"އެޗްއާރުސީއެމްގެ މެންބަރު ކަމަށް ރުހުން ހޯދަން އެންމެ ބޭފުޅެއްގެ ނަން ރައީސް ފޮނުުވީ ނުފޫޒު ފޯރުވަން"

މަޖިލީހުގައި އެމްޑީޕީން މިއަދު ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުން -- ފޮޓޯ: މަޖިލިސް

މަޖިލީހުގައި އެމްޑީޕީން މިއަދު ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުން -- ފޮޓޯ: މަޖިލިސް

ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) ގެ ހުސްވެފައިވާ މެންބަރުކަމަށް ގާބިލު އެތައް ބަޔަކު ކުރިމަތިލާފައި ވަނިކޮށް އެންމެ ބޭފުޅެއްގެ ނަން މަޖިލީހަށް ފޮނުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭނުންވެވަޑައިގަންނަވާ ބޭފުޅަކު ނޫނީ އެ މަގާމަށް އައްޔަނު ކުރުމުގެ ފުރުސަތު ނުދޭން ކަމަށް ބުނެ މަޖިލީހަށް ރައީސް ނުފޫޒު ފޯރުވަމުންދާ ކަމަށް އިދިކޮޅު މައި ޕާޓީ، އެމްޑީޕީން ތުހުމަތުކޮށްފި އެވެ.

އެމްޑީޕީގެ ޕާލަމެންޓަރީ ގުރޫޕުން މިއަދު މަޖިލީހުގައި ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަކުވުމުގައި ވާހަކަދައްކަވަމުން ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފް ޒާކިރު ވިދާޅުވީ އެޗްއާރުސީއެމްގެ ހުސްވެފައިވާ މެމްބަރުކަމަށް ވަރަށް ގާބިލު ބޭފުޅުން ނަން ހުށަހަޅައިފައި އޮތްކަން އެނގިފައިވާ ކަމަށެވެ.

ނަމެވެސް އެންމެ ބޭފުޅެއްގެ ނަން މަޖިލީހަށް ފޮނުވުން އެއީ އެމްޑީޕީން ކަންބޮޑުވާ ކަމެއް ކަމަށް މައުރޫފް ވިދާޅުވި އެވެ.

"އެ ފަރާތް ނޫން އެހެން ފަރާތެއް ކަނޑައެޅުމުގެ ފުރުސަތު ވެސް ނުލިބޭފަދަ ގޮތަކަށް ނުވަތަ އިންޓަވިއު ކުރުމުގެ ފުރުސަތު ވެސް ނުލިބޭ ގޮތަށް ހަމައެކަނި އެންމެ ފަރާތެއް ރައީސުލްޖުމްހޫރިއްޔާ، ސީދާ ރައީސުލްޖުމްހޫރިއްޔާ ބޭނުންވާ ބޭފުޅަކު ރައްޔިތުންގެ މަޖިލީހުން ކަނޑައެޅޭ ގޮތަށް ހަމަ ރަބާ ސްޓޭމްޕު ޖަހައިގެން ރައްޔިތުންގެ މަޖިލީހުގެ ކަންކަން ކުރިއަށް ގެންދެވޭ ގޮތަށް ހަމަ އަމަލުތައް ބައްޓަންވެގެންދާ ގޮތް އަޅުގަނޑުމެންނަށް މި ފެންނަނީ،" މައުރޫފް ވިދާޅުވި އެވެ.

ރައީސް މުއިއްޒު މަސައްކަތް ކުރައްވަމުން ގެންދަވަނީ މަޖިލީހުގެ ނިންމުންތައް ވެސް އެމަނިކުފާނު ބޭނުންވެވަޑައިގަންނަވާ ގޮތަށް ބައްޓަން ކުރެއްވުމަށް ކަމަށް މައުރޫފް ވިދާޅުވި އެވެ.

"ރައީސް މުއިއްޒުގެ ބާރު ވަރަށް ބޮޑަށް މަޖިލިސް ހިންގުމުގެ ތެރެއަށް ފޯރުވައި އަދި މަޖިލީހަކީ ރައީސުލްޖުމްހޫރިއްޔާ ބޭނުން ގޮތަކަށް ކަންކަން ކުރެވޭ ތަނަކަށް މަޖިލިސް ބަދަލުވެގެން ދާކަން [ފާހަގަ ކުރެވެނީ]" މައުރޫފް ވިދާޅުވި އެވެ.

