ޕީޕީއެމް އުވައިލުމުގެ މަސައްކަތް ފަށައިފި

ރިޔާސީ ކެމްޕޭނު ހަރަކާތެއްގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގަންނަވަނީ -- ފޮޓޯ: އަދަދު

ރިޔާސީ ކެމްޕޭނު ހަރަކާތެއްގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގަންނަވަނީ -- ފޮޓޯ: އަދަދު

ރާއްޖޭގެ ދެވަނައަށް އެންމެ ބޮޑު ސިޔާސީ ޕާޓީ، ޕްރޮގްރެސިވް ޕާޓީ އޮފް ދަ މޯލްޑިވްސް (ޕީޕީއެމް) އުވައިލުމުގެ މަސައްކަތް ފަށައިގެން ކުރިއަށް ގެންދާ ކަމަށް، ޕީޕީއެމް/ޕީއެންސީގެ ބައެއް މެންބަރުން ވިދާޅުވެއްޖެ އެވެ.

ޕީޕީއެމް އުވައިލުމުގެ މަސައްކަތް ފެށީ ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ބޭނުންފުޅުވެގެން ކަމަށް، އެކަމާ ގުޅޭ ގޮތުން "އަދަދު" ނޫހާ ވާހަކަ ދެއްކި ޕީޕީއެމް/ޕީއެންސީގެ މެންބަރުން ވިދާޅުވި އެވެ.

"ރައީސް [މުއިއްޒު] މިކަން ކުރައްވަން ބޭނުންފުޅު ވާތީ، އަދި އެގޮތަށް އަޅުގަނޑުމެން ގާތު ވިދާޅުވެފައި ވާތީ، މިހާރު މި ދަނީ ޕީޕީއެމްގެ މެންބަރުން ޕީއެންސީއަށް ބަދަލުކުރުމުގެ މަސައްކަތް ކުރިއަށް ގެންދަމުން. އެއީ ފުރަތަމަ މަރުހަލާ އަކީ،" މެންބަރަކު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ދާދި ފަހުން ޕީއެންސީގެ ޓީމުތައް ރަށްރަށް ކުރި ދަތުރުތަކުގައި، އެ ރަށްރަށުގައި ތިބި ޕީޕީއެމްގެ މެންބަރުން ޕީއެންސީ އަށް ބަދަލުކޮށްފައިވާ ކަމަށެވެ.

"މި މަރުހަލާ ނިމުމުން ރަސްމީކޮށް އުވައިލަން ހުށަހަޅާނީ."

އިލެކްޝަންސް ކޮމިޝަނުން އެންމެފަހުން އާންމު ކުރި މައުލޫމާތުގައި ވާގޮތުން މިއަހަރުގެ ޖުލައި 28، ގެ ނިޔަލަށް ޕީޕީއެމްގައި 34،827 މެންބަރުން އެބް ތިއްބެވެ. ވެރިކަން ކުރާ ޕީއެންސީގައި ތިބީ 28،704 މެންބަރުންނެވެ.

ޕީޕީއެމް އުވައިލުމަށް އެ ޕާޓީގެ ލީޑަޝިޕްގައި ތިއްބެވި ބައެއް ބޭފުޅުން ބޭނުންވާކަން އެތައް ފަހަރަކު ހާމަކޮށްފައިވާކަމަށް އަދަދު ނޫހާ ވާހަކަ ދެއްކެވި މެންބަރުން ވިދާޅުވި އެވެ. ޕީޕީއެމްގެ ލީޑަޝިޕުގެ ތެރެއިން އެކަމަށް އެންމެ ބޮޑަށް ތާއިދު ކުރައްވަނީ އެ ޕާޓީގެ ޑެޕިއުޓީ ލީޑަރުގެ މަގާމުގައި ހުންނެވި، ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން ކަމަށްވެ އެވެ.

ޕީއެންސީއަކީ އެ ކޯލިޝަނުގެ ކުރީގެ ލީޑަރު، ރައީސް ޔާމީނަށް ޕީޕީއެމް ގެއްލިދާނެ ފަދަ ހާލަތެއް ކުރިމަތި ވެދާނެ ހާލަތެއްގައި ބެކަޕް ޕާޓީއެއްގެ ގޮތުގައި ބޭނުން ކުރުމަށް ޖެނުއަރީ 31، 2019 ގައި ރެޖިސްޓަރީ ކުރި ޕާޓީއެކެވެ.

މިދިޔަ އަހަރު އޮތް ރިޔާސީ އިންތިހާބުގައި ވާދަ ކުރުމަށް ޕީއެންސީގެ ޓިކެޓު ރައީސް މުއިއްޒުއަށް ދިނީ ވެސް ރައީސް ޔާމީނަށް އިންތިހާބުުގައި ވާދަނުކުރެވޭ ހާލަތުގައި ބެކަޕެއްގެ ގޮތުގަ އެވެ.

ވެރިކަމަށް ރައީސް މުއިއްޒު ވަޑައިގެންނެވިއިރު ވެސް އެ ކޯލިޝަނުގެ މައި ޕާޓީއަކީ ޕީޕީއެމް އެވެ. ރިޔާސީ ކެމްޕޭނުގައި ބޭނުންކުރީ އެ ޕާޓީގެ ކުލަ އެވެ. ކެމްޕޭނުގައި ބޮޑަށް ހަރަކާތްތެރިވީ ވެސް ޕީޕީއެމްގެ މެންބަރުންނެވެ.

ނަމަވެސް ރައީސް މުއިއްޒު ވެރިކަމުގެ ހުވާ ކުރެއްވިތާ ދުވަސްކޮޅެއް ވެސް ނުވަނީސް އުފެދުނު ހިޔާލުތަފާތުވުން ތަކުގައި ރައީސް ޔާމީން އެ ޕާޓީން ވަކިވަވަޑައިގެންނެވީ އެވެ. އެއާއެކު އެ ދެ ޕާޓީ ހިމެނޭ ކޯލިޝަންގެ ލީޑަރުކަން ރައީސް މުއިއްޒުއަށް ދިނެވެ.

ނިމިދިޔަ މަޖިލިސް އިންތިހާބުގައި ޕީއެންސީ/ޕީޕީއެމް ކޯލިޝަނުގެ ފަރާތުން ވާދަކުރި ހުރިހާ ކެންޑިޑޭޓުން ނުކުތީ ޕީއެންސީ ޓިކެޓުގަ އެވެ. ޕީޕީއެމްގެ ޓިކެޓުގައި މަޖިލީހަށް ވާދަކުރަން ބައެއް މެންބަރުން ބޭނުންވި ނަމަވެސް އެ ފުރުސަތެއް ނުދެއްވި އެވެ.

މިހާރު ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގައި ޕީއެންސީ ތަމްސީލުކުރާ 75 މެންބަރުން އެބަ ތިއްބެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox