ސަރުކާރަކު ހަކަތައެއް ނެތް، ރައްޔިތުންނަށް އޭގެ ތާށިކަން އަންނާނެ: ޔާމީން

ސަރުކާރަކު ހަކަތައެއް ނެތް، ރައްޔިތުންނަށް އޭގެ ތާށިކަން އަންނާނެ: ޔާމީން

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި އިގުތިސޯދީ ހަކަތަ ނެތް ކަން ފެންނަން އެބަ އޮތް ކަމަށާއި އާންމު ރައްޔިތުންނަށް އޭގެ ތާށިކަން އައުން ގާތް ކަމަށް ޕީއެންއެފްގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

ޕީއެންއެފްގެ ހަރުގޭގައި ރޭ ބޭއްވި ޖަލްސާގައި އެމަނިކުފާނު ވިދާޅުވީ މިދިޔަ މަސްތަކުގައި ސަރުކާރުން ދައުލަތުގެ މުވައްޒަފުންގެ މުސާރަތަކާއި އިދާރީ ހަރަދުތައް ހަމަޖައްސާފައިވަނީ ސަރުކާރުގެ ކުންފުނިތަކުގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ލޯނު ނަގައިގެން ކަމަށެވެ.

އެއީ އެއް ކަމަކަށް ދައުލަތުގެ ހަރަދުތައް ހަމަޖެއްސުމަށް ޓަކައި ލޯނު ނުނަންގަވާނެ ކަމަށް ރައީސް މުއިއްޒުގެ ރިޔާސީ ކެމްޕެއިނުގައި ދެއްކެވި ވާހަކަފުޅުތަކަށް ފުށުއަރާ ކަމެއް ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.

"ރައްޔިތުންނަށް އެއްވެސް ކަހަލަ ދައްޗެއް ނެތޭ ވިދާޅުވާތީ، އަޅުގަނޑު ހަމަ ސަމާލު ކަމަށް މި ގެންނަނީ، ނޫނެކޭ، ތެދު ބަހުން ވާހަކަ ދައްކަވާށޭ، އެއީ ރައްޔިތުން ކޮންމެހެން ރައީސް މުއިއްޒު ދެކެ ރުޅި އަންނާނެ ކަމެއް ނޫނޭ،" ވެރިކަންކުރާ ޕީއެންސީން ވަކިވެވަޑައިގެންނެވި ޔާމީން ވިދާޅުވި އެވެ.

ސަރުކާރުގައި "އިގުތިސޯދީ ހަކަތަ" ނެތް ކަމަށް ޔާމީން ތަކުރާރުކޮށް ވިދާޅުވި އެވެ. މުވައްޒަފުންގެ މުސާރައިގެ އިތުރުން ކަރަންޓާއި ފެން ބިލު ފަދަ އިދާރީ ހަރަދުތައް ހަމަޖައްސަން ލޯނު ނަގާނަމަ އެއީ ވަރަށް ބޮޑު މައްސަލައެއް ކަމަށް ޔާމީން ވިދާޅުވި އެވެ.

"މުސާރަދޭން ލޯނު ނަގާ ކަމަށް ވަންޏާ އެޑްމިޓްކުރާށޭ [އިއުތިރާފްވާށޭ] ސަރުކާރުގައި ހަކަތަ ނެތިއްޔޭ، ސަރުކާރުގެ އިގުތިސާދީ ހަތަކަ ނެތިއްޔޭ،" އެމަނިކުފާނު ވިދާޅުވި އެވެ.

އެންމެ ފަހުން ސަރުކާރުން ހަރަދު ކުރި ގޮތާއި ލިބުނު އާމްދަނީގެ ތަފުސީލުތައް ލިބެން އޮތީ މީގެ ހަ ހަފުތާ ކުރިންނެވެ. ވީކްލީ ރިޕޯޓުތައް ފިނޭންސް މިނިސްޓްރީން ގަވާއިދަކުން ނުނެރެ އެވެ.

ޔާމީން އެ ކަމަށް ވެސް ރޭ ފާޑުވިދާޅުވި އެވެ.

ހަރަދު ކުޑަކުރުމުގެ ސިޔާސަތު ސަރުކާރުން ގެންގުޅެނީ "ރައްޔިތުންނަށް ނޭނގޭ ގޮތަށް" ކަމަށް ބުންޏަސް އޭގެ އިހުސާސް ރައްޔިތުން ކުރަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. ސަރުކާރުގެ ވާހަކަ އެމަނިކުފާނު ސިފަކުރެއްވީ ރައްޔިތުންނަށް އެ މައުލޫމާތު ސިއްރުކޮށްފައި ބޭއްވުމަށެވެ.

"ފަހަރުގައި އެ ބުނަނީ ރައްޔިތުންނަށް ނޭނގޭނެއޭ އަހަރުމެން ސިއްރުކޮށްފައި ބޭއްވިމައެއް، އެހެންވެގެން އެ މައުލޫމާތު ކޮންމެ ހަފުތާއަކު މި އާންމު ނުކުރަނީ، އެކަމަކު ރައްޔިތުންނަށް މި ކަން އެބަ ފީލްވޭ، ތާށިވާ ކަމުގެ އިހުސާސް އެބަ ކުރޭ،" ޔާމީން ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox