖެހޭ އާމްދަނީން އަހަރަކު 2.5 ބިލިއަން ރުފިޔާ ގެއްލޭ ކަމަށް މަޖިލީހުގެ ނައިބު ރައީސް އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ކަސްޓަމްސްއަށް ލިބެންޖެހޭ ޑިއުޓީގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި މި މަކަރުވެރި އަމަލުތަކުގެ ސަބަބުން ދައުލަތަށް ނުލިބި ގެއްލިގެންދެއެވެ.

Newsletter

Get the latest news delivered straight to your inbox