އެޗްއާރުސީއެމްގެ ހުސްވެފައިވާ މެންބަރު ކަމަށް އައްޔަނު ކުރުމަށް މަޖިލީހަށް ރައީސް އޮފީހުން ފޮނުވީ އިލެކްޝަންސް ކޮމިޝަނުގެ ކުރީގެ ނައިބު ރައީސް، އިސްމާއިލް ހަބީބުގެ ނަމެވެ. އެޗްއާރުސީއެމްގެ މެންބަރުކަމަށް ހަބީބު އައްޔަނު ކުރަން މަޖިލީހުން މިއަދު ވަނީ ރުހުން ދީފަ އެވެ.

މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމެޓީން ހަބީބު އާ އިންޓަވިއު ކުރުމަށްފަހު 75 ޕަސެންޓަށްވުރެ މަތިން ވަނީ މާކްސް ދީފަ އެވެ.

އެ މައުލޫގައި ވާހަކަ ދައްކަވަމުން ވައިކަރަދޫ ދާއިރާގެ މަޖިލިސް މެންބަރު ހުސެއިން ޒިޔާދު ވިދާޅުވީ ކޮމިޝަނެއްގެ މެންބަރު ކަމަށް މެންބަރަކު އައްޔަނު ކުރަން މީގެ ކުރިން މަދުވެގެން ދެތިން ބޭފުޅެއްގެ ނަން މަޖިލީހަށް ރައީސް އޮފީހުން ފޮނުވާ ކަމަށެވެ. އެގޮތަށް ފޮނުވާ ބޭފުޅުންގެ ތެރެއިން މަޖިލީހުގެ ތަޅުމަށް ފޮނުވަނީ ލިސްޓުގައި ތިއްބަވާ ބޭފުޅުންނާ ކޮމެޓީން އިންޓަވިއު ކުރުމަށްފަހު އެންމެ ރަނގަޅު ބޭފުޅެއްގެ ނަން ކަމަށް ޒިޔާދު ވިދާޅުވި އެވެ.

"އެހެން ނަމަވެސް މިފަހަރު ކަން ދިމާކުރި ގޮތުން އެންމެ ނަމެއް ރައީސުލްޖުމްހޫރިއްޔާ ފޮނުވާފައި އޮތީ، ދެން އެ ނަމާ ދޭތެރޭގައި ގޮތް ނިންމަން މިތިބީ ސަރުކާރުގެ މެންބަރުން ކަމަށް ވިދާޅުވާ 11 މެންބަރުން، އެހެންވީމަ އެއީ ކޮންމެ ނަމެއް ކަމުގައިވިޔަސް ފާސްވާނެ،" އެންމެ ބޭފުޅެއްގެ ނަން ފޮނުވުމުން ކަންބޮޑުވުން ފާޅު ކުރައްވައި ޒިޔާދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އިތުރު ބޭފުޅަކަށް ފުރުސަތު ނުލިބޭ ގޮތަށް ހަމައެކަނި ރައީސް ބޭނުންވެވަޑައިގަންނަވާ ބޭފުޅުން މިނިވަން ކޮމިޝަންތަކަށް އައްޔަނު ކުރެވޭ ގޮތަށް އަމަލު ކުރެއްވުމަކީ އެ ކޮމިޝަނުތަކުގެ މިނިވަން ކަމަށް ހުރަސް އެޅޭނެ ކަމެއް ކަމަށެވެ.

"ސަރުކާރުން އެންމެ ނަމެއް ފޮނުވާފައި އެ ނަމަށް ސަރުކާރުގެ މެންބަރުން ގޮތެއް ނިންމާފައި ބޭންދީމާ މިނިވަން މުއައްސަސާތަކުގެ ހަގީގީ ބޭނުމެއް ނުހިފޭނެ،" ޒިޔާދު ވިދާޅުވި އެވެ.

އެޗްއާރުސީއެމްގެ ގޮނޑިއެއް ހުސްވީ އެ ކޮމިޝަނުގެ ނައިބު ރައީސް ޑރ. އަހުމަދު އަދުހަމް އަބްދުالله އިސްތިއުފާ ދެއްވުމުންނެވެ. އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސް އޮފީހުން ތިން ފަހަރެއްގެ މަތިން ހުޅުވާލި އެވެ. ފުރަތަމަ ކުރި އިއުލާނުތައް ބާތިލުކުރީ އެކަށީގެންވާ ވަރަށް މީހުން ކުރިމަތިނުލާތީ އެވެ.

ހަބީބު ވޭތުވެދިޔަ 10 އަހަރު ހުންނެވީ އީސީގެ މެންބަރެއްގެ ގޮތުގަ އެވެ. އެންމެ ފަހުން ހުންނެވީ އެ ކޮމިޝަނުގެ ނައިބު ރައީސްގެ މަގާމުގަ އެވެ. ނިމިދިޔަ ރިޔާސީ އިންތިހާބުގައި ވެސް އޭނާ ހުންނެވީ އެ މަގާމުގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox